Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް

ރަމަޟާން މަހުގެ 20ން 30ށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުންނާ ވިޔަފާރިތަކަށް ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި

ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މާރިޗު 2024 | ބުދަ 12:09
އިކޮނޮމިކް މިނިސްޓްރީގެ ބައެއް ޚިދުމަތްތައް ދިނުމަށް ކުރިން ބޭނުންކުރި އިމާރަތް

އިކޮނޮމިކް މިނިސްޓްރީގެ ބައެއް ޚިދުމަތްތައް ދިނުމަށް ކުރިން ބޭނުންކުރި އިމާރަތް

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން މިމުއްދަތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތަށް ހަމަޖައްސާފައިވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

މިގޮތުން ޚިދުމަތް ދިނުން ހަމަޖެހިފައިވާ ގޮތަކީ:

Advertisement - newsAdvertisement

1- ވިޔަފާރިއާ ބެހޭ ޚިދުމަތް

- ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00ށް

- މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، މިނިސްޓްރީން ޢާންމުކޮށްފައިވާ ސަރވިސް ޕްރޮސެސިންގ ޓައިމްތަކަށް ބަދަލު އަންނާނެ

- މިނިސްޓްރީގެ ވިޔަފާރިއާބެހޭ ޚިދުމަތްތަކަށް އެދެވޭނީ ވަންގަވް one.gov.mv ނުވަތަ ބިޒްނަސް ޕޯޓަލް business.egov.mv އިން

- ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުކުރުމަށް  one.gov.mv ގެ ލައިވް ޗެޓް ނުވަތަ  ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅޭނެ

2- ފޮރިން އިންވެސްޓްމަންޓާ ބެހޭ ޚިދުމަތް

ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް އޮފީސް ހުޅުވިފައި ހުންނާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. މިގަޑީގައި މަޢުލޫމާތު ސާފުކުރުމަށް 3333181 ނުވަތަ 3333182 އަށް ގުޅޭނެއެވެ.

އަދި މުވައްޒަފަކާއި ސީދާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން 3333181 ނުވަތަ 3333182 އާއި ގުޅުއްވާ އެޕޮއިންޓްމަންޓް ހެދުމުން، ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު