Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސަށް އަމާޒުވާ ފާޑުކިޔުންތައް

ވިދާޅުވަނީ ދޮގެއް ހަދާ އޮޅުވާ ނުލައްވާނެ ކަމަށް، އަމަލުފުޅު ހުރީ އެހެންބާ؟

ވެވަޑއިގެންނެވި ވައުދުތަކާއި ޚިލާފުވުމުން އާއްމުންގެ ފާޑުކިޔުން ރައީސް އަށް އަމާޒުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2024 | ހުކުރު 06:25
ރައީސް

ރައީސް

ދޮގު ދޮލަނގުގެ ވާހަކަ ދެއްކޭލެއް ގިނައީއެވެ. ފިތުނައިގެ ވާހަކަ އާއި ދޮގު ހެދުމުގެ ވާހަކަ ދެއްކޭ ގޮތް ވެސް ގިނައީއެވެ. އެ ވާހަކަތަކުގެ އަޑު ގަދަ ވާން ފެށީމަ އެންމެ ފަހުން ރައީސް މަނިކުފާނަށް އެކަމަށް ޖަވާބުދެއްވަން މަޖުބޫރުވެވަޑައިގެންފިއެވެ. އެއްވެސް ކަމެއްގައި ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލައި ދެރައެއް ނުދެއްވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައެވެ.

ބަހާއި އަމަލާއި ދިމާނުވެ އެ ވާހަކަ އާއްމުން ދައްކަން ފެށުމުން ރައީސް މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުން ކުރިއަށްގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން އެބޭފުޅުން އަމިއްލަފުޅަށް ވާހަކަތައް އުފައްދައިގެން އިތުރުފުޅުހައްދަވަނީ ކަމަށެވެ. ހަމައެހެންމެ ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފޮތެއްގައި ލިޔެ އާންމުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީސްމީޑިއާ އާއި ޕްރެސް ކޮންފަރެންސްތަކުގައި ދައްކަވާ ވާހަކަތައް ލިޔުމުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.

މި ވާހަކަ އަށް އެކަނި ބަލާލަމާތޯއެވެ. ވީ ވައުދުތައް ފުއްދާނެ ކަަމަށް ވިދާޅުވި އިރު ހަމަ އެންމެ ދެ ވައުދު މަތިން ހަނދާންކޮށްލާނަމެވެ. އެއް ވައުދަކީ އެއްވެސް މީހަކަށް ލިބިފައި އޮތް ގޯއްޗެއް އަތުލާނެ ހާލަތެއް ނާންނާނެ ކަަމަށް ވެވަޑައިގެންނެވި ވައުދެވެ. އެ ވައުދުގެ ހާލަތު އެއޮތީ ހާމައަށް ފެންނާށެވެ. އޭރުވެސް އޭސީސީން މައްސަލަ ބަލާ ނިމޭ ގޮތަކުން ފްލެޓްތައް ލިބުނު މީހުން އަތުން ފްލެޓް އަތުލާފާނެކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. ވެރިކަން ބޭނުންފުޅުވެފައި ހުރުމުން އެ ވާހަކަ އެގޮތަށް ވިދާޅުވާން ބޭނުންފުޅު ނުވީއެވެ. ދެން އޮތީ އާއްމު އެއްވެސް މީހަކު ވަޒީފާއިން ނުކަނޑާނެ ކަމަށް ވީ ވައުދެވެ. އެންމެ ރަށަކުން 50 އަށް ވުރެ ގިނަ މީހުން ކަނޑާ އެއްލާލައިފިއެވެ. އާއްމު އެތައްބަޔަކަށް ގޭގައި މަޑުކޮށްލަން މި ރޯދަ މަހުވެސް އަންގައިފިއެވެ. އެހެންވީމަ އެ ވައުދު ފުދުނީ ކޮން ގޮތަކުން ކަމެއް ނުވިސްނުނެވެ.

ދެން ވީ ވައުދުތައް ފެންނަން ހުންނާނެ ކަމަށް ވިދާޅުވާ އިރު އެ ވައުދުތަކުގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައި ހުރި ކަންކަން އާ ނަންނަމުގައި ހިމެނުއްވުން އެއީ އޮޅުވާލުމަކަށް ނުވޭބާއެވެ؟ ކުރީ ސަރުކާރަށް ކްރެޑިޓް ނުދީ އެއީ ތިމަންނާމެން ކުރި ކަމެއް ގޮތުގައި ދެއްކުން އޮޅުވާލުމަށް ނުވޭބާއެވެ؟ ހާހުން ހާހުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ވާހަކަ އާއި ޗާގޮސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޓީފުޅަކުން ގައުމުގެ ސިޔާދަތަށް ނުރައްކާވި ވާހަކަ އެއީ އިތުރުފުޅަކަށް ނުވޭބާއެވެ. މިކަހަލަ މިކަހަލަ ކިތަންމެވާހަކައެވެ. އެހެންވީމަ ދޮގާއި އޮޅުވާލުމާއި މަކަރު ހެދިކަމަށް ބުނަނީ މަނިކުފާނަށް ވެސް ކަންކަން ކުރެއްވޭ ގޮތުންނެވެ.

އަދި އެއްވާހަކައެވެ. އާއްމުންގެ ސުވާލުގެ ނަމުގައި އާއި ފޯރަމް ފޯރަމްގެ ނަމުގައި ތިޔަ ބާއްވަވާ ހަރަކާތްތަކަކީ އެއީ އަސްލު ނޫސްވެރިންގެ ކުރިމައްޗަށް ވަޑައިނުގަންނަވަން ދައްކަވާ އުޒުރުތަކެވެ. ހާމަކަން ބޮޑު ސަރުކާރެއްގެ ތާޖު އަޅުއްވައިގެން ވަޑައިގެން އެކަން ވެސް ތިޔަ ކުރައްވަނީ އޮޅުވާލާ ބިދައިންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު