Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ކާބޯތަކެއްޗަށް ބަރޯސާވުން

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފަށައިފި

ދުނިޔޭގެ އެންމެ ގިނައިން ފިޔާ އެކްސްޕޯޓްކުރާ ގައުމަކީ އިންޑިއާ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 އެޕްރީލު 2024 | ބުރާސްފަތި 07:28
އިންޑިއާއަކީ މިސަރަޙައްދުގައި ވެސް އެންމެ ގިނައިން ފިޔާ އެކްސްޕޯޓްކުރާ ގައުމު

އިންޑިއާއަކީ މިސަރަޙައްދުގައި ވެސް އެންމެ ގިނައިން ފިޔާ އެކްސްޕޯޓްކުރާ ގައުމު

ފިޔާ އެކްސްޕޯޓުކުރުމުގައި އިންޑިއާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ ގިނަ ފިޔާ އެކްސްޕޯޓްކުރާ އިންޑިއާއިން ވަނީ އެތެރޭގެ ކާބޯތަކެތީގެ ބާވަތްތައް ރައްކާތެރިކޮށް އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފިޔާ، ހަނޑޫ، ގޮދަންފުށް ފަދަ ބާވަތްތަކަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކްސްޕޯޓް ކުރުން މަނާކޮށް ނުވަތަ ލިމިޓް ކޮށްފައެވެ.

ނަމަވެސް އެކްސްޕޯޓް ކުރުން މަނާކުރުމުގެ ސަބަބުން ޑިމާންޑާ އެއްވަރަށް އިންޑިއާގެ ޝިޕްމަންޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކައިރި ގައުމުތަކުގައި ފިޔާގެ އަގު އުފުލި، ބައެއް މާކެޓުތަކުގައި ރެކޯޑް މިންވަރަކަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން ދާދި ފަހުން ނިއުދިއްލީން ވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ދިވެހިރާއްޖެއަށްވެސް ފިޔާ އެކްސްޕޯޓު ކުރެވޭ ގޮތަށް "ސްޕެޝަލް ކޯޓާ" އިންތިޒާމެއް ހަމަޖެއްސުމަށް ފާސްކޮށްފަ އެވެ.

އެ ލުއިތައް މިހާރު ދަނީ އިތުރަށް ފުޅާކުރަމުންނެވެ. ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި އިންޑިއާ އިން ވަނީ މި ގައުމުތަކަށް ކުރިން އެއްބަސްވިވަރަށް ވުރެގިނައިން އެކްސްޕޯޓްކުރަން ނިންމާފައެވެ. އެގޮތުން 14،400 ޓަނަށް ވުރެ އިތުރަށް ލަންކާ އާއި ޔޫއޭއީ އަށް 10،000 މެޓްރިކް ޓަނުގެ ފިޔާ ވަނީ ފޯރުކޮށްދީފައެވެ.

ފިޔާ ފަދަ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ބޭރުގެ ރިޒާވްގެ ދަތިކަން ކުރިމަތިވެފައިވާ ސްރީލަންކާއަށް މި ސަޕްލައިތައް އިންޑިއާއިން ފޯރުކޮށްދީފައިވާއިރު، ލަންކާއަކީ އިގްތިސާދީ ގޮތުން ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ގައުމެކެވެ.

އަމިއްލަ ގައުމުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާއިރު، މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް އެކްސްޕޯޓު ކުރުމަށް ޒަމާނުއްސުރެ ބަރޯސާވެފައިވާ ސަރަހައްދީ ގައުމުތަކުގައި މާ ބޮޑު ތަކުލީފެއް ކުރިމަތިވިޔަ ނުދިނުމަށް އިންޑިޔާއިން ވިސްނަމުންދާ ތަން ފެނެއެވެ.

ތަޖުރިބާކާރުން ބުނަނީ ފިޔާގެ ޝިޕްމަންޓްތައް އާދަޔާ ހިލާފަށް އަލުން ފެށުމުން އަގުތައް ކޮންޓްރޯލްވެ، ކާބޯތަކެތީގެ އިންފްލޭޝަންގެ ޝިކާރައަކަށްވެފައިވާ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގައި އުފެދިދާނެ ނުތަނަވަސްކަން ކުޑަކުރެވޭނެ ކަމަށެވެ.

އިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު