Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް - ފްރާންސް

ބްރެޒިލް – ސްޕޭން: ރެއާލްގެ ތަރިންގެ ފެނިލުމެއް، މޮޅުވާނީ ކޮންބައެއް؟

އެންޑްރިކް ރެއާލް އަށް ބަދަލުވާއިރު ވިނީޝިއަސް އާއި ރޮޑްރީގޯއަކީ ރެއާލްގެ ތަރިން

ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 06:06
ބްރެޒިލްގެ އެންޑްރިކް 17 އަހަރުން ދަށުގެ ވޯލްޑްކަޕުގައި ކުޅެނީ

ބްރެޒިލްގެ އެންޑްރިކް 17 އަހަރުން ދަށުގެ ވޯލްޑްކަޕުގައި ކުޅެނީ

ވެމްބްލީގައި އިނގިރޭސީން ބަލިކުރުމަށްފަހު ބްރެޒިލް އެކުވެރިކަމުގެ މެޗުތައް ނިންމާލަން މިރޭ ނުކުންނާނީ ސްޕޭނާ ދެކޮޅަށެވެ. ކޯޗު ޑޮރިވޯލް ޖޫނިއާގެ ޒުވާން ބްރެޒިލް ޓީމު ސްޕޭނުގެ އަމިއްލަ ދަނޑު ކަމަށްވާ ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގައި ބަލިކޮށްލަން ނުކުންނައިރު ދެ ގައުމު މުހިންމު މެޗަކަށް މި ނުކުންނަނީ 10 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ދެ ގައުމުގެ ނަތީޖާތަކަށް ބަލާއިރު މިހާތަނަށް ބްރެޒިލްގެ މައްޗަށް ސްޕޭން ކުރި ހޯދީ 1934ގެ ވޯލްޑްކަޕުގައި އެކަންޏެވެ. އެއީ 3-1ގެ ނަތީޖާއަކުންނެވެ.

ސްޕޭނުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ މި މެޗަށް ނުކުންނައިރު އޭނާގެ ޓީމު ވަނީ ހުކުރު ދުވަހުގެ ރޭ ކޮލަމްބިއާ އަތުން ބަލިވެފަ އެވެ. މިހެންވެ ސަޕޯޓަރުންގެ އިތުބާރު ދެމެހެއްޓުމަށް މި މެޗުން މޮޅުވުމުގެ މުހިންމުކަން ބޮޑެވެ. އަނެއްކޮޅުން 2023 ނަތީޖާދަށް އަހަރަކަށްވި ނަމަވެސް އައު ކޯޗަކާއެކު 2024ގެ ކޮޕާ އެމެރިކާ އަށް ދާއިރު ސްޕޭން ބަލިކުރެވިއްޖެނަމަ ބްރެޒިލަށް ކުރީގެ އިތުބާރު ހޯދޭނެ އެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމުގެ ވެސް މުހިންމު ކުޅުންތެރިންތަކެއް ނެތެވެ. ސްޕޭނުން އިސްކަންދެނީ ޒުވާން ކުޅުންތެރިންތަކެއް ތައާރަފްކޮށް އައު ޓީމަށް ބިނާކުރުމަށެވެ. މިހެންވެ މި މެޗުގައި ވެސް ބާސެލޯނާގެ 17 އަހަރުގެ ޒުވާން ޑިފެންޑަރު ޕައު ސުބާސީ އަށް ދެތިން މިނެޓު ނަމަވެސް ކުޅެން ލިބުމުގެ ފުރުސަތު ބޮޑެވެ. އޭނާ ލައްވައި ކޯޗު ވަނީ ކޮލަމްބިއާ މެޗުގެ ފަހު 15 މިނެޓު ކުޅުވާފަ އެވެ.

ބްރެޒިލް ޓީމުން ވެސް ޒުވާން ކުޅުންތެރިން ފެނިގެންދާނެ އެވެ. އިނގިރޭސިން ކޮޅަށް ލަނޑު ޖެހި 17 އަހަރުގެ ފޯވަޑް އެންޑްރިކް ވަނީ މި މެޗުން ޖާގަ ކަށަވަރުކޮށްފަ އެވެ. ރިޗާލިސަން ވެސް ނެތުމާއެކު އޭނާ ލައްވައި ފުރަތަމަ 11ގައި ކުޅުވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ. އަނެއްކޮޅުން މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް އޭނާ ބަދަލުވާނެތީވެ އެ ޓީމުގެ ދަނޑުގައި އޭނާ ލައްވައި ގިނައިރު ކުޅުވައި އަނެއް ދެ ފޯވަޑުން ކަމަށްވާ ރޮޑްރީގޯ އާއި ވިނީޝިއަސް ޖޫނިއާ އެމީހުންގެ ކުލަބުގެ ދަނޑުގައި ފުރަތަމަ 11ގައި ކުޅުވާނެ ކަމަށްވަނީ ޔަގީންކުރެވިފަ އެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
09 އޯގަސްޓު 2017

ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

09 އޯގަސްޓު 2017
ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް
24 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި
27 ޖޫން 2017

ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!

27 ޖޫން 2017
ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!
20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
26 މާރިޗު 2017

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު