Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުން

ސާފުކޮށް ފެންނަނީ އަތް ހޫރާލާ ޖެހި މަންޒަރު، ޕޮލިސް އޮފިސަރުގެ ކުށް ފޮރުވައި ތަރުޖަމާނު ހެދީ ދޮގު!

އަތް ހޫރާލާފައި ޖަހާ މަންޒަރު ވީޑިއޯއިން ފެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2024 | ބުދަ 06:44
ފޭސް 2 ގައި ވީސީޕީހައި ހުރި ފުލުހަކު ވަނީ ސައިކަލެއްގައި އިން މީހަކު މަޑުކުރަން ވެގެން ލައިޓުން ޖަހާފައިކަމަށް ގިނަ ބަޔަކު ބުނޭ

ފޭސް 2 ގައި ވީސީޕީހައި ހުރި ފުލުހަކު ވަނީ ސައިކަލެއްގައި އިން މީހަކު މަޑުކުރަން ވެގެން ލައިޓުން ޖަހާފައިކަމަށް ގިނަ ބަޔަކު ބުނޭ

ހުޅުމާލެ ފޭސް 2 ގައި ދުއްވާފައި ދިޔަ ސައިކަލެއް ވެހިކަލް ޗެކްކިންގ ޕޮއިންޓް (ވީސީޕީ) އަކަށް ނުހުއްޓުމުން، އަންހެން ކުއްޖަކު ގައިގައި ފުލުހަކު ޖަހާ ވައްޓާލި މައްސަލަ ފެންމަތިވެ މުޅި ސޯޝަލް މީޑިއާގައި ދަނީ ފުލުހުންގެ އަމަލުތަކާއި މެދު ސުވާލު އުފައްދަމުންނެވެ.

އާންމުންގެ ޕްރެޝަރާއި ގުޅިގެން އެ އިދާރާގެ އެތެރޭގެ ތަހުގީގެއް މިހާރުވަނީ ފަށާފައެވެ. މިކަން ހާމަކުރައްވާފައިވަނީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނެވެ. ޝިފާން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ހިނގައިދިޔަ ކަންތަކާއި ގުޅިގެން އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބުތޯ ނުވަތަ އެކްސިޑެންޓާއި ގުޅިގެން ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ތެރޭގައި މި އެކްސިޑެންޓް ކުރުވިކަމަށް ތުހުމަތުވާ ފުލުސް އޮފިސަރުގެ އަމަލު ހުރިގޮތުން ކުރިއަށް ގެންދާ ތަހުގީގެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ޝިފާން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ 10:05 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގެ ކިބައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި ފަރާތްތަކަށް ފަރުވާ ދެވުނު ކަމަށެވެ.

ނަމަވެސް ފުލުހުންގެ ތަރުޖަމާނު އެކްސްގައި އޮތް ޕޯސްޓަކަށް ދެއްވި މި ޖަވާބުގައި ކަނޑައެޅިގެން ދޮގު ހައްދަވާފައިވާކަން ހާމަވެއެވެ. ވީޑިއޯ ބަލާލުމުން ހާމަވާ ބައެއް ކަންކަމަށް ބަލާލާނަމެވެ. އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި ވީޑިއޯގައި ފެންނަނީ ބާރަށް އައި ސައިކަލު މަޑުކުރަން ފުލުސް މީހާ އިޝާރާތް ކުރުމުން އެ ސައިކަލުގައި ދުއްވަން އިން މީހާއާއި ދިމާލަށް ފުލުސް މީހާގެ އަތުގައި އޮތް ލައިޓުން ޖަހާ މަންޒަރެވެ. އަތް ހޫރާލިކަން އެނގެނީ ސައިކަލު މަޑުކުރަން ދިއްކުރި އަތް 180 ޑިގްރީއަށް ދިޔަކަމުންނެވެ. ވީޑިއޯއިން އެ މަންޒަރުތައް ލައިޓްދަތުރުކުރާ ދިމާލުން އިނގެއެވެ.

ޖެހުނުކަމަށް މި ބުނަނީ ކުރިމަތިން އަންނަ ސައިކަލެއް މަޑުކުރަން ލައިޓް ދިގުކޮށްގެން ފުލުހަކު ހުއްޓާ އެ ލައިޓްގައި ޖެހުނީމަ އަތް ދާނީ ސައިކަލާއެކީގައި ކުރިއަށެވެ. ނުވަތަ ފުލުސް މީހާ އެ ލައިޓް ހިފަހައްޓައިގެން ހުރީ ކަނާއަތުން ކަމުން އަތް ދާނީ ކަނާތްފަރާތަށް އެނބުރިގެން އެނާގެ ފުރަގަހަށެވެ. ނަމަވެސް އަތް ކުރިއަށްދިޔަކަން ނުވަތަ ހުރާލިކަން އެނގެނީ އަތް ހޫރާލުމުން ލައިޓް އޮތް ކަނާއަތް ދިޔައީ ވާތް ފަރާތަށް ކަމުންނެވެ.

އަދި ލައިޓު ޖެހުމާއެކު ސައިކަލް ދުއްވަން އިން މީހާއަށް ސައިކަލުގެ ކޮންޓްރޯލް ގެއްލި ސައިކަލު އަރިއަޅާލުމުގެ ސަބަބުން ކަހާލާފައި ވެއްޓެއެވެ. އަދި ވެއްޓުނު ސައިކަލު ކައިރިއަށް އެތަނުގައި ތިބި އެހެން ފުލުހުން ދިޔުމުން އަތުން އިޝާރާތްކޮށްފައި ފޮނުވާލައެވެ. މީގެ ކުރިންވެސް ވީސީޕީއަކަށް ނުހުއްޓުނު މީހަކު ގައިގައި ޖެހުމުގެ ސަބަބުން މާލޭގެ ޗާންދަނީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު ވަނީ މަރުވެފައެވެ. އެއްފަހަރު މިފަދަކަމެއް ވެފައި އޮތުމަކީ އެކަން ތަކުރާރުނުވެ ރަނގަޅުކުރަންޖެހޭ ކަމެކެވެ.

ފުލުހުންނަކީ ވަރަށް ކެތްތެރި ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް ދުއްވަން އިން ކުއްޖާ ގައިގައި ޖެހި ފުލުސް މީހާ ދެއްކީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާގެ އާއިލާއަށް ބިރެވެ. މައްސަލަ ޖައްސަން ދިޔަ އާއިލާގެ މީހުންނަށް އެ ފުލުސް މީހާ ބިރުދައްކާ ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހުރެ އިންޒާރުދީ އަޑުގަދަކޮށް ޒުވާބުކުރެއެވެ. އެ ވީޑިއޯ ވެސް ވަނީ އާންމުވެފައެވެ.

އެތަނުގައި ބައިވަރު ފުލުހުން ތިބި އިރު ފުލުސް މީހާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރީ އެންމެ ފުލުހެކެވެ. ދެންތިބީ ކަން ބަލަން ތިބި ފުލުހުންކަމަށް ބުނެވިދާނެއެވެ. އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ ކުއްޖާގެ އާއިލާއިން މައްސަލަ ޖައްސަން ދިއުމުން، އެ ފުލުސް މީހާ އާއިލާގެ މީހުންނަށް ބިރު ދައްކާ އިންޒާރުދިން ކަމަށެވެ. އަދި ހަޑި ހުތުރުބަހުން ޕޮލިސް ސްޓޭޝަން ތެރޭގައި ހުރެ އާއިލާ މީހުންނާ ދިމާލަށް ހަޅޭލަވާފައިވާ ކަމަށެވެ.

ޒާތީކަމެއްގެ ގޮތުގައި މިކަން ސިފަވެގެން ގޮސްފައިވާއިރު، ފުލުހުންގެ ތަރުޖަމާނު މިހާތަނަށް މިކަމާއި ގުޅިގެން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ވިދާޅުވިހާވެސް ވާހަކައަކީ ދުއްވަން އިން ކުއްޖާ ގަވާއިދާ ހިލާފު ވާހަކައެވެ. ހާދިސާގެ ތަފްސީލެއް ނުދެއެވެ. އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފަށް އަމަލުކުރި ފުލުސް މީހާއާ މެދު އެޅި ފިޔަވަޅެއް އަދި މިކަމުގައި ފުލުހުން އަމަލުކުރާނެ ގޮތެއް ވެސް ވިދާޅުނުވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ގޮތް ގާނޫނުގައި ލިޔެފައި އޮވެއެވެ. ގަވާއިދާ ހިލާފުވުމުގެ މާނައަކީ ލިބިފައިވާ ބާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގާ މަސްލަހަތު ނަގާލުމެއް ނޫނެވެ. ވީޑިއޯއިން ސާފުކޮށް ކަންކަން ހުރީ ފެންނާށެވެ. ފުލުހުންގެ ޕްރޮފެޝަނަލިޒަމާއި ދޭތެރޭގައި މިހާރު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ގަވާއިދާ ހިލާފަށް ދުއްވުމަކީ ކުށެކެވެ. އަދި ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމަކީ ވެސް މަނާކަމެކެވެ. އެއީ ގާނޫނުން ކުށްވެރިވާ އަދި ފިޔަވަޅު އަޅާ އަދަބު ލިބޭނެ ކަމެކެވެ. ނަމަވެސް ގަވާއިދާ ހިލާފުވުމަކީ ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އަނިޔާކުރަންވީ ސަބަބެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު