Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން

ސިޔާދު އަދި މުރުޝިދާ، ބެޑްމިންޓަން އެސޯސިއޭޝަނުން އިސްތިއުފާ ދީފި

26 މާރިޗު 2024 | އަންގާރަ 23:20

އިސްތިއުފާ ދިނީ މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގައި އޮތް ހިންގާ ކޮމެޓީގެ ދައުރު ހަމަވުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2024 | އަންގާރަ 23:20
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީން ދެ މެމްބަރަކު އިސްތިއުފާ ދީފި އެވެ.

2021 ވަނަ އަހަރު އިންތިޚާބު ކޮށްފައިވާ ހިންގާ ކޮމިޓީން އިސްތިއުފާ ދީފައި ވަނީ ފަރުދީ މެމްބަރު ސިޔާދު ޙަބީބު އަދި އަންހެން މެމްބަރު މުރުޝިދާ ޢަބްދުލް މަންނާން އެވެ. މި ދެ މެންބަރުން ވެސް ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން އިސްތިއުފާ ދޭން ބޭނުންވާކަން ސިޓީއަކުން އެ އެސޯސިއޭޝަނަށް އަންގާފަ އެވެ.

އިސްތިއުފާދޭން ނިންމި ސަބަބެއްގެ ގޮތުގައި ސިޓީގައި ބުނެފައި ވަނީ މައިގަނޑު ދެ ސަބަބެކެވެ. އެއީ މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގައި އޮތް ހިންގާ ކޮމެޓީގެ ދައުރު ހަމަވުމުގެ އިތުރުން، އެ އެސޯސިއޭޝަނާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް މިހާރު އޮތް ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަން އެ އެސޯސިއޭޝަނުން ނިންމީ މި މަހުގެ 22 ވަނަ ދުވަހު (މިދިޔަ ހުކުރު ދުވަހު) އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގަވާފަ އެވެ. ނަމަވެސް، އެ އެސޯސިއޭޝަނުން އައީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

އެކަން އެހެން އޮއްވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް އޭސީސީން ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީސް ވެސް ބަލައި ފާސްކޮށްފަ އެވެ. އެއަށްފަހު އޭސީސީން ވެސް އެންގީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑުޖައްސާލުމަށެވެ.

އިންތިޚާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ކުއްލިއަކަަށް އިންތިޚާބު ކެންސަލް ކޮށްފަ އެވެ. އެކަން އިއުލާާންކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިޚާބު ފަސްކޮށްފައިވާ ކަަމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި އެންމެ ބޮޑު ތުހުމަތެއް ކުރަނީ އެ އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު އަށެވެ. އެ މައްސަލައިގައި މޫސައާ ގުޅުން ހުރި ތަންތަން ވެސް ވަނީ އޭސީސީން ބަލައި ފާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި

16 އޯގަސްޓު 2017
ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި
17 ޖޫން 2017

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތަކުން ރާއްޖެ ފުރަތަމަ ފަހަރަށް ސެމީއިން ޖާގަހޯދައިފި

17 ޖޫން 2017
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތަކުން ރާއްޖެ ފުރަތަމަ ފަހަރަށް ސެމީއިން ޖާގަހޯދައިފި
11 ޖޫން 2017

ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި

11 ޖޫން 2017
ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި
09 ޖޫން 2017

މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

09 ޖޫން 2017
މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް