Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން: ރައީސް މައުމޫން

6 އޯގަސްޓު 2017 | އާދީއްތަ 07:02

ސިޔާސީ މީހުން ފަހަތުން ދުވުން ސަރުކާރުން ހުއްޓާލަން ޖެހޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 އޯގަސްޓު 2017 | އާދީއްތަ 07:02
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ ސަރުކާރުގެ މުައައްސަސާތައް ހިންގަވަން ތިއްބެވި އިސްވެރިން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ސިޔާސީ ފަރާތްތައް ފްރޭމްކޮށް ފަހާ ދުވުމުގެ ބަދަލުގައި، މިހާރު ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް ގޮވާލާ ކަމަށެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި . މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ ޒިންމާއެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރުމުންދާ ކަމަށް ބުނެފައިވެއެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި 7 މާރާމާރީއެއް ހިނގައި 2 ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި ވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިއި ނެތުމަކީ، ރައްޔިތުންނަށް އަމާންކަން ޤާއިމް ކޮށްދިނުމުގައި މި ސަރުކާރު ނުކުޅެދިފައިވާ މިންވަރުސާފުކޮށް ސާބިތުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. .

ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މީގެ ކުރިން ސިޔާސީ މީހުން ހައްޔަރު ކުރުމުގައި ކަމާއިބެހޭ އިދާރާތަކަށް ]އިންޓެލިޖެންސް ރިޕޯޓް[ ތައް ލިބުނުނަމަވެސް މިފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނުރައްކާތެރި ކަންކަންކަމުގައި އެތަކެއް ބަޔެއް މިދުނިޔެއާ ވަކިވެދާއިރު، ކަމާއިބެހޭ އިދާރާތަކުގެ ]އިންޓެލިޖެންސް ރިޕޯޓް[ ތައް ނުލިބުމުން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަންކަމަށް ނުވާނެ ކަމަށް ބުނެފައިވެއެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ރައްކާތެރިކަން ޤާއިމްކޮށްދޭން ޙަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އަދި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުން ތަކުގައްޔާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. އެހެން ކަމުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރައީސް މައުމޫންގެ ބަޔާނުގައި ބުނެފައި ވަނީ ސަލާމަތީ ބާރުތައް ނުހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރުމާއި، ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤުތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ ބަދަލުގައި އެ މުއައްސަސާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް މިހާރުން މިހާރަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި

24 މެއި 2017
ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި
14 މެއި 2017

42 އަށްވުރެ އިތުރުވެސް ވެއްޖެ، އަނިޔާވެރިވެރިކަން ނިންމާނަން:އިބްރާހީމް ހަސަން

14 މެއި 2017
42 އަށްވުރެ އިތުރުވެސް ވެއްޖެ، އަނިޔާވެރިވެރިކަން ނިންމާނަން:އިބްރާހީމް ހަސަން
12 މެއި 2017

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި
04 މެއި 2017

އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު

04 މެއި 2017
އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު
23 އެޕްރީލު 2017

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: ފުލުހުން

23 އެޕްރީލު 2017
އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: ފުލުހުން
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް