Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ ޕީއެންއެފް

ޔާމީންގެ ޕީއެންއެފް އުފައްދަން ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފި

މި ޕާޓީ އުފައްދަން ބައްދަލުވުން ބާއްވަން ހުއްދަ ދިނީ ޔާމީނުގެ ދަރިކަލުން ޒެއިން ޔާމީން އަބްދުލްގައްޔޫމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އެޕްރީލު 2024 | ބުރާސްފަތި 18:48
ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އުފެއްދުމަށް ހުށަހެޅި 3000 ފޯމު ސައްހަ ކަމަށް ބަލައި ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު އެކްސްގައި ކުރި އެކްސް ޕޯސްޓުގައި ބުނެފައިވަނީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުމުގެ ހުއްދަ ދީފައިވާކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން އުފައްދަވާ މި ޕާޓީ އުފައްދަން ބައްދަލުވުން ބާއްވަން ހުއްދަ ދިނީ އެ މަނިކުފާނުގެ ދަރިކަލުން ޒެއިން ޔާމީން އަބްދުލްގައްޔޫމަށެވެ.

ޕީއެންއެފް އުފައްދަން މީގެކުރިން ހުށަހެޅި 3000 ފޯމުން ސައްޙަވީ 1976 ފޯމެވެ. އެގޮތުން އެ ފޯމްތަކުގެ ތެރެއިން 1,313 ފޯމް ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު އޭރު ދިންއިރު 81 ފޯމް އީސީން ރިޖެކްޓުކޮށްފައިވެއެވެ. މައްސަލަ ޖެހުނު ފޯމްތަކުގައި ހުރީ ތާރީޚުގެ މައްސަލަ ކަހަލަ ކުދި އިދާރީ މައްސަލަތައް ކަމަށް ވެސް އީސީން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ޔާމީން އަދިވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ދީ ގޭބަންދަށް ވަނީ ބަންދުކޮށްފައެވެ. އޭގެފަހުން ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
10 ނޮވެމްބަރު 2025

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
31 އޮކްޓޯބަރު 2025

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު