Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްވެރި އަލިބެ

މި ސަރުކާރުން ދިން ވަޒީފާއެއް ނޯންނާނެ، އާއިލާވެސް ސަރުކާރު ވަޒީފާއަކަށް ދާން އެއްބަހެއް ނޫން: އަލިބެ

އަލިބެ ފުރަތަމަ ބުނީ، އޭނާއަށް ވަޒީފާ ހަމަޖައްސައިދިނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މާރިޗު 2024 | އާދީއްތަ 08:15
މަސްވެރި އަލިބެ (އަލީ ރަޝީދު) 

މަސްވެރި އަލިބެ (އަލީ ރަޝީދު) 

މި ސަރުކާރުން ވަޒީފާ ލިބުނުކަމަށް ބުނާ ވާހަކަ މަސްވެރި އަލިބެ (އަލީ ރަޝީދު) ދޮގުކޮށްފިއެވެ.

އަލިބެއަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިންވެންޓަރީ މެނޭޖްމަންޓް އޮފިސަރެއްގެ ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ދައުރުވަމުންދާއިރު، އެ ޕޯސްޓުގައިވާގޮތުން އަލިބެ ވަޒީފާ އަދާކުރަންޖެހެނީ ގއ ވިލިނގިލީ ސައިޓްގައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ގުޅާލުމުން އަލިބެ ފުރަތަމަ ބުނީ، އޭނާއަށް ވަޒީފާ ހަމަޖައްސައިދިނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

އެހެންނަމަވެސް ފަހުން އަލިބެ ބުނީ، އެއީ އޭނާ ހަދާލި ދޮގެއް ކަމަށާއި، ސަރުކާރުން ދިން އެއްވެސް ވަޒީފާއެއް ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ވަޒީފާއަކަށް ދިއުމަށް އާއިލާވެސް ޤަބޫލެއް ނޫންކަމަށް އަލިބެ ރާއްޖެއެމްވީއަށް ބުންޏެވެ. މިހާރުވެސް އުޅެނީ މަސްވެރިކަމުގައިކަމަށް އަލިބެ ރާއްޖެއެމްވީއަށް އާދިއްތަ ދުވަހު ވާހަކަ ދައްކަމުން ބުންޏެވެ.

އެހެންނަމަވެސް އަލިބެ އަދަދު ނޫހާ ވާހަކަ ދައްކަމުން ބުނެފައިވަނީ  މައިބަދައިގަވެސް މައްސަލަ އުޅޭތީ މަސްވެރިކަން ކުރެވޭނެ ހިތްވަރެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން އާރްޑީސީން ލިބުނު ފުރުސަތުގައި ވަޒީފާއަށް ނިކުންނަން ފަށާފައިވާ ކަމަށް އަދަދު ނޫހަށް އާދިއްތަ ދުވަހު އަލިބެ ކިޔާދީފައިވެއެވެ.

ގދ. ވިލިނގިލީ އުޖާލާ ދޯނީގައި މަސައްކަތް ކުރާ މަސްވެރި އަލިބެ މީގެ ކުރިން ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީ ގޯހަކުން ކަމަށެވެ.

މަސްވެރި އަލިބެ ބުނީ މި ސަރުކާރުގެ ބޭފުޅުން އުޅުއްވަނީ އަމިއްލަ ބޭނުމެއްގައި ކަމަށާއި އެ ބޭނުން ފުދުމުން ރައްޔިތުން ނަގާ އެއްލާލަނީ ކަމަށެވެ. އެފަދަ ދެރަ ހާލަތެއް މިއަދުގެ މަސްވެރިންނަށް ޖައްސާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މަސްވެރި އަލިބެ ބުނީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށް މަސްވެރިން ލައްވާ ކުރީ ސަރުކާރަށް ވަރަށް އެއްޗެހި ގޮވައި ދެކޮޅަށް މަސައްކަތް ކުރިވި ކަމަށެވެ. އަދި މިހުރިހާ ކަމަކާއި ގުޅިގެން ކުރީގެ ރައީސް ސާލިހުގެ އަރިހުން މައާފަށް އެދޭ ކަމަށާއި، ރައީސް ސާލިހަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް އޭރު އަލިބެ ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު