Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގޫދޫ އެއާޕޯޓު

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅަނީ

31 މާރިޗު 2024 | އާދީއްތަ 12:47

އެއާޕޯޓް އަޅުއްވާނެ ރަށްތަކުގެ ލިސްޓެއް ހާމަކުރުމަށް ރައީސް ދަންވަރު ގަރާރެއް ނެރުނު އިރު މަގޫދޫގެ ނަން ވެސް އެ ލިސްޓުގައި ނެތުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މާރިޗު 2024 | އާދީއްތަ 12:47
ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)

ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން ކުއްލި މައްސަލަ އެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މަގޫދޫ އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ނިމިފައިވަނިކޮށް އެއާޕޯޓްގެ މަސައްކަތް ހުއްޓުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންނަމަވެސް އެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ރަސްމީކޮށް އަންގާފައިވާ ކަމަށާއި އެ މަސައްކަތް ހުއްޓާލުމަށް އެމްޓީސީސީ އަށް އެންގި ސަަބަބު ވެސް ސާފު ނުވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހުއްޓާލުމުގެ ކުރިން ކައުންސިލާއި އެއްވެސް މަޝްވަރާ އެއް ވެސް ކޮށްފަ ނުވާ ކަމަށާއި މިއީ މަގޫދޫގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މެމްބަރު ވަނީ ވިދާޅުވިއެވެ.

އެހެންކަމުން އެކަމާއި ގުޅޭ ކުއްލި މައްސަލަ އެއް ޑްރާފްޓް ކުރަމުންދާ ކަމަށާއި ހޯމަ ދުވަހު އެ ކުއްލި މައްސަލަ ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއާޕޯޓަކީ 70% ނިމިފައި އޮތް އެއާޕޯޓެއް ކަަމަށާއި އެއީ ބޭރު ފަރާތެއްގެ އިންވެސްޓްމަންޓް ވެސް ލިބިފައި އޮތް މަޝްރޫޢުއެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓާލުމަކީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ވާނެކަމެއް ކަަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަކީ ކުއްލިއަކަށް ވަކި ބޭނުމެއްގައި ވަކި ސިޔާސީ މީހަކު ހޮވުމަށްކުރި ކަމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އެއީ މަޖިލީހުގެ ނިލަންދޫ ދާއިރާ އަށް ރައީސްގެ ކޮއްކޮ ސައުދާ ހޮވުމަށް ކުރި ކަމެއް ކަަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އެއީ ދައުލަތެއްގެ ސިފައެއް ނޫންކަމަށާއި މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރަށް އައުމަށް ފަހު ބޭނުންހާ ގޮތަކަށް އަމަލުކުރެވިދާނެ ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަގޫދޫގައި އަޅަމުން ދިޔަ އެއާޕޯޓް ހުއްޓާލެއްވުމަށް ފަހު 10 މިނިޓުން ދެވޭ އަނެއް ރަށުގައި އެއާޕޯޓް އެޅުމަކީ އިންސާފެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެއާޕޯޓް އަޅުއްވާނެ ރަށްތަކުގެ ލިސްޓެއް ހާމަކުރުމަށް ރައީސް ދަންވަރު ގަރާރެއް ނެރުނު އިރު މަގޫދޫގެ ނަން ވެސް އެ ލިސްޓުގައި ނެތުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް