Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ހަރަކާތްތައް

މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ

10 އެޕްރީލު 2024 | ބުދަ 04:15

ސިޔާސީ ޕާޓީތައް އުފައްދާ ހިންގުމަކީ ހަމަހަމަކޮށް އެންމެންނަށް ލިބިދީފައިވާ ހައްގެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އެޕްރީލު 2024 | ބުދަ 04:15
"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ 

"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ 

މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ ކަމަށް "މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ ޕީއެންއެފް އުފައްދަން ކުރި މަސައްކަތަށް ސަަލާމަތީ ބާރުތައް ނެރެގެން ސަރުކާރުން ހުރަސް އެޅުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ. ހާއްސަކޮށް އެމްޑީޕީއަކީ އަބަދުވެސް ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ވަކާލާތު ކުރި ޕާޓިއެއް ކަމަށާއި، ސިޔާސީ ޕާޓީތައް އުފައްދާ ހިންގުމަކީ ހަމަހަމަކޮށް އެންމެންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

އީސަ ވިދާޅުވީ ޕީއެންއެފް އުފައްދަން ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށް ކުރަމުން ދިޔަ މަސައްކަތަށް ސަލާމަތީ ބާރުތައް ނެރެ ހުރަސްއަޅަން ކުރި މަސައްކަތަކީ އެއީ ހުދުމުހުތާރުކަމުގެ ހައްދުފަހަނައެޅި ސިފައެއް ކަމަށެވެ. އަދި އެކަމުން ޔަގީންވާ ކަމަކީ މި ސަރުކާރަކީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހިނގާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތުދޭނެ ސަރުކާރެއް ނޫން ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެނަމަ، އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން (ޕީޕަލްސް ނޭޝަނަލް ފްރަންޓް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާއަށް މިސަރުކާރުން ހުރަސްއަޅަމުންދަނީ ސަރުކާރުން ބިރު ގަންނާތީކަމަށް މައި އެމްޑީޕީން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެރޭ 9:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނުބޭއްވިފައިވަނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ޣިޔާސުއްދީން ސްކޫލަށް ނުވަދެވޭގޮތަށް ފުލުހުން ހުރަސްއަޅާފައިވާތީއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އަހުމަދު އީސަމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް