Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ވަލްވާޑޭ ދެކޭ ގޮތުގައި ރެއާލަށް ލިބުނީ ބައްޔެއް!

10 އެޕްރީލު 2024 | ބުދަ 00:23

ވަލްވާޑޭ ބުނީ، ފުރަތަމަ ލެގުގެ ނަތީޖާ އެއްވަރުވީ ނަމަވެސް، ރެއާލަށް އެ ނަތީޖާ ސިފަ ކުރެވެނީ ބައްޔެއްގެ ގޮތުގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އެޕްރީލު 2024 | ބުދަ 00:23
މެޗުގައި ލަނޑު ޖެހުމަށްފަހު ވަަލްވާޑޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ވަަލްވާޑޭ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ނަމަވެސް، ރެއާލް މެޑްރިޑަށް އެ ނަތީޖާ ސިފަ ވަނީ ބައްޔެއްގެ ގޮތުގައި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ. މެޗުން ސިޓީ މޮޅުވާން ދަނިކޮށް، ރެއާލްގެ ތިން ވަނަ ލަނޑު ޖަހައި، މެޗުން އެ ޓީމު ސަލާމަތްކޮށްދިނީ ވެސް ވަލްވާޑޭ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ، ފުރަތަމަ ލެގުގެ ނަތީޖާ އެއްވަރުވީ ނަމަވެސް، ރެއާލަށް އެ ނަތީޖާ ސިފަ ކުރެވެނީ ބައްޔެއްގެ ގޮތުގައި ކަމަށެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅެ އެ ނަތީޖާ ލިބުމުން ކަމަށާއި، ބޭނުންވާ ބައެއް ކަންކަން ނުކުރެވި ދިޔުމުން ކަމަށް ވެސް ވަލްވާޑޭ ވަނީ ބުނެފަ އެވެ.

ވަލްވާޑޭ ބުނީ ސިޓީ އަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ފުރަތަމަ ލެގުގެ މެޗުން ވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ. ރެއާލުން ވެސް މަސައްކަތް ކުރީ އެޓޭކުގައި ކުޅެ ގިނަ ލަނޑުތަކެއް ޖަހަން ކަމަށާއި، ނަމަވެސް މެޗު ފެނުނީ ވަރަށް ހަމަހަމަކޮށް ކަމަށް ވަލްވާޑޭ ވަނީ ބުނެފަ އެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި ސިޓީގެ އިއްތިހާދު ސްޓޭޑީއަމްގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ރެއާލް ނިކުންނަން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޚާއްސަކޮށް ފުރަތަމަ ލެގުގެ މެޗަށްވުރެ، އެ މެޗު އުނދަގޫވާނެކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން އެ މެޗަށް ނިކުންނަން ޖެހޭނީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި، ބޭނުންވާ ނަތީޖާ ހޯދޭނީ އޭރުން ކަމަށް ވަލްވާޑޭ ވަނީ ބުނެފަ އެވެ.

ސިޓީގެ ދަނޑުގައި މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ލިބޭނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްފެޑެރިކޯ ވަލްވާޑޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް