Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

މުޅި ޝިޕްމަންޓްގެ އަގު 30 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 13:37
5100 ޓިބެޓް ސްޕްރިންގ ވޯޓަރ

5100 ޓިބެޓް ސްޕްރިންގ ވޯޓަރ

ރާއްޖޭގައި މިހާރު އެންމެ އާންމުކޮށް ބޭނުންކުރާނީ އިސްކުރުފެނެވެ. ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ވޯޓަރ ސަޕްލައި ފެނެވެ. އަގުބޮޑު ފެނުގެ ބާވަތްތައް ބޭނުން ނުކުރެވޭތީ ނިކަމެތި ރައްޔިތު މީހާ ދެން ގަންނާނީ ތާޒާ، ލައިފް ނުވަތަ އެހެން ބްރޭންޑެއްގެ ފެނެވެ. އެއީވެސް ފުޅިއެއް 6 ރުފިޔާ ނުވަތަ 12 ފުޅި 72 ރުފިޔާއަށެވެ. އެ ނޫން ގޮތެއް ނެތެވެ. ވާރޭ ފެން ނަގައިގެން ބުއި ޒަމާން މާޒީވެއްޖެއެވެ.

އެންމެ އާދައިގެ ރައްޔިތު މީހާގެ ގެއިން ފެށިގެން ގޮސް އެންމެ މުއްސަނދި މީހާ އަދި ކިއެއްތަ ގިނަ ރިސޯޓްތަކުގައި ހުންނަނީ ވޯޓަރ ސަޕްލައި ފެން ބޭނުންކުރެވޭ ގޮތަށެވެ. ނުވަތަ އެތަނެއްގައި ހުން ފެން ޕްލާންޓަކުން އުފައްދާ ފެން ބޭނުންކުރާ ގޮތަށެވެ. ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކާއި، ރައީސާއި ނައިބްރައީސްގެ ރަސްމީ ގެކޮޅާއި ދެންވެސް ހުރިތަނެއްގައި ފެން ބޭނުންކުރަމުން އައީ މި ބީދައިންނެވެ.

ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މަގާމާއި އިއްޒަތާއި ލައްޒަތު ލިބުމުން ކަންކަން ބަދަލުވެއެވެ. މީގެ ކުރިން ވެރިކަން ކުރި ރައީސުންގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގައި އެވެނި މިވެނި ކަމެއް ހިނގައިފިކަމަށް ނުވަތަ އަގުބޮޑު ކަރޯކޭ ސިސްޓަމާއި ޖަކޫޒީ ބެހެއްޓި ވާހަކައެއް އަޑެއް ނީވެއެވެ.

ނަމަވެސް ޒަމާނާ ބަދަލުވެ ކަންކަން ބަދަލުވާ އުސޫލުން މިހާރު މި ފެންނަނީ މުޅިން ތަފާތު ކަންކަމެވެ. އިވެނީ ތަފާތު އަޑުތަކެވެ. އިހައްދުވަހު ބައިލައްކަ ރުފިޔާގެ ކަރޯކޭ ސިސްޓަމެއް މުލީއާގެއަށް ވެއްދި ވާހަކަ އަޑު އިވުނުފަހުން ދެން މި އިވުނީ ކޮންޓެއިނަރ ކޮންޓެއިނަރުގައި އަގުބޮޑު ބޯފެން ގެނައި ވާހަކައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ފެނުގެ ތެރޭގައި ހިމެނޭ ޗައިނާގެ ފެނެއް ރިޔާސީ ގަނޑުވަރުގައި ބޭނުންކުރަން ގެނައި ވާހަކައެވެ.

ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން، ދައުލަތުން ވެރިން ހިއްޕަވަން ގެންނަ ފެންފޮދުވެސް މިއަދު މިވަނީ ތަކުލީފަކަށްވެފައެވެ. މިކަންކަން ހިނގާފައިވަނީ އަދި މި ފެން ގެނައުމުގެ އެއްބަސްވުމެއް ހަދާ އެކަމަށް މަޝްވަރާ ކުރެވުނީ ރައީސްގެ ދެކަނބަލުން ހަނީމޫން ދަތުފުޅުތަކެއް ކުރެއްވި އިރު ޗައިނާއަށް ވަޑައިގެންނެވެ.

ޗައިނާގެ ބައެއް ކަމަށްވާ ޓިބެޓުން އުފައްދާ އަގުބޮޑު ފެނުގެ ބްރޭންޑެއްކަމަށްވާ 'ޓިބެޓް 5100' ގެ ފެންތަކެއް މުލިއާގޭގެ ބޭނުމަށް އެތެރެކޮށްފިކަން މިވަނީ އިތުބާރުހުރި މަސްދަރަކުން ކަށަވަރުވެފައެވެ.

2005 ވަނަ އަހަރު އުފައްދަން ފެށި 'ޓިބެޓް 5100' އަކީ ޓިބެޓުގެ ފަރުބަދަ މަތިން ނަގާ ފެނުން އުފައްދާފައިވާ ފެނުގެ ބްރޭންޑެކެވެ. އަދި ދުނިޔޭގެ އެންމެ އަގުބޮޑު އަދި ލަގްޒަރީ ބްރޭންޑްތަކުގެ ތެރޭގައި މިހާރު ގުނަމުން އަންނަ ބްރޭންޑެކެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރު ގޮތަކަށް ކަސްޓަމްސްގެ ތެރެއިން މައުލޫމާތު ލިބިފައިވަނީ ޓިބެޓް ސްޕްރިންގ އަގުބޮޑު މިނަރަލް ވޯޓަރގެ ކޮންޓެއިނަރތަކެއް އެތެރެކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ލިބުނުގޮތުގައި 2 ޝިޕްމަންޓެއް ގެންނަން ވަނީ ނިންމާފައެވެ. 46 ކޮންޓެއިނަރ އަކީ 1 ޝިޕްމަންޓްކަމަށާއި، ޖުމްލަ ދެޝިޕްމަންޓްގަ 96 ކޮންޓެއިނަރ ހިމެނޭއިރު 189،000 ކޭސް ފެން ހިމެނޭކަމަށް ކަސްޓަމްސްގެ ތެރެއިން ވަނީ މައުލޫމާތު ލިބިފައެެވެ.

މިފެނުގެ ބްރޭންޑަކީ ޒިޔާންގް ސްޕްރިންގ5100 އެވެ. 24 ފުޅީގެ ކޭހެއްގެ އަގު މާލެއާ ހަމައަށް ގާތްގަނޑަކަށް 160 ޑޮލަރު ޖެހޭއިރު މުޅި ޝިޕްމަންޓްގެ އަގު 30 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. އަދި މި ޝިޕްމަންޓް ހުރީ ރައީސް އޮފީހުގެ ނަމުގައެވެ.

ރާއްޖެއެމްވީއަށް ލިބުނު މި މައުލޫމާތުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ރައީސް އޮފީސް މެދުވެރިކޮށް ހޯދަން އުޅުނު މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ. އަދި މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލަށް މެސެޖްކޮށް ޖަވާބު ނުދެއްވުމުން ފޯނަށް ގުޅައިގެންވެސް ޖަވާބެއް ލިބޭގޮތަށް ވަނީ ނުވެފައެވެ.

މި ސަރުކާރުގެ މަތިބަރު ވާހަކައާއި، ހަރަދު ބޮޑު ވާހަކައަކި ފުރަތަމަ ދުވަހުން ފެށިގެން ދައްކަމުން އައި ވާހަކަތަކެވެ. ދައުލަތުގައި ފައިސާ ނެތްކަމަށް ބުނެ ގައުމު ބަގުރޫޓްވަނީކަމަށް ބުނެ ވެރިކަމަށް އައި ވަޒީރުންނަށް ލަގްޒަރީ ކާރުކޮޅުތައް ގެނެސް، ރިޔާސީ ގަނޑުވަރަށް ބަދަލުވެވަޑައިގަންނަވަން މިލިއަނުން މިލިއަނުން ހަރަދުކޮށް، އޯލް ޕެއިޑް އެކްސްޕެންސިވް ޓްރިޕެއްގައި ދުނިޔޭގެ ކަންކޮޅުތަކަށް ފަސްޓްކްލާހުގައި ދަތުރުކުރައްވާ އެންމެ ފަހުން ކަރުހިއްކަން ފިލުވާލަންވެސް މި ގެނައީ މިލިއަން ޑޮލަރުގެ ފެނެވެ.

ވެރިންނަކީ ޚާދިމުންނޭ ވެރިންނަކީ ރައްޔިތުންނޭ ކިޔާފަ ދައްކަނީ ހަމަ ދަޅައެވެ. މާލޭގަ އުފައްދާ ފެން ރައްޔިތުންނަށް ކަމުދެއެވެ. ވެރިޔާއަށް ކަމުނުދެއެވެ. މިއީ ދެރަވަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު