Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރެޒިލް ޤައުމީ ޓީމު

އެންޓި ޑޯޕިން އަށް މަކަރު ހެދުމުން، ބްރެޒިލްގެ ގަބްރިއަލް ދެ އަހަރަށް ސަސްޕެންޑު ކޮށްފި

2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު، އެންޓި ޑޯޕިން ޓެސްޓު ހެދުން ލަސް ކުރި ހަމައެކަނި ކުޅުންތެރިޔާ އަކީ އޭނާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 23:57
ފްލެމެންގޯ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގަބްރިއަލް ބާބޮސާ

ފްލެމެންގޯ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގަބްރިއަލް ބާބޮސާ

ބްރެޒިލްގެ ފްލެމެންގޯ އަށް ކުޅެމުން އަންނަ އެ ޤައުމުގެ ފޯވާޑް، ގަބްރިއަލް ބާބޮސާ ފުޓުބޯޅަ އިން ސަސްޕެންޑު ކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ސަސްޕެންޑު ކުރުމަށް ނިންމީ، އެންޓި ޑޯޕިން އަށް މަކަރު ހެދުމުންނެވެ. އޭނާ ސަސްޕެންޑު ކުރުމަށް ކޯޓުން ޙުކުމް އިއްވާފައި ވަނީ ހޯމަ ދުވަހު އެވެ. ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ ގަބްރިއަލް އަކީ، ޑޯޕިންގެ ކޮންޓްރޯލް ޕްރޮސެސްގެ ކޮންމެ ވެސް ބަޔަކަށް މަކަރާއި ހީލަތް ހަދާާފައިވާ ނުވަތަ އޮޅުވާލަން އުޅެފައިވާ މީހެއް ކަމަށެވެ. ހަމަ އެއާއެކު އޭނާގެ އެންޓި ޑޯޕިން ޓެސްޓުތައް ނެގެޓިވްވި ކަމަށް ވީ ނަމަވެސް، އެ ޓެސްޓުތައް ހެދުމުގައި އުނދަގޫ ކަމެއް ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ފުޓުބޯޅައިގެ ޙަރަކާތްތަކުން ދެ އަހަރު ދުވަހަށް ގަބްރިއަލް ސަސްޕެންޑު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން އެ ޙުކުމުގަައި ބުނެފައި ވަނީ، އެންޓި ޑޯޕިންގެ ޓެސްޓުތަކުން "ވިސްނުންތެރި ކަމާއެކު ސަލާމަތްވުމަށް" ގަބްރިއަލް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު، އެންޓި ޑޯޕިން ޓެސްޓު ހެދުން ލަސް ކުރި ހަމައެކަނި ކުޅުންތެރިޔާ އަކީ އޭނާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، ގަބްރިއަލް ޓެސްޓުތައް ހެދިއިރު، އިޖުރާއަތްތަކާއި އިރުޝާދުތަކަށް އިހުމާލުވެ، އެކަމުގައި ޝާމިލުވާ ޓީމާ މެދު އިހާނެތިކޮށް ކަންތައް ކުރާކަން ފާހަގަކުރެވުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހުގެ ޝަރީއަތުގައި ހަތް ހެކިންގެ އިތުރުން ގަބްރިއަލް ވެސް ވަނީ ހެކި ބަސް ދީފަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލަ، ގަބްރިއަލްއާ ދެކޮޅަށް ސާބިތުވާ ކަމަށް ނިންމީ ހަތަރު ފަނޑިޔާރުންނެވެ. ރައުޔު ތަފާތުވީ އެންމެ ފަނޑިޔާރެއްގެ އެވެ.

ގަބްރިއަލް އަކީ ބްރެޒިލް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ބްރެޒިލްގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ބްރެޒިލް ޤައުމީ ޓީމަށް 18 މެޗު ކުޅެދީ، ފަސް ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

21 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

18 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި

ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު