Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

ފިރިމީހާގެ ޢާއިލާ ޝަހީދުވި ޚަބަރު އަހަން ޖެހުނީ އެއްމާބަނޑު 3 ދަރިން އުފަންވި ދުވަހު!

30 މާރިޗު 2024 | ހޮނިހިރު 10:02

ރަވާންދު މިހާރު ދިރިއުޅެނީ ޣައްޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލު ކައިރީގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުން ފޭލިގެއެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 މާރިޗު 2024 | ހޮނިހިރު 10:02
ރަވާންދު މިހާރު ދިރިއުޅެނީ ޣައްޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލު ކައިރީގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުން ފޭލިގެއެއްގައި

ރަވާންދު މިހާރު ދިރިއުޅެނީ ޣައްޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލު ކައިރީގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުން ފޭލިގެއެއްގައި

ރަމަޟާން މަހަކީ ދިރިއުޅުމުގެ އާދަކާދައަށް ބޮޑު ބަދަލެއް އަންނަ މައްސަރެކެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ދީނަކަށް ވާ އިރު، ރަމަޟާން މަހުގެ އަޅުކަމުގައިވެސް ލުއި އިޚްތިޔާރުތައް ދެއްވާފައިވެއެވެ. ޙައްޤުތަކެއް ވާ އިރު، އެ ޙައްޤުތަކުން މަހްރޫމުކޮށްފައި ވާ ޙާލުގައި ރަމަޟާން މަހެއް ހޭދަ ކުރާނެ ގޮތް އަހަރެމެންނަށް ވަޒަންވެސް ކޮށް ނުލެވޭނެއެވެ. އިންސާނަކަށް ވީތީ ލިބިދޭ އެންމެ އަސާސީ ޙައްޤުތަކާއި އަދި އެއަށް ވުރެ އިތުރަށްވެސް ލުއިފަސޭހަތައް ލިބި ހުރެމެ، އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ދިރިއުޅުމުގެ ކަންކަމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. ވަކިން ހާއްސަކޮށް ޅަދަރިމައިންނެވެ. އެންމެ ތުއްތު ކުދިންގެ ދިރިއުޅުމަށް ރަމަޟާން މަހު ވަކި އިތުރު ބަދަލެއް ނައެއް ކަމަކު، މައި މީހާ އެކަމަށް ހޭނެން ޖެހެއެވެ. މިކަންކަން މިހެން ހުރި އިރު، ގަތުލުއާންމެއްގައި، އެއްމާބަނޑު 3 ބެއިން ގޮވައިގެން އުޅޭނެ ގޮތް ވިސްނާލަންވެސް ދައްޗެވެ.

އިޒްރޭލުން ވަރުގަދަ ގަތުލުއާންމެއް ހިންގަމުން ގެންދާ ފަލަސްޠީނުގެ ޣައްޒާގައި އޭނާގެ ތުއްތުތުއްތު، އެއްމާބަނޑު 3 ބެއިން ގޮވައިގެން "ދިރިއުޅެމުން" އަންނަ ރަވާންދު އަލް-ޝައިޚްގެ ދިރިއުޅުމުން އަހަރެމެން ލިބިގަންނަންޖެހޭ އެތައް ފިލާވަޅެއް އެބަ ހުއްޓެވެ. ލިބިގަންނަންވީ އެތައް ހިތްވަރެއް އެބަ ފެނެއެވެ. ދިރިއުޅުމުގެ އެއްވެސް ކަމަކީ ފަސޭހަ ކަމެއް ނޫނެވެ. ޣައްޒާގައި މިއަދު ދިރުމެއް ނެތޭ ދެންނެވިއަސް ގޯހެއް ނެތެވެ. ރަވާންދަށް ކުރިމަތިވެފައި ވާ ގޮންޖެހުންތަކާއި އުފުލަންޖެހިފައިވާ ތަކުލީފުތަކުގެ ވާހަކަ، އޭނާ ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.

ރަވާންދު މިހާރު ދިރިއުޅެނީ ޣައްޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލު ކައިރީގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުން ފޭލިގެއެއްގައެވެ. ރަވާންދު ބުނި ގޮތުގައި އޭނާއަށް ލިބުނު އެއްމާބަނޑު 3 ބެއިންނަށް ނަން ދީފައި ވަނީ، އިޒްރޭލުގެ ޢުދުވާންތަކުގައި އޭނާގެ ފިރިމީހާގެ ޢާއިލާއިން ވަކިވެދިޔަ މީހުންގެ ހަނދާނުގައި ކަމަށެވެ. އެއީ ސުހާދު، ހުދާ އަދި ނަދާއެވެ. 3 ކުދިން މި ދުނިޔެއަށް ނޭވާލީ ދުވަހަކީ، ފިރިމީހާގެ ޢާއިލާ ޝަހީދުވި ކަމުގެ ޚަބަރު އަހަން ރަވާންދުއަށް މަޖުބޫރުވި ދުވަސްވެސްމެއެވެ.

ޣައްޒާގައި ހިންގާ 36 ހޮސްޕިޓަލުގެ ތެރެއިން ގިނަ ހޮސްޕިޓަލުތަކެއްގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ. އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މިހާރުވެސް އެ ހޮސްޕިޓަލަށް ގިނަ ޢަދަދެއްގެ ބަޔަކު ގެނެވެއެވެ. އޭގެ ތެރޭގައި މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންވެސް ހިމެނެއެވެ. ދަރިމައިވުމާއި ވިހެއުމާ ބެހޭ ޑިޕަރޓްމަންޓް، އަލް-އަވްދާ ހޮސްޕިޓަލަށް ބަދަލު ކުރި ކަމުގައި ވީ ނަމަވެސް، އިމަރޖެންސީގައި ވިއްސަން ޖެހޭ މީހުންނާއި، ސިޒޭރިއަން ހެދުމުގެ ބައެއް ކޭސްތައް މިހާރުވެސް ނަގައެވެ.

އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި ޣައްޒާއިން މަރުވި މީހުންގެ ރަސްމީ ޢަދަދުތައް 33000 އާ ގާތް ކުރާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2021

ކަންފަތް ތޫނުކޮށްގެން މިތިބީ ގްލާސްގޯއިން ފައިދާވާނެ އުފާވެރި ޚަބަރުތަކުގެ އިންތިޒާރުގައެވެ.

30 އޮކްޓޯބަރު 2021
ކަންފަތް ތޫނުކޮށްގެން މިތިބީ ގްލާސްގޯއިން ފައިދާވާނެ އުފާވެރި ޚަބަރުތަކުގެ އިންތިޒާރުގައެވެ.
21 މާރިޗު 2021

ޚަބަރު ކިޔާ މީހުންނަށް ހަމަ ގައިމުވެސް ގައުމުގެ ވާނުވާ އެނގޭނެ!

21 މާރިޗު 2021
ޚަބަރު ކިޔާ މީހުންނަށް ހަމަ ގައިމުވެސް ގައުމުގެ ވާނުވާ އެނގޭނެ!
27 މާރިޗު 2020

ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!

27 މާރިޗު 2020
ކޮވިޑް-19 ގެ ސަބަބުން ފިރިމީހާގެ އަސްލު އުޅުން ފެނިއްޖެ!
07 ފެބުރުއަރީ 2020

ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

07 ފެބުރުއަރީ 2020
ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!
06 ފެބުރުއަރީ 2019

ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!

06 ފެބުރުއަރީ 2019
ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!
26 ނޮވެމްބަރު 2017

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!
09 ސެޕްޓެމްބަރު 2017

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"
01 ޖުލައި 2017

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"
13 އެޕްރީލު 2017

ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!

13 އެޕްރީލު 2017
ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް