Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން

ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަހުރި، މައްސަލަ ބަލަން ޖެހޭ - އީސަ

9 އެޕްރީލު 2024 | އަންގާރަ 09:23

ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައިވާ ކަަމަށް އީސަ ތުހުމަތުކުރެއްވި

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 9 އެޕްރީލު 2024 | އަންގާރަ 09:23
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިއަށް ގެންދާ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިއަށް ގެންދާ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ | ރާއްޖެއެމްވީ

ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަ ހުރި ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރިއަށް ގެންދާ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މެންބަރު އީސަ މިހެން ވިދާޅުވީ ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ބަޖެޓްކުރުމެއް ނެތި ސިންގަލް ސޯސްކޮށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކަމަށް މައުލޫމާތުލިބިވަޑައިގެންފައިވާ ކަަމަށާއި އެމްޓީސީސީން އެ މަސައްކަތް ހަވާލު ކުރީ ރައީސް އޮފީހުގެ ވަޒީރެއްގެ ކޮންޓްރޯލް އޮތް ކުންފުންޏަކާ ކަމަށް ވެސް މެންބަރު އީސަ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރީ 5.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީގެ މުވައްޒަފުން ލައްވާ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް އީސަ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައިވާ ކަަމަށް އީސަ ވިދާޅުވިއެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު އަރިސް ބޭފުޅެއްގެ މަދަދުވެރިކަމާއެކު ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަވާފައިވާ ކަަމަށް އީސަ ވިދާޅުވިއެވެ.

މީގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މި ސަރުކާރުން ދަނީ ކޮރަޕްޝަނާއި އޮޅުވާލުމުގެ އެތައް އަމަލެއް ހިންގަމުން ކަމަށެވެ. އަދި މިކަމާއި މެދު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އީދާއި ގުޅިގެން އިސްލާމީވަންތަ ދިއްލުންތަކެއް ރާއްޖޭގައި ހަރުކުރާ ކަމަށް ބުނެ މި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ދިއްލުންތަކުގައި ބޭނުންކުރާ ބޮކިތަކަކީ އޭގެ އަގާ ނުބައްދަލު ކޮލިޓީ ދަށް ބޮކިތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަހުމަދު އީސަ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

08 ޖެނުއަރީ 2026
ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ
06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
28 ޑިސެމްބަރު 2025

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

28 ޑިސެމްބަރު 2025
ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ
26 ޑިސެމްބަރު 2025

ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

26 ޑިސެމްބަރު 2025
ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ
27 ޖެނުއަރީ 2025

ރައީސް މުއިއްޒުގެ ވެރިކަން އަޒުލުކުރުމަށް ރައްޔިތުންނަށް މިހާރު ވަނީ މަޖުބޫރުވެފައި: އަހުމަދު އީސަ

27 ޖެނުއަރީ 2025
ރައީސް މުއިއްޒުގެ ވެރިކަން އަޒުލުކުރުމަށް ރައްޔިތުންނަށް މިހާރު ވަނީ މަޖުބޫރުވެފައި: އަހުމަދު އީސަ
18 ސެޕްޓެމްބަރު 2024

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި

18 ސެޕްޓެމްބަރު 2024
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި
10 އެޕްރީލު 2024

މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ

10 އެޕްރީލު 2024
މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ
09 އެޕްރީލު 2024

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ހެދީ "ރާޖޫ" އަށްޓަކައި، އެކަން ބަދަލުކޮށްދެއްވާ - އީސަ

09 އެޕްރީލު 2024
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ހެދީ "ރާޖޫ" އަށްޓަކައި، އެކަން ބަދަލުކޮށްދެއްވާ - އީސަ
18 މާރިޗު 2024

ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ

18 މާރިޗު 2024
ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ
15 މާރިޗު 2024

ރަމަޟާން މަހު ރައީސް މުއިއްޒުގެ ދޮގުހެދުން ކުރިއަށްވުރެ އެއް ދަރަޖަ ކުރިއަށް ޖައްސާލައިފި - އީސަ

15 މާރިޗު 2024
ރަމަޟާން މަހު ރައީސް މުއިއްޒުގެ ދޮގުހެދުން ކުރިއަށްވުރެ އެއް ދަރަޖަ ކުރިއަށް ޖައްސާލައިފި - އީސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް