Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުށުގެ ވެށި

ވައްކަން، ފޭރުން، ރަހީނުކުރުން އިންތިހާ، މަގުތައް ބަލަހައްޓަން އިތުރު ފުލުހުން ނެރެންޖެހޭ

އެކަށީގެންވާ ގޮތެއްގައި މަގުތައް ބެލެހެއްޓޭތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2024 | ބުދަ 10:34
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ވައްކަމާއި ފޭރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ކުށުގެ ވެށިން މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ އަދަދުވެސް ދަނީ ކޮންމެ އަހަރަކުން އިތުރުވަމުންނެވެ.

ފޭރުމާއި، ބްލެކްމެއިލް ކުރުމާއި، ރަހީނުކުރުން ފަދަ ނުރައްކާތެރި ކުށްތަކުގެ ބިރު މުޖުތަމައަށް ކުރިމަތިވެފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައިވެސް އެފަދަ ގިނަ ކަންކަން ހިނގާފައިވެއެވެ.

މާލޭގައި މީހަކު ކިޑްނެޕް ކޮށްގެން ގޮސް ފޭރެން މަސައްކަތްކުރި ވާހަކައާއި، މިސްކިތްތަކުން ފަންކާތަކާއި މޯޓަރުތައް ވަގަށް ނަގާ ވާހަކައާއި، ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ ހިތާމަވެރި ހާދިސާތައް ހިނގަންފެށި ވާހަކައާއި، މިސްކިތުގައި ދަމުނަމާދަށް ހުއްޓައި ފޯނާއި ވޮލެޓު ވަގަށްނެގި ވާހަކައާއި، ގޭގެއަށް ވަދެ މީހުންގެ އަގުބޮޑެތި މުދާ ފޭރޭ ވާހަކައާއި، މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މިއީ އިވި ބާވެފައިވާ ވާހަކަތަކެވެ.

ނުވިތާކަށް މީހުން ރަހީނުކޮށްގެން ފޭރުން އިތުރުވެފައިވާއިރު، ސްނެޕްޗެޓް މެދުވެރިކޮށް ވާހަކަ ދައްކައިގެން އޮޅުވާލައިގެން ވިލިމާލެއާއި، މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަަކަށް ގެންގޮސްގެން، އަނިޔާކޮށް، ބަރަހަނާ ފޮޓޯ ނަގައި އޭގެ ބޭނުންކޮށްގެން ބްލެކްމެއިލްކުރާ ނެޓްވޯކްތަކެއް މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާކަން މިއީ ފުލުހުންވެސް ހާމަކޮށްފައިވާ މައުލޫމާތުތަކެވެ.

ކަން މިހެން އޮތްއިރު، ފުލުހުންނަށް އެކަށީގެންވާ ގޮތެއްގައި މަގުތައް ބެލެހެއްޓޭތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ނުވަތަ ބަލަހައްޓާނަމަ، ބަދަލުވަމުންދާ ހާލަތާއެކު ފުލުހުންވެސް އިތުރު އުކުޅުތަކެއް އެބަ ބޭނުންކުރަންޖެހެއޭ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުށުގެ ވެށި މިހާ ފުޅާވެ، މަގުތައް އާންމު ރައްޔިތުންނަށް ނުރައްކާތެރި ތަނަކަށް ވެގެންދާއިރު، މަގުތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާވާން ޖެހެއެވެ.

ގިނަ ފަހަރު މިފަދަ ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނަކީ އެ ބާވަތްތަކުގެ ކުށުގެ ގިނަ އަދަދެއްގެ ރެކޯޑުވެސް އޮންނަ މީހުންނެވެ. ކޮންމެ ފަހަރަކު ހައްޔަރު ކުރުމަށްފަހު، މުއްދަތު ޖަހައި، އެކި ސަބަބުތަކާހުރެ މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ މީހުންނެވެ.

އެފަދަ މީހުން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުން ދާއިރުވެސް، އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުންދޭތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

މިއަދު މަގުމައްޗަށް ނުކުންނަ މީހާއަށް މަގަކީ އަމާންތަނެކޭ ނުބުނެވޭނެއެވެ. މިއީ އިއްޔެ ނުވަތަ މިއަދުގެ ހާލަތެއް ނޫނެވެ. ވައްކަމާއި، ފޭރުމާއި، މަގުމަތިން މީހުންނަށް އެފަދަ އެކިކަހަލަ ނުރައްކާތައް ކުރިމަތިވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ކޮންމެ އަހަރަކުވެސް މިފަދަ މައްސަލަތަކުގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މަގުމަތީގެ އަމާންކަން ދަނީ ގެއްލެމުންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މަގުތައް ބެލެހެއްޓުމަށް މިހާރަށްވުރެ ގިނަ ފުލުހުން އެބަ ނެރެން ޖެހެއެވެ. ޓްރެފިކް ފުލުހުން ޓްރެފިކް ބަލަހައްޓަން ޗެކްޕޮއިންޓް ހަދައިގެން ތިބޭ ބީދައިން، ވެހިކަލްތައް ޓޯކުރުމަށް ހަރަކާތްތެރިވާ ބީދައިން، ކުށުގެ ވެށި ބެލެހެއްޓުމުގައި މަގުމަތީގައިވެސް ފުލުހުންގެ އާންމު ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރަންޖެހެއެވެ. ފުލުހުން ފެންނަންޖެހެއެވެ.

ކުށުގެ ވެށި އިތުރަށް ނުރައްކާވެ، މަގުތަކުގެ އަމާންކަން ގެއްލެމުންދާއިރު، މިކަމަށް ހައްލު ގެެެނެވޭނެ އެއް ގޮތަކީ މަގުތައް ބަލަހައްޓަން މިހާރަށްވުރެ ގިނަ ފުލުހުން ނެރެ، އެކަމުގައި ހަރުދަނާ، ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމެވެ.  

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު