Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

ޔުވެންޓަސް އަށް މިއީ ކާމިޔާބު ސީޒަނެއް: އަލެގްރީ

އޭނާ ބުނީ ޔުވެންޓަސް އިން އަބަދު ވެސް މަސައްކަތް ކުރާނީ ކުރިއަށް ދާން ކަމަށާއި، ކުޅުންތެރިންގެ ބުރަ މަސައްކަތުން އެކަން ކުރެވެމުން އަންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 02:55
ޔުވެންޓަސް އަށް އިރުޝާދު ދެމުން އަންނަ އަލެގްރީ

ޔުވެންޓަސް އަށް އިރުޝާދު ދެމުން އަންނަ އަލެގްރީ

އިޓަލީގެ ޔުވެންޓަސް އަށް މިއީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށް އެ ކުލަބުގެ ކޯޗު މާސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް އަށް ލިބުނީ އުނދަގޫ، އެހެން ނަމަވެސް މުހިންމު މޮޅެއް ކަމަށެވެ.

އަލެގްރީ ބުނީ، ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަމުން އަންނަނީ ކަންކަން ރަނގަޅުކޮށް، ކުރިއަށް ދާން ކަމަށެވެ. އެހެން ނަމަވެސް، ގިނަ ގޮތް ގޮތުން އުނދަގޫތަކާއި، ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމުގައި ވެސް އަލެގްރީ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ބައެއް މެޗުތަކުގެ ކުރީ ކޮޅުގައި ކުޅުންތެރިންނަށް މެޗަށް ނުވަދެވޭ ކަމަށާއި، އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، ކުޅުންތެރިންނާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަން ފާހަގަކޮށް އަލެގްރީ ބުނީ، އޭނާގެ ކުޅުންތެރިން އަދި ޔުވެންޓަސްް އަށް ވެސް މިއީ ކާމިޔާބު ސީޒަނެއް ކަމަށެވެ. އޭނާ ބުނީ ޔުވެންޓަސް އިން އަބަދު ވެސް މަސައްކަތް ކުރާނީ ކުރިއަށް ދާން ކަމަށާއި، ކުޅުންތެރިންގެ ބުރަ މަސައްކަތުން އެކަން ކުރެވެމުން އަންނަ ކަމަށެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ ޔުވެންޓަސްގައި ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި، އެ ކުޅުންތެރިން ވެސް ކުރަމުން އަންނަނީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އެހެންކަމުން ކެތްތެރިކަން މަތީ ތިބެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެ ކުޅުންތެރިންނަކީ ވެސް މޮޅެތި ބަޔަކަށް ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިވަގުތު ޔުވެންޓަސް އޮތީ އިޓާލިއަން ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. މި ސީޒަންގައި ޔުވެންޓަސްގެ އެންމެ ބޮޑު ޢަމާޒަކީ، ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ، އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.

ޔުވެންޓަސްމަސިމިލިއާނޯ އެލެގްރީ

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
12 ޑިސެމްބަރު 2024

ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

12 ޑިސެމްބަރު 2024
ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު
08 އޮކްޓޯބަރު 2024

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

08 އޮކްޓޯބަރު 2024
ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން
07 އޮކްޓޯބަރު 2024

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު