Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޑްރިކް

ވާންއުޅޭ ގޭގައި ލަނޑުޖަހާފައި ގޮސް ބައްޕައާ ބައްދާލި ވަގުތުކޮޅު މީޑިއާތަކަށް

27 މާރިޗު 2024 | ބުދަ 12:00

އެންޑްރިކަށް ގިނަ ބައެއްގެ ތައުރީފް ދަނީ ލިބެމުން

ރާއްޖެ އެމްވީ | 27 މާރިޗު 2024 | ބުދަ 12:00
ބްރެޒިލްގެ ފޯވަޑް އެންޑްރިކް

ބްރެޒިލްގެ ފޯވަޑް އެންޑްރިކް

ރެއާލް މެޑްރިޑުގެ ދަނޑު ކަމަށްވާ ސެންތިއާގޯ ބާނަބައުގައި ރޭ ބްރެޒިލާއި ސްޕޭން 3-3އިން އެއްވަރުވި މެޗުގައި ހުރިހާ ފޯކަސްއެއް ދަމައިގަތީ ބްރެޒިލްގެ 17 އަހަރުގެ ޒުވާން ފޯވަޑް ފިލިޕޭ އެންޑްރިކެވެ.

ކުޅެން ނުކުތްތާ އެންމެ ފަސް މިނިޓް ތެރޭގައި އޭނާ ގޯލު ޖެހުމުން މުޅި ދަނޑުގައި ތިބި އެންމެން އޭނާ އަށް ތައުރީފްކޮށް އޭނާގެ ނަމުން ގޮވައި ތަރުހީބުދިނެވެ. އެއްކޮޅުން ކުޅުނީ ސްޕޭން ނަމަވެސް ރެއާލްގެ ދަނޑުގައި ބްރެޒިލްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ތަރުހީބެއް އޮތެވެ. ހާއްސަކޮށް ބްރެޒިލްގެ ތިން ފޯވަޑުން ކަމަށްވާ ވިނީޝިއަސް ޖޫނިއާ އާއި ރޮގްރީގޯ އަދި އެންރިކަށެވެ. މީގެ ތެރެއިން ފްލެމިންގޯގެ ފޯވަޑް އެންޑްރިކް އަންނަ ސީޒަނުގައި ކުޅޭނީ ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. އަނެއް ދެ ކުޅުންތެރިންނަކީ މިހާރު ވެސް ރެއާލް އަށް ކުޅެމުން އަންނަ ދެ ފޯވަޑުންނެވެ.

މިހެންވެ އެންޑްރިކް ރޭ ކުޅެން ނުކުތީ އޭނާގެ ވާން އުޅޭ "ގޭގައި" ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަމުންދިޔަ އެވެ. މިއީ އޭނާ މެޑްރިޑުގެ ދަނޑުގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރު ކަމުން މެޗުން ބަލަން އޭނާގެ މުޅި އާއިލާ ގޮސްތިއްބެވެ. ލަނޑު ޖަހާފައި އޭނާ ގޮސް ބައްދާލީ ކުޅިބަލަން އިން ބައްޕަ ޑަގްލަސްއާ އެވެ. މި މަންޒަރު ފޮޓޯގައި ވީޑިއޯކޮށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި އާއްމު ކުރަމުންދާއިރު މި ވީޑިއޯ އަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ނޫސްވެރިންނާއި މީޑިއާތަކުން ވެސް ދަނީ މި މަންޒަރު ހަބަރާއި މައުލޫމާތުގެ ސިފައިގައި ދައްކައި އެންޑްރިކަށް ތައުރީފް ކުރަމުންނެވެ.

މެޗަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑުގެ ރައީސް ވެސް އޭނާއާ ބައްދަލުކުރި އެވެ. ޕްރޭޒަކީ އާއްމުކޮށް އިދިކޮޅު ޓީމުގެ ކުޅުންތެރިންނާ ސަލާމްކޮށް ބައްދަލުކުރާ މީހަކަށް ނުވިޔަސް އޭނާ ވަނީ ރޭ ވަރަށް އުފަލުންހުރެ ބްރެޒިލްގެ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ. ހާއްސަކޮށް ރެއާލްގެ ކުޅުންތެރިންނާ އެވެ. މި މެޗުގެ ކުރިން އެންޑްރިކް ވަނީ ރެއާލް އާއި ވިޔަރެއާލް ސެންތިއާގޯ ބާނަބައުގައި ކުޅުނު މެޗު ބެލުމަށްފަހު ރެއާލްގެ ޓްރޭނިން ދަނޑު ބަލާލުމަށް ވެސް ގޮސްފަ އެވެ.

އެންޑްރިކް މި މެޗުގައި ގޯލު ޖެހީ މީގެ ތިން ދުވަސް ކުރިން އިނގިރޭސިން އަތުން ބްރެޒިލް މޮޅުކޮށްދިން ގޯލު ޖަހައިދިނުމަށްފަހު އެވެ. މިހެންވެ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ވިދާޅުވީ ''ބްރެޒިލްގެ ފުޓްބޯޅައިން "އާތަރިއެއް އުފަންވެއްޖެ" ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޖޫން 2018

ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި

09 ޖޫން 2018
ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި
29 މެއި 2018

ލިވަޕޫލްއަށް ފަބީނިއޯ ގެންގޮސްފި

29 މެއި 2018
ލިވަޕޫލްއަށް ފަބީނިއޯ ގެންގޮސްފި
02 މެއި 2018

ރޭންޖާސްއާއެކު ޖެރާޑް މަޝްވަރާތައް ކުރިޔަށް ގެންގޮސްފި

02 މެއި 2018
ރޭންޖާސްއާއެކު ޖެރާޑް މަޝްވަރާތައް ކުރިޔަށް ގެންގޮސްފި
14 ޖެނުއަރީ 2018

ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން

14 ޖެނުއަރީ 2018
ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން
08 ޑިސެމްބަރު 2017

ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި

08 ޑިސެމްބަރު 2017
ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
09 ޖުލައި 2017

ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި

09 ޖުލައި 2017
ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި
09 ޖުލައި 2017

މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި

09 ޖުލައި 2017
މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި
02 މެއި 2017

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް