Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ މަސްވެރިން

ޖަލާލް: ޔަހޫދީންނަށް ނުސިހުނު ޣައްޒާގެ މަސްވެރިޔާ!

2 އެޕްރީލު 2024 | އަންގާރަ 08:46

ޣައްޒާގެ މަސްކަނޑަށްވެސް އިޒްރޭލުން އަތްގަދަ ކޮށްފައި ވާ އިރު، އެ ކަމުގެ އަސަރުތައްވެސް ޣައްޒާގެ ރަށްވެހިން ދަނީ ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 އެޕްރީލު 2024 | އަންގާރަ 08:46
ޖަލާލް ޤަރާން؛ ޣައްޒާގެ މަސްވެރިއެއް

ޖަލާލް ޤަރާން؛ ޣައްޒާގެ މަސްވެރިއެއް

ނިރުބަވެރި ޔަހޫދީ އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ގަތުލުއާންމު ހިންގަން ފެށުމުގެ ކުރިން، ޖަލާލް ޤަރާންއަކީ އޭނާގެ ކުޑަކުޑަ މަސްދޯނީގައި ދުރު ހިސާބުތަކަށް ދަތުރުކޮށް، ފުދޭ ވަރަކަށް މަސްބާނާ އުޅުނު، ހީވާގި މަސްވެރިއެކެވެ. މިއަދުވެސް އެއީ ހަމަ އެހާމެ ހީވަގި، އަދި އިހުނަށްވުރެވެސް ސާބިތު މަސްވެރިއެކެވެ. ނަމަވެސް މިއަދު އޭނާއަށް ކިރިޔާ ދާ އަޅާލެވޭ ކަމެވެ.

ބުޅާ މަސްގަނޑަށް ބަލައޭ ބުނާ އުސޫލުން ފަލަސްޠީނަށް ބަލަން ތިބޭ އިޒްރޭލުގެ ކަނޑުގެ އަސްކަރިއްޔާގެ އަތް ދަށުވެދާނެ ކަމަށްޓަކައި، ކުރީގައި ކޮށް އުޅުނު ވަރާ ގާތަށްވެސް މަސްވެރިކަމެއް ނުކުރެވެއެވެ.

6 މަހާ ގާތްވަމުންދާ ގަތުލުއާންމުގައި މުޅި ޣައްޒާ އެކީއެކައްޗަކަށްހެން ހަފުސްކޮށް ނިންމައިފިއެވެ. 32000 އަށް ވުރެ ގިނަ މީހުން މި ދުނިޔެއާ ވަކިކޮށް، އިތުރު އެތައް ބަޔަކު ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓާ މަރައިފިއެވެ. އާބާދީއެއްގެ އެންމެން ރެފިއުޖީންނަށް ހަދައިފިއެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް، ކުޅެދޭއެއް ނުކުޅެދޭއެއްވެސް ބެލުމެއް ނެތިއެވެ.

މަސްވެރިކަމަށް ބަރޯސާވެގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އައި ރައްޔިތަކު ދިރިއުޅެމުން ދާ ޣައްޒާގެ މަސްވެރިންނަށް މިއަދު ކުރިމަތިލާންޖެހިފައި އޮތް ނުރައްކާ ވަކިން ބޮޑެވެ. ޤަރާން ފަދަ މަސްވެރިންނަށް، ޣައްޒާގެ ކަނޑަކީވެސް ހަނގުރާމައިގެ މައިދާނެއް ފަދަ ތަނެކެވެ. ނަމަވެސް، އެ ހާލުގައިވެސް އޭނާ މަހަށް ދެއެވެ. ޤަރާންގެ ޒިންމާގެ ދަށުގައި ޢާއިލާއެއް އޮތަތީއެވެ.

ގުނަމުން މިދާ ރަމަޟާން މަހަކީ ވީވަރަކުން ޢާއިލާތައް އެއްތަންވެ ވީ ވަރަކުން ކާ އެއްޗެއް ހަދާ އެއަށް އިންސާފުކުރުމުގައި ވަގުތުކޮޅެއް ނަމަވެސް ހޭދަކޮށްލާ ދުވަސްތަކެކެވެ. ނަމަވެސް މި ފަހަރުގެ ރަމަޟަން މަހު އެފަދަ އެއްވެސް ކަމެއް ޣައްޒާގައި ނެތެވެ. ބަނޑުހައިހޫނުކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައި އޮތް އިރު، އުތުރުގެ ސަރަޙައްދުތަކުގައި "ދިރިއުޅެމުންދާ" މީހުން ބަނޑަށް ނުޖެހިނުދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން މިހާރުވެސް ދަނީ ދެމުންނެވެ.

ޣައްޒާގެ މަސްކަނޑަށްވެސް އިޒްރޭލުން އަތްގަދަ ކޮށްފައި ވާ އިރު، އެ ކަމުގެ އަސަރުތައްވެސް ޣައްޒާގެ ރަށްވެހިން ދަނީ ކުރަމުންނެވެ. ހައްދަން މަސައްކަތް ނުކުރިއަސް އޭގެ ޒާތުގައި އަމިއްލައަށް ހެދޭ ފަތްކާނާގެ ބާވަތްތަކާއި ލުނބޯކޮޅެއް ފިޔަވާ އިތުރު އެއްޗެއް ލިބެން ނެތް ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުން، ރަމަޟާން މަހުގެ ރޯދަ ހިފަނީ ބަނޑަށް ތިބެއެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ބުރާސްފަތި ދުވަހު ވަނީ، ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ޛަރޫރީ ކާބޯތަކެތީގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، މިހާރުން މިހާރަށް އެޅުމަށް އިޒްރޭލުގެ މައްޗަށް އަމުރު ކުރުމަށް، އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. ޣައްޒާގެ ވަޒަންވެރިންގެ ދިރިއުޅުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް، ބަނޑުހައިހޫނުކަމާއި، ބަނޑަށްޖެހުމުގެ ވޭން ފެތުރެމުން ދާ ކަންވެސް އައިސީޖޭއިން ވަނީ ފާހަގަ ކޮށްފައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް