Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް ޞާލިހުގެ ފާޑުކިޔުން ސަރުކާރަށް

ރާއްޖެ އަށް އަވަށްޓެރިން އެހީވާނެ، އެކަން ކުރެވޭނީ ބޯހަރުކަން ދޫކޮށް މަޝްވަރާކޮށްގެން - ރައީސް ޞާލިހު

މިދިޔަ 5 އަހަރުން ޗައިނާ އިން ދަރަންޏެއް ނަގާފައި ނުވާ ކަމަށައި އިންޑިއާ އިން ނެގީ 8 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 މާރިޗު 2024 | އާދީއްތަ 00:20
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރާއްޖެ އަށް އަވަށްޓެރިން އެހީވާނެކަން ޔަޤީންކަމަށާއި އެކަން ކުރެވޭނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބޯހަރުކަން ދޫކޮށް އަވަށްޓެރިންނާއި އެކު މަޝްވަރާކޮށްގެން ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަ ތަރާވީހުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ބަސްތީގަތުމެއްގައި އެމަނިކުފާނުގެ އެންމެ ގާތް، އެންމެ އެހީތެރި ޤައުމަކީ އިންޑިއާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ އިންޑިއާ އާއި އެކު ވާހަކަދައްކައިގެން ލޯނުތައް ރީސްޓްރަކްޗަރ ކުރަން ބޭނުންފުޅުވާކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ކުރީގެ ރައީސް ޞާލިހު ވަނީ ރައްދު ދެއްވާފައެވެ.

Advertisement - newsAdvertisement

ޗައިނާ އިން ނަގާފައިވާ ދަރަނީގެ އަގަކީ 18 ބިލިއަން ރުފިޔާ ކަމަށާއި މިއަދު ކުރިމަތިވާ ދައްޗަކީ އިންޑިއާ އިން ނަގާފައިވާ ލޯނުގެ މައްސަލަ އެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިދިޔަ 5 އަހަރުން ޗައިނާ އިން ދަރަންޏެއް ނަގާފައި ނުވާ ކަމަށައި އިންޑިއާ އިން ނެގީ 8 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވިއެވެ. އެ ލޯނުތައް ދައްކަން ފަށަން ޖެހޭނީ 25 އަހަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ފެންނަނީ ޕީޕީއެމްގެ ވެރިކަމުގައި ނަގާފައި ހުރި ލޯނުތަކުން ސަލާމަތް ނުވެގެން އުޅޭ މަންޒަރުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިހު ވަނީ އަދި މި ސަރުކާރު ދަތުރުކުރަމުން ދަނީ ހަމަ މަގަށް ނޫން ކަމަށް ސިފަކުރައްވާފައެވެ. އަދި ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ މިސްރާބު ހަމަ މަގަށް އަަޅުވަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް

09 އޮކްޓޯބަރު 2025
ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
04 އޮކްޓޯބަރު 2025

އަނިޔާވެރި ވުމަކީ ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ހެއްކެއް: ރައީސް ޞާލިޙު

04 އޮކްޓޯބަރު 2025
އަނިޔާވެރި ވުމަކީ ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ހެއްކެއް: ރައީސް ޞާލިޙު
02 އޮކްޓޯބަރު 2025

އެންމެން ނިކުމެ މިކަން ހަމަ މަގަށް އަޅުވަން ވެއްޖެ، އަޅުގަނޑު ވެސް ނިކުންނާނަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންމެން ނިކުމެ މިކަން ހަމަ މަގަށް އަޅުވަން ވެއްޖެ، އަޅުގަނޑު ވެސް ނިކުންނާނަން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

ކަންކަން އިސްލާޙު ކުރަން ފެނަކަ އަށް އެންގިން، އެކަން ރަނގަޅު ވެސް ކުރި: ރައީސް ޞާލިޙު

02 އޮކްޓޯބަރު 2025
ކަންކަން އިސްލާޙު ކުރަން ފެނަކަ އަށް އެންގިން، އެކަން ރަނގަޅު ވެސް ކުރި: ރައީސް ޞާލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު