Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާ ހަމައަށް

ރިވައިވަލް ސްޕޯޓްސް ކުލަބަށް އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ނުދިނުމަށް އެސޯސިއޭޝަނުން ވަނީ ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 00:27
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްސަލަ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާ ހަމައަށް ގެންގޮސްފި އެވެ.

މައްސަލަ ބޮޑުވެފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލް ބީޑަބްލިއުއެފް އަށް ހުށަހެޅީ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފަރާތުންނެވެ. އެއީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްގު އެ ކުލަބަށް ނުދޭން އެސޯސިއޭޝަނުން ނިންމި މައްސަލައިގަ އެވެ. އެ ކުލަބުން ދެކޭ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ އެ ނިންމުމަކީ ގޯސް އަދި ތާކުންތާކު ނުޖެހޭ ނިންމުމެކެވެ.

ރިވައިވަލް އަށް އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްގު ނުދޭން ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމީ، 2022 ވަނަ އަހަރާއި، 2023 ވަނަ އަހަރު އެ އެސޯސިއޭޝަނުން ކުލަބުތަކަށް އަމާޒުކޮށްގެން ބޭއްވި މުބާރާތްތަކުގެ ތެރެއިން 70 އިންސައްތަ މުބާރާތްތަކުގައި އެ ކުލަބުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަން އެ އެސޯސިއޭޝަނުން ނިންމީ މި މަހުގެ 22 ވަނަ ދުވަހު (މިދިޔަ ހުކުރު ދުވަހު) އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް އަންގައިފަ އެވެ. ނަމަވެސް، އެ އެސޯސިއޭޝަނުން އައީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

އެކަން އެހެން އޮއްވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަތަކެއް ބަލަން ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް އޭސީސީން ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީސް ވެސް ބަލައި ފާސްކޮށްފަ އެވެ. އެއަށްފަހު އޭސީސީން ވެސް އެންގީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށެވެ.

އިންތިޚާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ކުއްލި އަކަަށް އިންތިޚާބު ކެންސަލް ކޮށްފަ އެވެ. އެކަން އިއުލާާންކޮށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިޚާބު ފަސްކޮށްފައިވާ ކަަމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި އެންމެ ބޮޑު ތުހުމަތެއް ކުރަނީ އެ އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު އަށެވެ. އެ މައްސަލައިގައި މޫސައާ ގުޅުން ހުރި ތަންތަން ވެސް ވަނީ، އޭސީސީން ބަލައި ފާސްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު