Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިމޮކްރަސީ ނިޒާމް

ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލަނީ ގިނަ ފަހަރަށް އިންތިޚާބުވެފައިވާ ވެރިން: ޝާހިދު

ޑިމޮކްރަސީގެ ހަމަތައް ނެތެމުން ދިޔުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލައެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2024 | ހުކުރު 11:37
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލަނީ ގިނަ ފަހަރަށް އިންތިޚާބުވެފައިވާ ވެރިން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނިއުޒިލެންޑްގެ ވެރިރަށް ވެލިންޓަންގައި ކުރިއަށްދާ އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން ފޯރަމްގައި ވީޑިއޯ މެސެޖް މެދުވެރިކުރައްވައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ނެތެމުން ދިޔުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލައެއްކަމަށާއި، އެކި ހިސާބުތަކުގައި އެކަން ހިނގަނީ އެކި ގޮތަށްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިމޮކްރަސީއާމެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެންދާކަމަށާއި، އެކަމަށް ސަމާލުވާން ޖެހޭކަމަށެވެ.

ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލަނީ ގިނަ ފަހަރަށް އިންތިޚާބުވެފައިވާ ވެރިންކަމަށާއި، އެކަމުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމާމެދު މީހުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. ޝާހިދު ވިދާޅުވީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތުމުގެ ބަދަލުގައި އަމަލީ ގޮތުންވެސް ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރެވޭނީ ޑިމޮކްރަސީގެ ހަރުދަނާ ނިޒާމުގެ ތެރެއިން ކަމަށާއި، މިނިޒާމަކީ ހަމައެކަނި މަތީފަންތީގެ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި އެންމެންގެ ހައްގުތައް ހިމާޔަތްކޮށްދޭ ނިޒާމެއް ކަމަށެވެ.

އެމްޑީޕީ އުފެދިގެން އައީ މި އަސާސްތަކުގެ މައްޗަށްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ބުރަ މަސައްކަތުން ކަށަވަރުކުރި ޑިމޮކްރެޓިކް ކުރިއެރުންތައް އެގޮތުގައި އޮވޭތޯ ޕާޓީއިން ކަށަވަރު ކުރާނެ ކަމަށެވެ. އަދި މީގެ 16 އަހަރު ކުރިން ހޯދި ހައްގުތައް އެގޮތުގައި ދެމެހެއްޓުމަށް އެތަކެއް ދަތިތަކެއް ގިރާކުރަން ޖެހިފައިވާކަމަށާއި، ނަމަވެސް އެދަތިތަކުން ކޮންމެ ފަހަރުކުވެސް އެމްޑީޕީ އަރައިގަންނަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑިމޮކްރަސީއަށް މިހާރު މުޅި ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވާރާކޮށް، އެކަންކަމަށް ގެނެވޭނެ ހައްލުތައް ހޯދުމަށް އައި.ޑީ.ޔޫ ފޯރަމްގެ ބައިވެރިންނަށް ޝާހިދު ގޮވާލެއްވިއެވެ. އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކަށާއި މަލްޓިލޭޓަރަލިޒަމްއަށް އެތަކެއް ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރަހައްދީ އިންތައް ހުރަސްކޮށް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.

އައި.ޑީ.ޔޫ ފޯރަމްގައި ޝާހިދު ތަޤްރީރުކުރެއްވީ އައި.ޑީ.ޔޫގެ ޗެއަރ އަދި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓީވަން ހާރޕަރގެ ދައުވަތަކަށެވެ.

ޢަބްދުﷲ ޝާހިދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު