ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 03:09
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަދި ކޯލް ޕާމާ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަދި ކޯލް ޕާމާ
ރޮއިޓާސް
ޗެލްސީ
ޕާމާ އަށް އައު އެއްބަސްވުމެއް ދިނުމާމެދު ގޮތެއް ނިންމާނީ ކުލަބުން: ޕޮޗެޓީނޯ
 
އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2023 ވަނަ އަހަރު

ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ އެޓޭކިން މިޑްފީލްޑަރު ކޯލް ޕާމާ އަށް އައު އެއްބަސްވުމެއް ދިނުމާމެދު ގޮތެއް ނިންމާނީ ކުލަބުން ކަމަށް، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު، އޭނާ ޗެލްސީ އަށް ބަދަލުވީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗެލްސީ އަށް ބަދަލުވެ އޭނާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޕާމާ އަށް ޗެލްސީން އައު އެއްބަސްވުމެއް ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕޮޗެޓީނޯ ބުނީ، ޕާމާ ޗެލްސީ އާއެކު ސޮއި ކޮށްފައި އޮތީ ހަ އަހަރު ނުވަތަ ހަތް އަހަރުގެ އެއްބަސްވުމެއްގައި ކަމަށެވެ. ޗެލްސީގައި ޕާމާ އަންނަނީ ރަނގަޅަށް މަސައްކަތްކޮށް، މޮޅު ކުޅުމެއް ދައްކަމުން ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ޕާމާ އަށް ބަދަލެއް ދޭން ޖެހޭ ކަމަށް ޤަބޫލު ކުރެވޭނަމަ، އެކަން ކުރާނީ ކުލަބުން ކަމަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން އައު ކުރަން ވިޔަސް، ނުވަތަ އައު ޑީލެއް ހުށަހަޅަން ވިޔަސް، އެކަން ކުރާނީ ކުލަބުން ކަމަށާއި، އެ ކުލަބުން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ޕާމާ ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 35 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާަ ވަނީ 24 މެޗު ކުޅެ، 13 ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް