Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޝްރޫއުތައް ހުއްޓާލުން

ކުރީ ސަރުކާރުގެ ވާހަކަ ދައްކާނަމަ، ކުރީ ސަރުކާރުހެން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ހިންގައި ނިންމަންވެސް ވާނެ: އާޒިމް

ރުކާރުން މިވީ ދުވަސްތަކުގައި ފައިސާ އިސްރާފު ކޮށްފައިވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2024 | ހޮނިހިރު 08:39
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

ކުރީ ސަރުކާރުގެ ވާހަކަ މި ސަރުކާރުން ދައްކާނަމަ، ކުރީ ސަރުކާރުން ހިންގި ގޮތަށް ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ހިންގައި ނިންމަންވެސް ވާނެކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިއަދު ފެންނަމުންދަނީ ރާއްޖޭގެ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފައިވާ މަންޒަރު ކަމަށެވެ.

ކޮންމެ 11 ދުވަހުން ޕްރޮޖެކްޓެއް ނިންމުމަކީ ކޮންމެ ވެރިއަކަށް ވާނެ ކަމެއް ނޫން ކަމަށާއި، އެކަން ވާނީ ހިކުމަތްތެރި ވެރިއެއް ޤައުމުގައި ހުރެގެންކަމަށް އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިއަދު ފެންނަމުންދަނީ ކަންކަން ކުރަން ނޭނގުމުން ކުރީ ސަރުކާރާ ގުޅުވައި ވާހަކަ ދައްކާ މަންޒަރުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މަޝްރޫއުތައް ހުއްޓާލީ ފައިސާ ނެތިގެންކަމަށް ސަރުކާރުން ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް، ފައިސާ ނެތިގެން މަޝްރޫއުތައް ހުއްޓާލިނަމަ، މި ހަފްތާ ތެރޭގައި އެއާޕޯޓެއް އެޅުމުގެ މުޅިން އައު މަޝްރޫއެއްގައި ސޮއި ނުކުރާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުން މިވީ ދުވަސްތަކުގައި ފައިސާ އިސްރާފު ކޮށްފައިވާކަން އެކަންކަމުން ދޭހަވާ ކަމަށެވެ.

މި ސަރުކާރުގެ ހުރިހާވެސް މަޤްސަދަކީ ރަށްތަކުގެ ތަރައްޤީ ހުއްޓުވައި، މާލެއަށް ތޮއްޖެއްސުންކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް، މާލޭ ރައްޔިތުންވެސް ބޭނުންވަނީ މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށައި، ވީހާވެސް އަވަހަށް ގެދޮރުވެރިވެވޭނެ ގޮތެއް ހޯދުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު