Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް-ޕީއެންސީ

މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!

6 އެޕްރީލު 2024 | ހޮނިހިރު 05:35

އިންސާފުވެރިކަން މެކުހަށް ޖަހައި، ކިޔަވައިގެން ތިބި ތައުލީމީ މީހުންނަށް ވަޒީފާ ލިބޭނެ ކަމުގެ ޔަގީންކަން ދިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2024 | ހޮނިހިރު 05:35
ޕީޕީއެމް-ޕީއެންސީން އިދިކޮޅުގައި އޮތްއިރު ބޭއްވި އެއްވުމެއްގައި، މިހާރުގެ ރައީސް މުޢިއްޒު

ޕީޕީއެމް-ޕީއެންސީން އިދިކޮޅުގައި އޮތްއިރު ބޭއްވި އެއްވުމެއްގައި، މިހާރުގެ ރައީސް މުޢިއްޒު | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މިއޮތީވާ ވެރިކަމެކެވެ. އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ބަދަލު ކުރީ އެތައް ސަބަބެއް ދައްކައިގެންނެވެ. އެތައް ކަމެއް ގޯހުން ގޯހަށް ދާކަމަށް ބުނެ، އެކަންކަން ރަނގަޅު ކުރުމަށޭ ބުނެ ރައްޔިތުން ގުނބޯ ހެއްދުމަށްފަހު އެވެ.

އެތައް ބަޔަކަށް، އެތައް ހުވަފެނަކާއި އުންމީދެއް ދެއްކުމަށް ފަހު އެވެ. އިންސާފުވެރިކަން މެކުހަށް ޖަހައި، ކިޔަވައިގެން ތިބި ތައުލީމީ މީހުންނަށް ވަޒީފާ ލިބޭނެ ކަމުގެ ޔަގީންކަން ދީގެންނެވެ. ވޯޓު ހޯދުމަށް އެންމެ މުހިންމު އެއްޗަކަށްވީ ފޮޓޯ ގަނޑެކެވެ. ދެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޙުކުމެވެ. މިނިވަންވާނެ ކަމުގެ ޔަގީން ކަމެވެ. ހުވާކުރަން ވަޑައިގަންނަ ވާނީ އަތްޕުޅުގައި ހިތްޕަވައިގެން ކަމަށް ވިދާޅުވަމުންނެވެ.

މިފާހަގަ ކުރެވުނު ހުރިހާ ވާހަކަތަކެއްގެ ޖަޒުބާތުގަައި އެތައް ދިވެހި ރައްޔިތުންނެއް ޖެހެނުވެ. ވެރިކަން ބަދަލުކުރުމުގެ ވިސްނުން ދިވެހީން ގެންގުޅުނީ ރައީސް މުއިއްޒު ގެ މި އުންމީދީ ވާހަކަތަކާއި، ވީ ވައުދު ތަކުންނެވެ. އެހެން ނަމަވެސް މިއަދު މި ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. ކީހާ ޅެން ވީ ފަރިއްސަށެވެ. ޖެހި ހިސާބު ދިޔައީ ގޯސްކޮށެވެ. މިތުރުން ހަތުރުންނަށްވެ، ހަތުރުން މިތުރުންނަށް ވެއްޖެ އެވެ. އާއިލީ ވެރިކަމަށްޖެހި ޖޯކުތަށް ބަދަލުވެ، ވަޒީފާތައް މި ލިބެން ފެށީ ރައީސްގެ އާއިލާ ބޭފުޅުންނަށާއި، ވަކި ވަޒީރުން ތަކެއްގެ އާއިލާތަކަށެވެ. ސިޓީ ކައުންސިލް ލުހިގެން ކެބިނެޓަށް އައިސް، ދައުލަތުގެ މާލިއްޔާއިން އަނެއްކަވެސް ބޮޑު ޚަރަދުތައް ކޮށްފި އެވެ. މިވާހަކަތައް މިހިސާބުން ކުރުކޮށްލާނަމެވެ. ދެން އޮތީ އަސްލު ދައްކަން މިއުޅޭ ވާހަކަ އެވެ.

 ސިޔާސީ ވަޒީފާތަައް މަދުކުރާނެކަމަށް ވީ ވައުދު ދިޔައީ "ތޮޅި" އަށެވެ. ސިޔާސީ ވަޒީފާތަކުގެ އަދަދު ވަނީ ހައްތަހާ ގިނަ އެވެ. ފ.ނިލަންދޫ ދާއިރާ އާއި ހެދި މިޖެހުނީ އިންތިހާ އަަށް ސިޔާސީ ވަޒީފާގެ އަދަދު ގިނަ ކުރާށެވެ. ނޫނީ، އެހެން ދާއިރާތަކު މީހުންގެ ވަޒީފާތައް ގުރުބާން ކުރާށެވެ. އާބާދީގައި ދެހާސް ވަރަކަށް މީހުން ދިރިއުޅޭ ތަނަކަށް މިޖެހުނީ ވަކި ކަމެއް ހާސިލު ކުރުމަށް އެތައް ވަޒީފާތަކެއް ދޭށެވެ.

ދާދި ފަހަކުން ލީކު ވެގެން އުޅޭ ހެލްތު މިނިސްޓަރ އަބްދު ﷲ ޚަލީލް ގެ ވީޑިއޯ ގައި ވިދާޅުވާހެން، ރައީސް އަށް ދޯކާއެއް ދީފިނަމަ ރައީސް ވެސް ދޯކާ ދޭނެ ކަމުގެ އިންޒާރު ދިން އެ ވީޑިއޯގައި އެބުނަނީ ވަރަށް ބޮޑު ތެދެކެވެ. އެވަރަށް ވަޒީފާތަކަށް މީހުން ނަގައި ދީފި އެވެ. މިނިސްޓަރު ޚަލީލް އެ ވިދާޅު ވަނީ އެ ބީދައިންކަން ވަރަށް ސާފެވެ. ހަމައެކަނި އެ ދާއިރާގެ ނިލަންދޫ އާއި ޖެހިގެން އޮތް ރަށަށް ވެސް މަތީ ފެންވަރުގެ ގިނަ ވަޒީފާތަކެއް ދޭން ޖެހިއްޖެ އެވެ.

އަދިވެސް އެދެނީ ވަޒީފާތައް އިތުރު ކުރުމަށެވެ. ކޮއްކޯފުޅު ދައްކަވައިގެން އެ ކުރަނީ މަޖުބޫރު ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ. އާހިރު ނަތީޖާ އަކީ، އެވަރަށް ވަޒީފާ އާއި ދެންހުރި ކަމެެއް ވެސް ކޮށްދީގެން ވެސް، އެދެވޭ ނަތީޖާ ނުނެރިވެއްޖެނަމަ އެ ހުރިހާ މީހުން މަގުމަތިވާނެކަމެވެ. މިއީ ވެސް އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައެކެވެ.

މިއަދު، މި ސަރުކާރު ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރި މީހުންގެ ޝުއޫރު ވެސް ހުރީ އެފަދައިންނެވެ. ސަރުކާރު ގެނައުމަށްޓަކައި އެތައް ޤުރުބާނީއެއްވެ، މަގުމަތީގައި އެތައް މަސައްކަތެއް ކުރި މީހުން، މިއަދު މާޔޫސްވެއްޖެ އެވެ. އެއީ އެ މީހުން ފަހަތަށް ޖައްސާލުމަށްފަހު، ކަމާ ގުޅުން ވެސް ނެތް މީހުންނަށް ސަރުކާރުން ވަޒީފާތައް ދެމުން ގެންދާތީ އެވެ. ސަރުކާރު ގެނައުމަށްޓަކައި މަސައްކަތް ކުރި މީހުންގެ ޝަކުވާ އަކީ އެއީ އެވެ. ސަރުކާރު ގެނައީ އެމީހުންނެވެ، ހުރިހާ މޮޅެއް ލިބުނީ މާދުރުން އައި ހިޖުރަވެރިންތަކަކަށެވެ.

ޕީޕީއެމް / ޕީއެންސީ ސަޕޯޓަރުންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޑރ. މުޙައްމަދު މުޢިއްޒުމަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

23 ޖުލައި 2026

އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ތުރުކުމަނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ތުރުކުމަނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ލާއޮސް އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ލާއޮސް އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

23 ޖުލައި 2026
މިސްރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
23 ޖުލައި 2026

ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
22 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟

22 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟
22 ޖުލައި 2026

ފީޖީގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ފީޖީގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް