Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ވިނީޝިއުސް ހުރީ ފަހަތަށް ޖެހި، ހިތްވަރު ދޫކުރާ ގޮތަކަށް ނޫން!

25 މާރިޗު 2024 | ހޯމަ 23:55

ވިނީޝިއުސް ބުނީ، ސްޕެއިން ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށާއި، އޭނާ ސްޕެއިން ދޫކޮށްލުމަކީ ނަސްލީ ގޮތުން ދިމާ ކުރާ މީހުން ބޭނުންވާނެ ގޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2024 | ހޯމަ 23:55
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ

ނަސްލީ ގޮތުން ދިމާ ކުރާ މައްސަލައިގައި ފަހަތަށް ޖެހި، ހިތްވަރު ދޫކުރަން ބޭނުންނުވާ ކަމަށް، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއުސް އަށް ނަސްލީ ގޮތުން ދިމާާ ކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލަ ބޮޑުވެ، އެންމެ ފަހުން ރެއާލުން ވަނީ އެ މައްސަލަ ކަމާ ގުޅުން ހުރި ފަރާތްތަކަށް ވެސް ހުށަހަޅަން ނިންމައިފަ އެވެ. އަދި ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކޮށް، ވިނީޝިއުސް އަށް ހިތްވަރު ވެސް ދެމުންނެވެ.

އެކަމާ ގުޅޭ ގޮތުން އަސަރާ އެކު ވާހަކަ ދައްކަމުން ވިނީޝިއުސް ބުނީ، ސްޕެއިން ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށާއި، އޭނާ ސްޕެއިން ދޫކޮށްލުމަކީ ނަސްލީ ގޮތުން ދިމާ ކުރާ މީހުން ބޭނުންވާނެ ގޮތް ކަމަށެވެ. ވިނީޝިއުސް ބުނީ އޭނާ ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ މޮޅު ކުލަބަށް ކަމަށާއި، އެ ކުލަބު ދޫކޮށް އޭނާ ނުދާނެ ކަމަށެވެ.

އިތުރަށް ވިނީޝިއުސް ބުނީ އެ މައްސަލައިގައި އޭނާ ފަހަތަށް ނުޖެހޭނެ ކަމަށާއި، ހިތްވަރާއި، ސާބިތު ކަމާއެކު ހުންނާނެ ކަމަށެވެ. ޚާއްސަކޮށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަދި ކުލަބުން އޭނާ އަށް ހިތްވަރުދީ، ސަޕޯޓު ދެމުން އަންނަ ކަމަށެވެ. މައާފަށް އެދެމުން ވިނީޝިއުސް ބުނީ، އޭނާާ ބޭނުން ވަނީ ފުޓުބޯޅަ ކުޅެން ކަމަށާއި، ހުރިހާ ކަމެއް ވެސް ކުރާނީ އޭނާގެ އާއިލާ އަދި ކުލަބަށްޓަކައި ކަމަށެވެ.

ވިނީޝިއުސް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 253 މެޗުގައި 77 ލަނޑު ޖަހައިފަ އެވެ. އެ ކުލަބުގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އެންމެ އިސްކަން ދޭ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. ވިނީޝިއުސް ވަނީ މިހާތަނަށް ރެއާލާއެކު 10 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް