Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންއެފް ޖަލްސާ ހަމަނުޖެހުން

ކުރިންހެން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނުކުންނައިރަށް އެސްއޯ ފުލުހުން ފޮނުވައިގެން މީހުންތައް ޕިކަޕަށް އަޅާލުމާ އަޅުގަނޑު ދެކޮޅު: ރައީސް

އެކަމުގެ ތަހުގީގު ރިޕޯޓު ބުދަ ދުވަހުގެ އިރު އޮއްސެންވާއިރަށް ލިބެންޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2024 | ބުދަ 08:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރުމަށް ނުވަތަ އުނދަގުލެއް ކުރުމަށް ރައީސްގެ ފަރާތުން އެންގުމެއް ނާންނާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެއްވުމަކީ ވެރިކަމަށް ވަޑައިގެންނެވިއިރުވެސް ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، މިއަދާއި ހަމައަށްވެސް ދައްކަވަމުން ގެންދަވާ ވާހަކަފުޅަކީ އެއީ ކަމަށެވެ. އެގޮތުން ކުރީގައި ފެނިފައިވާ ގޮތަށް ބަދަލު ހިފުމުގެ ރޫހު މި ވެރިިކަމުގައި ނުގެންގުޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާގެ ކަންކަމުގައި ކަން ހިނގާ ދިޔަ ގޮތާމެދު ނުހަނު ހިތާމަ ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން، ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރުމަށް ނުވަތަ އުނދަގުލެއް ކުރުމަށް ރައީސްގެ ފަރާތުން އެންގުމެއް ނާންނާނެކަމަށް ފުލުހުންނާއި، ހޯމް މިނިސްޓަރަށްވެސް އިރުޝާދު ދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށާއި، ކުރިން އެ މަންޒަރުތައް ފެނިވަޑައިގެންފައިވާ ކަމަށެވެ.  

އެހެންކަމުން އެއްގޮތަކަށްވެސް އެސްއޯ ފުލުހުން ފޮނުވައިގެން ނުވާނެ ކަމަށާއި، އެސްއޯ ފުލުހުން އަންގަންޖެހޭ ޙާލަތު އައިސްފިނަމަ އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާނެކަމަށް އިރުޝާދު ދެއްވާފައިވެސް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ޕީއެންއެފް ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގި ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުން ކަމަށާއި، ސާފު އިރުޝާދެއް އޮއްވައި އެހެން ކަންކަން ދިއުމުން ހިތާމަ ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާ މެދު ހޯމް މިނިސްޓަރާވެސް ސުވާލު ކުރެއްވި ކަމަށާއި، ހޯމް މިނިސްޓަރުވެސް އެކަން ހިނގާ ދިޔަ ގޮތް ބައްލަވާނެކަމަށް ވިދާޅުވިކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެސްއޯ ފުލުހުން ދާން ޖެހުނީ ކާކުގެ އިރުޝާދެއްގެ ދަށުންތޯ ކޮމިޝަނަރު އަރިހުންވެސް ސުވާލު ކުރައްވާފައިވާނެ ކަމަށާއި، އެކަމުގެ ތަހުގީގު ރިޕޯޓު ބުދަ ދުވަހުގެ އިރު އޮއްސެންވާއިރަށް ލިބެންޖެހޭނެކަމަށް އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިޕޯޓު ލިބިވަޑައިގަތުމުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ޑރ. މުހައްމަދު މުއިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސްމުޒާހަރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު