Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓީވެން ޖެރާޑް

ރޭންޖާސްއާއެކު ޖެރާޑް މަޝްވަރާތައް ކުރިޔަށް ގެންގޮސްފި

2 މެއި 2018 | ބުދަ 14:22

ރޭންޖާސްގެ ކޯޗުގެ މަގާމުގައި ހުރި ގްރައެމް މާޓީ ވަނީ އެ މަގާމުން ވަކިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 މެއި 2018 | ބުދަ 14:22
ސްޓީވެން ޖެރާޑް

ސްޓީވެން ޖެރާޑް

ސްކޮޓްލޭންޑުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރޭންޖާސް އެފްސީގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް އެ ޓީމާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފި ކަމަށް ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖެރާޑް ބުނެފިއެވެ.

ރޭންޖާސްގެ ކޯޗުގެ މަގާމުގައި ހުރި ގްރައެމް މާޓީ އެ މަގާމުން ވަކިކޮށްފައިވާއިރު އުމުރުން 37 އަހަރުގެ ޖެރާޑް ވަރަށް އަވަހަށް އެ މަގާމާއި ހަވާލުވާނެ ކަމަށް ބެލެވެއެވެ. މާޓީ އެ މަގާމުން ވަކިކޮށްފައިވަނީ ސްކޮޓިޝް ޕްރިމިއާ ލީގުގައި ވާދަވެރި ސެލްޓިކާއި ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ލަދުވެތި ނަތީޖާއަކުން ބަލިވުމާއި ގުޅިގެންނެވެ. ރޭންޖާސް މިވަގުތު އޮތީ ސްކޮޓިޝް ޕްރިމިއާ ލީގުގެ ތިންވަނަ މަގާމުގައެވެ.

ޖެރާޑްއަކީ މި ސީޒަން ފެށުނުއިރު ފުރަމުން އައީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމެއެވެ. އޭނާ އެ މަގާމު މިހާރު ދޫކޮށްލާފައިވާއިރު ރޭންޖާސްގައި އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ މީގެކުރިން ލިވަޕޫލްއަށް ކުޅުނު ގެރީ މެކްލިސްޓާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބީޓީ ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ޖެރާޑް ބުނީ ރޭންޖާސްއާއެކު ފުރަތަމަ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އެ މަގާމާއި އޭނާ ހަވާލުވާނެ ކަމަށެވެ. އޭނާ ބުނީ މިވަގުތު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެހެން ނަމަވެސް އެ މަގާމާއި ހަވާލުވުމަށް ފަހު ލިބޭ ނަތީޖާތަކުން އޭނާގެ ފެންވަރު އެނގިގެންދާނެ ކަމަށް ޖެރާޑް ބުނެފައިވެއެވެ.

ޖެރާޑް ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވެއްޖެ ނަމަ އޭނާ ވާދަކުރަން ޖެހޭނީ މިވަގުތު ސެލްޓިކްއަށް އިރުޝާދު ދެމުން އަންނަ އޭނާގެ ކުރީގެ ކޯޗު ކަމަށްވާ ބްރެންޑަން ރޯޖާސްއާ ދެކޮޅަށެވެ. ރޭންޖާސް މިވަގުތު އަންނަނީ ތާވަލުގެ ދެވަނަ މަގާމު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެ ޓީމަށް މި އަމާޒަށް ވާސިލްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހިބަނިއަން އަދި އެބަޑީންއެވެ. ރޭންޖާސްއިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސެލްޓިކުން ވަނީ އެ ޓީމާއި ދެކޮޅަށް އެންމެފަހުން ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ޖެރާޑް ހޯދުމަށް ރޭންޖާސްއިން އެންމެ ފުރަތަމަ ހުށަހެޅުން ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި މަޝްވަރާތަކުން އެންމެ ބޮޑަށް ޖެރާޑް ޑިމާންޑް ކޮށްފައިވަނީ ރަނގަޅު ބަޖެޓެއް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންނަ ސީޒަނުގައި ބާންލީގެ މިޑްފީލްޑަރު ސްކޮޓް އާފީލްޑް އަދި ހަލް ސިޓީގެ ގޯލްކީޕަރު އެލެން މެކްގްރެގޯގެ އިތުރުން މިލްވޯލްގެ ފޯވާޑް ގްރެގޮރީ ލީ ވެސް ފެނިގެންދާނީ ރޭންޖާސްއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެރާޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޖެރާޑް އަކީ އަބަދުވެސް ލިވަޕޫލްގެ ލެޖެންޑެއްގެ ގޮތުގައި ބެލޭނެ ކުޅުންތެރިޔެއް ކަމަށާއި އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް ލިވަޕޫލްގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭނާ ބުނީ ޖެރާޑް އަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ މީހެއް ކަމަށާއި އެކަމުގެ ފައިދާ އޭނާ ކޮންމެ ޓީމެއްގައި ހުރި ނަމަވެސް ފެންނާނެ ކަމަށެވެ. ކްލޮޕް ބުނީ އޭނާއަކީ ޓީމެއް ގެންގުޅޭ މީހެއް ނަމަ އަބަދުވެސް ޖެރާޑަށް އޭނާގެ ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ.

ޖެރާޑް ވަނީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ކުރިޔަށް އޮތް ސީޒަނަށް ބަޔާން ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން: މުލާ

31 ޖުލައި 2017
ކުރިޔަށް އޮތް ސީޒަނަށް ބަޔާން ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން: މުލާ
23 ޖުލައި 2017

ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން: މޮރީނިއޯ

23 ޖުލައި 2017
ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން: މޮރީނިއޯ
17 ޖުލައި 2017

ކުރިޔަށްވުރެ ޔޫވީ ރަނގަޅުވާނެ، ވެލެންސިއާ އަތުން ބޭނުމީ މޮޅުވާން: ނަޒީހު

17 ޖުލައި 2017
ކުރިޔަށްވުރެ ޔޫވީ ރަނގަޅުވާނެ، ވެލެންސިއާ އަތުން ބޭނުމީ މޮޅުވާން: ނަޒީހު
10 ޖުލައި 2017

ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް

10 ޖުލައި 2017
ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް
08 ޖުލައި 2017

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި
22 ޖޫން 2017

އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު

22 ޖޫން 2017
އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
02 މެއި 2017

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
15 އެޕްރީލު 2017

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

15 އެޕްރީލު 2017
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް