Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑޮލަރުގެ މައްސަލަ

ޑޮލަރުގެ އަގު ހެޔޮވެގެން އުޅެނީ ސަރުކާރު ހުއްޓި ކުދި ވިޔަފާރިތައް ހަލާކުވެގެން ދާތީ - ފައްޔާޒް

2021، 2022 ގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރިވަރަށްވުރެ މިއަދު ބޮޑު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2024 | އަންގާރަ 16:56
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ޑޮލަރުގެ އަގުހެޔޮވެގެން އުޅެނީ ސަރުކާރު ހުއްޓި ކުދި ވިޔަފާރިތައް ހަލާކުވެގެން ދާތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިސްރާބު ހަމަމަގަށް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މި ސަރުކާރުގެ މަސައްކަތުން ޑޮލަރުގެ އަގުހެޔޮވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކަށް ފާޑުވިދާޅުވަމުން ފައްޔަޒް ވިދާޅުވީ އިގްތިސާދީ ކަންކަމަށް ބަލާލާއިރުގައި ޑޮލަރުގެ އަގު ހެޔޮވި ވާހަކަ ވަރަށް ފޮނިވެފައި ދައްކާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ 2021 އަދި 2022 ގެ އެދުވަހުގެ އެޕްރީލް 1 ގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 16 ރުފިޔާ ކޮންމެވެސް ވަރަކަށް ކަމަށެވެ. ނަމަވެސް މިއަދު ހުރީ 17 ރުފިޔާ 60 ލާރިއަށް ކަމަށެވެ. އެހެންވީމަ ޑޮލަރުގެ އަގު ކުޑަވެގެން އުޅެނީ ކިހިނެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ ޑޮލަރު ގަންނާނެ މީހުން ނެތުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށެވެ. ސަރުކާރަކީ އިގްތިސާދުގެ ވަރަށް ބޮޑު ކޮމްޕޯނަންޓެއް ކަމަށާއި، ސަރުކާރު އޮތީ ހުއްޓިފައި ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ޑޮލަރުގެ އަގުހެޔޮވެގެން އުޅެނީ ތާކުންތާކު ނުޖެހޭ ކަމެއްގެ ސަބަބުން ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެމްއެމްއޭ އާއި ވާހަކަ ދައްކައިގެން ގާނޫނާއި ގަވާއިދުތަކެއް ހަދާފައި ހުންނާނީ ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ރާއްޖޭގެ ބޭންކަށް މާރުކުރަން މަޖުބޫރު ކުރަން އެގްރީމެންޓްކޮށްފައި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމާއެކު ޑޮލަރުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޑޮލަރުއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު