Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ އޮފީހުގެ ޚިދުމަތް

ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ

2024 ވަނަ އަހަރު ލިބުނީ 6752 އެންޓްރީ، އެއީ ފަސް އަހަރުގެ އެވްރެޖަށްވުރެ 1116 އެންޓްރީ މަދު ޢަދަދެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 10:57
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ގެނެވުނު ހަރުދަނާ ބަދަލުތަކާއެކު އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާންޖެހޭ މިންވަރު މަދުކުރެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ ޚިދުމަތްތައް "ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް" ހެދުމުގެ މަސައްކަތުގެ ދަށުން ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، ޝަމީމްގެބްލޮގްގައިއޭނާ ވަނީ ވޭތުވެދިޔަ 5 އަހަރުގެ ޖަނަވަރީ 1 އިން މާރިޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ އޮފީހަށް ލިބުނު ސިޓީތަކުގެ ޢަދަދުތައް ދިރާސާކުރުމުން، ކުރެވުނު މަސައްކަތުގެ ނަތީޖާ ސާފުވާކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެގޮތުން ބަލާއިރު، މިހިނގާ 2024 ވަނަ އަހަރު ލިބުނީ 6752 އެންޓްރީކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އެއީ ފަސް އަހަރުގެ އެވްރެޖަށްވުރެ 1116 އެންޓްރީ މަދު ޢަދަދެއް ކަމަށާއި، ޕަސެންޓޭޖުން ބަލާނަމަ އެއީ %14.18 މަދު ޢަދަދެއް ކަމަށެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ތިންމަހު ލިބުނު 8085 އެންޓްރީއާއި މިއަހަރު ލިބުނު 6752 އެންޓްރީއާ އަޅައި ބެލުމުން، މިއަހަރު 1333 އެންޓްރީ މަދެވެ. މިއީ، ޕަސެންޓޭޖުން %16.48 މަދު ޢަދަދެކެވެ. މިހާރު މި ދާގޮތަށް ދާނަމަ، މިއަހަރު ނިމޭއިރު ލިބޭނީ މިދިޔަ އަހަރަށްވުރެ 5332 އެންޓްރީ މަދުންނެވެ. އެއީ، ކުރީ އަހަރާ އަޅައި ބަލާއިރު، 2.3 މަހު ލިބޭނެ ވަރެވެ. މާނައަކީ، މިމަސައްކަތްކުރަން ތިބޭ މުވައްޒަފުންގެ މަސައްކަތް ލުއިވެ، މަދު މުވައްޒަފުންނާއެކު އިތުރު ޚިދުމަތްތައް، ކުރިއަށްވުރެ ހަލުއިކޮށް، ހަރުދަނާކޮށް ދިނުމުގެ ފުރުޞަތު ފަހިވުމެވެ.

ޕީޖީ އޮފީހުގެ އެކި މަސައްކަތްތަކަށް ގެނެވިފައިވާ ބަދަލުތަކުގެ މައުލޫމާތުތައް އެ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރީ ފޯނަށްޖަވާބުދޭ ގޮތެވެ.

އެއަށްފަހު، ކުށުގެ ރެކޯޑު ސާފުކޮށްދިނުން އޮޓޯމޭޓްކޮށް، ވަގުތުން ލިބޭގޮތް ހަދާފައިވާއިރު، މައްސަލައެއްގައި އަނިޔާ ލިބޭ މީހަކަށް، އެމީހެއްގެ މައްސަލައެއް ހިނގާގޮތް ކޮންމެ ވަގުތަކުވެސް މިހާރު ބެލެއެވެ.

އެއަށްފަހު މިހާރު ޕީޖީ އޮފީހުން ވަނީ ތަޙްޤީޤީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމެއްވެސް ޤާއިމުކޮށްފައެވެ.

އަދި ޝަކުވާ ހުށަހެޅުމުގެ ނިޒާމާއެކު، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް މިހާރު އޮންލައިންކޮށް ދެވޭނެ ކަމަށާއި، އެއްވެސް ކަމަކު ޕީޖީ އޮފީހަށް ޢާންމުންގެ މީހަކު އަންނާކަށް ނުޖެހޭނެ ކަމަށް ޝަމީމްވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، ކޯޓަށް ފޮނުވާ މައްސަލަވެސް އޮންލައިންކޮށް ފޮނުވޭނެ ޓެކްނޮލޮޖީ އެބަހުރިކަންޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، މިޚިދުމަތްތަކާއެކު، އޮފީހަށް ލިބޭ ސިޓީތައް މަދުކުރެވޭތޯވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އެކަން ޙާޞިލުކުރާ އެއް މަގަކީ، ސިޓީތަކަށް ދޭ ޖަވާބު ހަރުދަނާކުރުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު