Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ޔޫރޯ އަށް ދާނީ ވަރަށް ހަމަޖެހިގެން: އެމްބާޕޭ

ޕީއެސްޖީ އާއެކު އެމްބާޕޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2024 | ހޯމަ 00:41
ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ކެޕްޓަން އެމްބާޕޭ

ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ކެޕްޓަން އެމްބާޕޭ

މިއަހަރުގެ ޖޫން މަހުގެ ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް، ފްރާންސް ޤައުމީ ޓީމާއެކު ދާނީ ވަރަށް ހަމަޖެހިގެން ކަމަށް އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ މިހެން ބުނީ، ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ފްރާންސް އިން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ފްރާންސް ބަލިވި މެޗަށްފަހު އެމްބާޕޭ ވަނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތައް ރައްދު ދީފަ އެވެ.

އެމްބާޕޭ ބުނީ، އޭނާގެ މުސްތަޤުބަލާ މެދު ނިންމާ ގޮތެއް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އެހެން މީހުންނަށް ވެސް އިނގޭނެ ކަމަށެވެ. އަދި މުސްތަޤުބަލާމެދު އޭނާ ހުރީ ހަމަޖެހިގެން ކަމަށާއި، އެއްވެސް ހާސްވުމެއް ނެތް ކަމަށް ވެސް އެމްބާޕޭ ބުންޏެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ، އޭނާ ކުޅެމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ވެސް، އޭނާގެ މުސްތަޤުބަލުގެ ވާހަކަ އަކީ މިހާރު މާބޮޑު ވާހަކައެއް ނޫން ކަމަށެވެ. އަދި ކުލަބުގެ އެއްވެސް މީހަކު، މިހާރު އޭނާއާ އެ ވާހަކަ ނުދައްކާ ކަމަށް ވެސް އެމްބާޕޭ ބުންޏެވެ.

އިތުރަށް އެމްބާޕޭ ބުނީ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ފްރާންސް އާއެކު އޭނާ ދާނީ ވަރަށް ހަމަޖެހިގެން ކަމަށާއި، ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި މަސައްކަތް ކުރާނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރަނގަޅު މަސައްކަތެއްކޮށް، ފްރާންސް އަށް ކާމިޔާބު ހޯދުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުން އިތުރަށް އައު ނުކުރާނެކަން އެމްބާޕޭ އޮތީ ޕީއެސްޖީ އަށް އަންގައިފަ އެވެ. ޕީއެސްޖީން ވަނީ އެމްބާޕޭގެ ނިންމުމަށް އިޙުރތިރާމް ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އެއަށްފަހު އެމްބާޕޭ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ފްރާންސް ފުޓުބޯޅަ ޓީމުކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
17 ސެޕްޓެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ
25 ޑިސެމްބަރު 2024

އެމްބާޕޭ ބުނީ އޭނާގެ ފުރިހަމަ ކުޅުން ފެންނާނެ ކަމަށް

25 ޑިސެމްބަރު 2024
އެމްބާޕޭ ބުނީ އޭނާގެ ފުރިހަމަ ކުޅުން ފެންނާނެ ކަމަށް
14 ޑިސެމްބަރު 2024

ވަޔެކާނޯއާ ދެކޮޅަށް އެމްބާޕޭ ނުކުޅޭނެ

14 ޑިސެމްބަރު 2024
ވަޔެކާނޯއާ ދެކޮޅަށް އެމްބާޕޭ ނުކުޅޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު