Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢަރަބް އިސްލާމިކް ސަމިޓް

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި

24 މެއި 2017 | ބުދަ 16:45

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން 10 ގައުމެއްގެ އިންވެރިންނާ ވަކިވަކިން ބައްދަލުކުރެއްވި ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 މެއި 2017 | ބުދަ 16:45
ރައީސް ޔާމީން އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޔާމީން އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސައޫދީ ޢަރަބިއްޔާގެ ރިޔާޟްގައި މި މޭ މަހުގެ 21 ވަނަ ދުވަހު ކުރިއަށްދިޔަ "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގެ ހަވާސާގައި، ދުނިޔޭގެ ގިނަ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ވަކިވަކިން އޮތް މި ބައްދަލުކުރެއްވުންތަކުގައި، އެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރެއްވި ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންނާއި މަންދޫބުންގެ ތެރޭގައި:

- ލުބުނާނުގެ ބޮޑުވަޒީރު ސަޢުދް އަލްހަރީރީ - އިރާޤްގެ ނައިބު ރައީސް ޚުދެއިރު އަލްޚުޒާއީ - ކުވޭތުގެ އަމީރު ޞަބާޙް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް - ޤަޠަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީ - ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު - ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ - މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރަޒަކް - ކިރްގިސްތާނުގެ ފަސްޓް ޑެޕިޔުޓީ ޕްރިމިއަރ މުޙައްމަދު ޣާލީ ޢަބުލް-ގައިވް - އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އަޙުމަދުޒާއީ - މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ސަމިޓްގެ އެންމެ އިސް ދެ ގައުމުގެ ވެރިން ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ، ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެބޭފުޅުންނާ އެކުވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެސަމިޓުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންވި ބައެއް ފޮޓޯފުޅުތަކާއި ސައޫދީ ޢަރަބިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔަރާތްކުރެއްވި ބައެއް ފޮޓޯފުޅުތައް ރައީސް އޮފީހުން އާއްމު ކުރެއްވި ނަމަވެސް ދުނިޔޭގެ ގައުމުގެ ތަކުގެ އިސްވެރިންނާއި ވަކިވަކި ބޭއްވި ބައްދަލު ކުރެއްވުންތަކުގެ ފުޓޯފުޅުތަކެއް ރައީސް އޮފީހުން އާއްމެއް ނުކުރެ އެވެ.

އިތުރަށް ކިޔާލަން

27 ޖުލައި 2017

އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް ހަމަޖެއްސެވީ ފަނޑިޔާރު އާދަމް މުހައްމަދުގެ ކޮއްކޮއެއް!

27 ޖުލައި 2017
އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް ހަމަޖެއްސެވީ ފަނޑިޔާރު އާދަމް މުހައްމަދުގެ ކޮއްކޮއެއް!
25 ޖުލައި 2017

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއެއް

25 ޖުލައި 2017
އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއެއް
09 ޖޫން 2017

މަސްލަހަތައް ބަލާ ހައްޖަށް މީހުން ގެންދިއުމަށް 4 ގުރޫޕެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

09 ޖޫން 2017
މަސްލަހަތައް ބަލާ ހައްޖަށް މީހުން ގެންދިއުމަށް 4 ގުރޫޕެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި
01 ޖޫން 2017

އިސްލާމިކް މިނިސްޓްރީ ބަދުނާމުކޮށް ބަހެއް ނުބުނަން: ހައުސިން މިނިސްޓްރީ

01 ޖޫން 2017
އިސްލާމިކް މިނިސްޓްރީ ބަދުނާމުކޮށް ބަހެއް ނުބުނަން: ހައުސިން މިނިސްޓްރީ
29 މެއި 2017

ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ

29 މެއި 2017
 ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ
23 މެއި 2017

އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!

23 މެއި 2017
އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!
21 މެއި 2017

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!

21 މެއި 2017
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!
18 މެއި 2017

އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް

18 މެއި 2017
އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް