Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުސްމީހާއަށް ހަމަލާދިނުން

ފުލުސް މީހާއަށް ހަމަލާދިނީ ވައަތު ކޮނޑާ މެއާ ދޭތެރެއަށް : ފުލުހުން

ޒަޚަމްވި ފުލުސް މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އޯގަސްޓު 2017 | ހޮނިހިރު 06:30
މާފުށީ ޖަލު: ފުލުހަކަށް ހަމަލާ ދީފައިވަނީ ފަތާފައި ޖަލަށް ވަންނަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި

މާފުށީ ޖަލު: ފުލުހަކަށް ހަމަލާ ދީފައިވަނީ ފަތާފައި ޖަލަށް ވަންނަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި

ހޮނިހިރު ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ވައަތު ކޮނޑާ މެއާ ދޭތެރެއަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

ރައްޒާންއަށް މިހާރު އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިނީ މާފުއްޓަށް ދިޔަ ލޯންޗެއްގައި ހުރި މީހަކު މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން މަސައްކަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ހުއްޓުވަން، އެހެން ފުލުހުންނާއެކު ރައްޒާން މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާއާއި މާލެއިން މާފުއްޓަށް ދިޔަ ލޯންޗުގެ ކެޕްޓަނާއި އެ ލޯންޗުގައި އެވަގުތު ތިބި އިތުރު ދެ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މާފުއްޓަށް ދިޔަ ލޯންޗާއި މާފުށީ ޖަލަށް އެތެރެކުރުމަށްޓަކައި ގެނައި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނަކާއި އުމުރުން 32 އަހަރުގެ ދެ ފިރިހެނުންނާއި އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާފުށިން ވާހަކަދެއްކި އެރަށު ރައްޔިތަކު ބުނީ، މި ހާދިސާ އާއި ގުޅިގެން، މާފުށީ ޖަލުގެ އިތުރުން މުޅި މާފުށިގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

29 މާރިޗު 2017
އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
24 މާރިޗު 2017

ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

24 މާރިޗު 2017
ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު