Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ކަލާ ރަން

ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި

މި ދުވުމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ޑިސެމްބަރު 2017 | ހުކުރު 16:14
ކަލާ ރަންގެ ތެރެއިން

ކަލާ ރަންގެ ތެރެއިން

ރާއްޖޭގެ އެންމެ ބޮޑު އެއް މުއާސަލާތީ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ "އުރީދޫ ކަލާ ރަން" ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުން ފެށި މި ދުވުމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރި މި ހަރަކާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރަތަމަ އިވެންޓްއެވެ. ގިނަ ބަޔަކު ދުވުން ނިންމާލުމަށް ފަހު މި ދުވުން ސިފަ ކޮށްފައި ވަނީ މިއީ މިހާތަނަށް ރާއްޖޭގާއި ބޭއްވި އެންމެ މަޖާ ދުވުމުގެ ގޮތުގައެވެ.

މި ދުވުން މީގެ ކުރިން ބޭއްވުމަށް ހަމަޖެއްސީ މިދިޔަ ހަފަތާގެ ހޮނިހިރު ދުވަހުއެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރަޔާ ގުޅިގެން ދުވުން ފަސްކުރެވުނެވެ.

އުރީދޫއިން ބުނީ މި ދުވުން ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭ ހަރަކާތެއް ކަން އަންގައިދިނުން ކަމަށެވެ. ފަސް ކިލޯ މީޓަރުގެ މި ދުވުން ވެގެން ގޮސްފައި ވަނީ އަލަށް ދުވާ ފަރާތްތަކަށާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ގުޅުން ބަދަހިކޮށްލަން ލިބިގެންދިޔަ ފުރުސަތަކަށެވެ.

މި ދުވުން ކުރިޔަށް ދިޔަ ވަގުތު ކޮންމެ ކިލޯ މީޓަރަކަށް ބައިވެރިން ދުވެ ނިމުމުން ބަހައްޓާފައި ހުރި ކުލަ ސްޓޭޝަންތަކުން އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ ދުވުން ވަކި ގަޑިއަކަށް ނިންމަން ޖެހޭ ގޮތަކަށް ނޫނެވެ. އެހެންކަމުން ބައެއް ބައިވެރިން ދުވަމުން ނިންމި އިރު ހިނގުމުގެ އިތުރުން ޖޮގްކޮށްފައި އަދި ނަށަމުން ވެސް މި ދުވުން ނިންމާފައިވެއެވެ.

މި އިވެންޓްގައި މިއުޒިކްގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އެ ގޮތުން އިކުއެޓިކް ވައިބް، ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން، ޑީޖޭ ޑީވައިޑީ އިތުރުން ޑީޖޭ އާލިމްގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ.

މިފަހަރުގެ ދުވުމުގައި ވެސް އުރީދޫއިން ވަނީ ޗެރިޓީ ޕާޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބުނު ފައިސާގެ ވަކި ޕަސެންޓެއް އެ ފަރާތަށް ހަދިޔާކޮށްފައެވެ. އެ ގޮތުން މި ފަހަރު ފައިސާގެ އެހީ ދިނުމަށް ހަމަޖައްސާފައި ވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށެވެ.

އުރީދޫއިން ބުނީ މިފަދަ އިތުރު އިވެންޓްތައް ކުރިޔަށް ހުރި ދުވަސްތަކުގައި އެ ކުންފުނިން އިސްނަގައިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު