Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގްތިޞާދު

"ސަރުކާރުން ޑޮލަރު ހޯދަން ނުކުޅެދުމުން، ފަޅުތައް ސޭލް އަޅުވައިގެން ވެސް ބަލަނީ މި ވަގުތަށް ފައިސާކޮޅެއް ހޯދުން"

3 އެޕްރީލު 2025 | ބުރާސްފަތި 08:58

އެފްޓީއޭ ސަބަބުން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އެޕްރީލު 2025 | ބުރާސްފަތި 08:58
އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު

އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު

ސަރުކާރުން ރާއްޖެ އަށް ބޭނުންވާ ޑޮލަރު ހޯދަން ނުކުޅެދުމުން، ރާއްޖޭގެ ފަޅުތައް ސޭލް އަޅުވައިގެން ވެސް ބަލަނީ މި ވަގުތަށް ފައިސާކޮޅެއް ހޯދައިގެން ކަންކަން މެނޭޖްކުރެވޭނެ ގޮތެއް ލިބޭތޯ ކަމަށް އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެންމެ ފަހުން ސަރުކާރުން ނެރުނު ކްރޮސް ސަބްސިޑީ ލިސްޓުގައި ފަޅެއް ލީސްކުރުމަށް ހިމަނާފައި ވަނީ 15 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެ އަގަށް ލީސްކުރުމަށް މިހާރު ހުޅުވާލާފައިވާ، ސައިޒުގެ ފަޅު އެމްޑީޕީ ސަރުކާރުގައި ލީސްކުރީ 37 މިލިއަން ރުފިޔާ އަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ފަޅުތައް ހުރީ ސޭލް އަޅުވާފައި ކަަމަށް އޭނާ ސިފަކުރެއްވި އެވެ. ސަރުކާރުން އަމަލުކުރާ ގޮތަކީ ވަގުތުން ވަގުތަށް ޑޮލަރުކޮޅެއް ލިބޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން ކަމަށް މަންސޫރު ވިދާޅުވި އެވެ.

ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރަން ފެށުމާއެކު، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގައި ޗައިނާ އިން މުދާ ގެންނަން ފަށާފައިވާއިރު ރާއްޖޭގެ އުފެއްދުންތަކަށް ވީ ފައިދާ އެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާ އާއި އެކު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓް ޕްރޮމޯޓްކުރުމަށް ސަރުކާރުން ދެއްކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިމްޕޯޓް ޑިއުޓީ މި އެގްރީމެންޓް ހެދި ފަހުން ދަށް ވެފައިވާ އިރު އެކަން ހިނގި ގޮތް ބަލާ ނުލެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ. އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ އިމްޕޯޓް ޑިއުޓީ އާއި މެދު ސަރުކާރުން ދައްކާ ވާހަކަ ދިމާ ނުވާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާ އަށް އިމްޕޯޓް އުސޫލުގެ ތެރެއިން ބޮޑެތި ލުއިތަކެއް ދިނުމަށް ފަހު އިމްޕޯޓް ޑިއުޓީ އިތުރުވާނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޗައިނާ އާއި އެކު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު މާ ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އަދި ނުބެލެވޭ ކަމަށް އޭނާ ވަނީ އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.

ހަމައެހެންމެ އެފްޓީއޭގެ ތެރެއިން 5 މިލިއަން ރުފިޔާގެ ގެސްޓް ހައުސް އަކަށް 6 ލައްކަ ރުފިޔާގެ ލުޔެއް ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެންމެ ބޮޑުކޮށްވެސް ލުއި ލިބޭނީ 1 ލައްކަ ރުފިޔާ އާއި ހަމައަށް ކަމަށް މަންސޫރު ވަނީ ވިދާޅުވެފަ އެވެ.

އެފްޓީއައި އައި އިރު ވެސް އިމްޕޯޓް ޑިއުޓީ ހުރި ވަރަށް ދަށުގައި ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ. މިހާރު ސަރުކާރުގެ ބޭނުމަކީ ކޮންމެ ގޮތެއް ހަދާފަ ވެސް މި ވަގުތަށް ފައިދާ ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

2023 ވަނަ އަހަރު ރާއްޖެ އަށް 6.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލަފާކުރާގޮތުގައި 5 އަހަރުގެ ތެރޭގައި ޗައިނާ އިން އެތެރެކުރެވޭ މުދަލުގެ 90 އިންސައްތަ ޑިއުޓީ މާފުކުރެވޭނެއެވެ. އަދި ދިވެހިރާއްޖެއިން ޗައިނާއަށް ކުރެވޭ އެކްސްޕޯޓުތަކަށްވެސް މި އެއްބަސްވުމުގެ ދަށުން ފައިދާ ލިބޭނެކަމަށް ވަނީ ބުނެފައެވެ. މިގޮތުން ޗައިނާއަށް ފޮނުވޭ މުދަލުގެ 95 އިންސައްތަ ޑިއުޓީ މާފުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުން އެހެން ބުނެފައިވީ ނަމަވެސް، ރާއްޖޭގެ އެންމެ މުހިންމު އުފެއްދުން ކަމުގައިވާ މަހުގެ ބާވަތްތަކުން ވެސް ވާދަވެރިކަން ގެއްލި ޗައިނާގެ މަހުގެ އުފެއްދުންތައް ހެޔޮ އަގުގައި ރާއްޖެއިން ލިބެން ފެށުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގެއްލުންވާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެ އެވެ.

އެފްޓީއޭ ސަބަބުން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް