Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލް ޤުދުސް ދުވަސް

އަލް ޤުދުސް ދުވަހު އިރާނުން އިންޒާރުދިނީ އިސްރާއީލަށް ރައްދުގައި ހަމަލާދޭނެކަމަށް

ސީރިއާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 13 މީހުން ވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 އެޕްރީލު 2024 | ހުކުރު 18:38
އަލް ޤުދުސް ފާހަގަކުރުމަށް އިރާނުގައި ކުރިޔަށްގެންދިޔަ އެއްވުން

އަލް ޤުދުސް ފާހަގަކުރުމަށް އިރާނުގައި ކުރިޔަށްގެންދިޔަ އެއްވުން

އިސްރާއީލުން ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާތަކަށް ފަހު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރ އިން ޗީފް ބަދަލު ހިފުމަށް ވައުދުވުމުން މުޅި ގައުމުގައި އަލް ޤުދުސް ދުވަސް ފާހަގަކޮށްފިއެވެ.

ސީރިއާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 13 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އައިއާރްޖީސީގެ ހަތް މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ސީރިއާ އާއި ލުބުނާނުގައި ކޯޕްސްގެ ޤުދުސް ފޯސް ލީޑް ކުރައްވާ ދެ ޖެނެރަލުން ހިމެނެއެވެ.

ހުކުރު ދުވަހު އިރާނުގެ ވެރިރަށް ތެހެރާން ގައި ބޭއްވި އެއްވުމުގައި އެތައް ހާސް ބަޔަކު އެއްވެ އެމެރިކާ އާއި އިސްރާއީލަށް މަރު ފަދަ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އިރާނުގެ ސަރުކާރުން އިންތިޒާމުކުރި އެއްވުމާއި ގުޅޭގޮތުން ވާހަކަދައްކަމުން ހުސައިން ސަލާމީ ވިދާޅުވީ ދުޝްމަނުން ދޭ ހަމަލާތަކަށް ރައްދުގައި ހަމަލާދޭނެކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ބަލިވުން ނޫން އެހެން ކަމެއް ކުރިމަތި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

" ޒަޔަނިސްޓުންނާއި އެމެރިކާގެ ތާއީދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި މުސްލިމުން މަރާލައި އެމީހުން ވަށާލައި ގެދޮރު ދޫކޮށް ދިޔަވަރަކަށް އެމީހުންގެ ދިރިއުޅުން ރަނގަޅުވާނެ، ނަމަވެސް ހަގީގަތަކީ އޭގެ ސީދާ އިދިކޮޅެވެ." ސަލާމީ ވިދާޅުވިއެވެ.

ދައުލަތުގެ ޓީވީން ދައްކަމުންދިޔަ އެއްވުމުގައި އިރާނުގެ ސަރުކާރާއި ޝަރުއީ ދާއިރާ އަދި އިރާނުގެ ރައީސްއިބްރާހިމް ރައިސީ އާއި ޤުދުސް ފޯސްގެ ލީޑަރު އިސްމާޢީލް ޤާނީ ހިމެނޭ ގޮތަށް އަސްކަރީ އޮފިޝަލުން ތެހެރާނާއި ސިޓީތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ހިނގާ މަންޒަރު ފެނެއެވެ.

ފާއިތުވި ހަފްތާތަކުގައި އިރާނުން ގެއްލިގެންދިޔަ މަތީ އޮފިސަރުންގެ ހަނދާނުގައި ގިނަ އެއްވުންތަކެއް ބާއްވާފައިވެއެވެ.

މެދުތެރޭ ތެހެރާނުގައި ސީރިއާގައި މަރުވި އައިއާރުޖީސީގެ މެމްބަރުންގެ ހަށިގަނޑު އީރާނާއި ސުޕްރީމް ލީޑަރު އަޔަތުالله އަލީއަށް އަނބުރާ ގެންދިޔަތާ މާގިނައިރުތަކެއް ނުވެ ބޮޑު ޖަނާޒާއެއް ބާއްވާފައިވެއެވެ އެމީހުންގެ މައްޗަށް ޚާމަނާއީ ދުޢާ ކުރެއްވީ – 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އިރާގަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރުވި ޤުދުސް ފޯސްގެ ކޮމާންޑަރު ޤާސިމް ސުލައިމާނީއަށް ކުރި ފަދައިންނެވެ.

އަލް ޤުދުސް ދުވަހަކީ އީރާނުގެ ފުރަތަމަ އެންމެ މަތީ ލީޑަރު އާޔަތުالله ރުހުالله ޚުމޭނީ 1979 ވަނަ އަހަރު އިރާނަށް ގެނައި އިސްލާމީ އިންގިލާބަށް ފަހު ފާހަގަކުރައްވަން ފެއްޓެވި ދުވަހެކެވެ. އެއީ ފަލަސްތީނުގެ މައްސަލަ އަށް ސަމާލުކަންގެނެސް އިސްރާއީލާއި އެގައުމުގެ އެކުވެރިންނާ ދެކޮޅަށް ތެދުވުމަށެވެ.

އަލްޤުދުސް އަކީ ގުދުސްއަށް ކިޔާ އަރަބި ނަމެވެ. މިދުވަހާ ގުޅުވާ ކޮންމެ އަހަރަކު ބާއްވާ އެއްވުންތަކުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފާ ހިންގަމުންދާ ޤަތުލްއާންމުތަކާއި ދެކޮޅު ހެދުމަށް ގޮވާލާ ގޮވާލުން ވަރުގަދަ ކުރުމެވެ. ޤުދުސް ފޯސް މެދުވެރިކޮށް އީރާނުން ވަނީ އިރާގާއި ލުބުނާނާއި ޔަމަނާއި ސީރިއާގެ ސިޔާސީ އަދި ހަތިޔާރު އެޅި ޖަމާއަތްތައް ހިމެނޭ އެކްސިސް އޮފް ރެސިސްޓެންސްކޯލިޝަން ހަރުދަނާކޮށްފައެވެ.

އީރާންފަލަސްތީންއިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު