Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސޯޝަލް ހައުސިންގ

ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި - އަކްރަމް

ގިރާވަރުގައި ފުލެޓް އަޅާ ވާހަކަ ރައީސް ދެއްކެވި އިރު ބައެއް ގޯތިތައް ބަދަލުކުރަންވެސް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އެޕްރީލު 2024 | އާދީއްތަ 09:25
ގިރާވަރު ފަޅު

ގިރާވަރު ފަޅު

ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" އެޕިސޯޑުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި އެއިރުގެ ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ބޭނުންފުޅު ގޮތަކަށް ހެދި ފުލެޓް ލިސްޓުގައި ތިބި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުުކާރުން އެއިރު ގެނައި ބަދަލާއި ގުޅިގެން އެތައްހާސް ބަަޔަކަށް ފުލެޓް ނުލިބުނު ކަމަށެވެ.

ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ފްލެޓް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި، އެ ވައުދު ފުއްދަވާނެ ކަމަށެވެ. އަދި އެންމެ އަވަހަށް އެޅޭ ފްލެޓްތަކުން ފުލެޓް ދެއްވާނެ ކަމަށާއި، މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އާ މަޝްރޫއުތައް ފަށާ ގޮތަށް އެބައޮތް ކަމަށެވެ. އެހެންވީމާ އެ މަޝްރޫއުތައް ނިންމާފައި ހުޅުމާލެ އަދި ގުޅިފަޅާއި ގިރާވަރުފަޅުގައި ވެސް ފުލެޓް އަޅުއްވާނެ ކަމަށެވެ.

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން ކުރީ ސަރުކާރުގައި ގޯއްޗާއި ފުލެޓް ކަންތަކުގައި އިސްކޮށް އުޅުއްވި އަކްރަމް ކަމާލުއްދީން ވިދާޅުވީ ގިރާވަރު ފަޅުގައި އަދި ގުޅީ ފަޅުގައިވެސް ސޯޝަލް ހައުސިންގ ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި އެތަނުން މާލޭގެ ރައްޔިތުންނަށް ދޭ ގޯތީގެ އިތުރުން ފުލެޓްވެސް އިމާރާތް ކުރުމަށް ހަމަޖައްސާ އެ ޕްލޭންގައި އޮތް އިރު، ރައީސް އެތަނުގައި މަޝްރޫއެއް ފައްޓަވާ ވާހަކަ ދައްކަވަނީ ކެމްޕޭން ކުރުމުގެ މަގްސަދުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލޭ ފޭސް 2 އަދި 3 ގައި ސޯޝަލް ހައުސިންގެ ޕްރޮޖެޓްތައް ހިންގުމަށް ރާއްވަވާފައިވާއިރު، މި ތަންތަނުން މާލޭގެ ރައްޔޮތުންނަށް ވަނީ ބިންވެސް ދީފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތިތައް ބަދަލުނުކުރައްވާނެކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، 1347 ގޯތި ގުޅިފަޅަށް ބަދަލުކުރައްވަން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެއްވެސް މީހަކަށް ލިބުނު ގޯއްޗެއް އަދި އެއްވެސް މީހަކަށް ދީފައި އޮތް ވަޒީފާއެއް އެއީ ސިޔާސީ ވަޒީފާއަކަށް ނުވާހާ ހިނދަކު އަތުނުލައްވާނެ ކަމަށެވެ. އަދި ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ވެސް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ހުވާކުރެއްވުމަށްފަހު އޭގެ 3 ދުވަސް ފަހުން ސަރުކާރުގެ ރާގު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން ޕްލޭނެއް ނެތްކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައި ހުރި ގޯތިތައް ބަދަލުވެދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅެން ނެތްކަމަށްވާތީ މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށެވެ.

ސޯޝަލް ހައުސިންގރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަކްރަމް ކަމާލުއްދީން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު