Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސަރަހައްދު ތަރައްޤީކުރުން

ހުޅުމާލެ ފޭސް 3 ހިއްކަން ފަށަން ނިމިދިޔަ ސަރުކާރުން މަސައްކަތް ކުރުމުން އެކަން ނުކުރަން ރައީސް މުއިއްޒު އެންގެވި - ރައީސް ޞާލިހު

އެމަނިކުފާނު ވަނީ ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ޖެހޭ ކަމަށާއި އެކަން ކުރާނީ އެމްޑީޕީން ކަމަށް ވެސް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 12:56
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

ހުޅުމާލެ ފޭސް 3 ހިއްކަން ފަށަން ނިމިދިޔަ ސަރުކާރުން މަސައްކަތް ކުރުމުން އެކަން ނުކުރަން އޭރުގެ މޭޔަރ އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އެންގެވި ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ގުޅީފަޅު ހިއްކީ މިހާރުގެ ރައީސްގެ ވިއްސްނުމާއި ދެކޮޅަށް ކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ ކުރިން ގުޅީފަޅުގައި ހިއްކާފައި އޮތް ބިމުގައި ތިބި މީހުން، މުއްދަތެއް ނުދީ އެތަނުން ފޭބުމަށް މުއިއްޒުގެ ވަޒީރުކަމުގައި އަންގާފައިވުމެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ގުޅީފަޅު އަދި ގިރާވަރުފަޅާއި ހުޅުމާލޭ ފޭސް 3ގައި ހިއްކަން ފެށީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދާދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ރައީސް ޞާލިހު ވަނީ އެކަމަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ނިމިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ހިފަހައްޓާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް ޞާލިހު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭކަން ޔަޤީންކުރުމަށް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުންމުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށާއި ފްލެޓް ލިބުނު މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ބުނެ މި ސަރުކާރުގެ އިސް ވެރިން ދޮގު ހަދާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ޖެހޭ ކަމަށާއި އެކަން ކުރާނީ އެމްޑީޕީން ކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރާއެކު ކުރިއަށް އޮތީ ބިރުވެރި ދުވަސްތަކެއް، މިކަމާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ: ރައީސް ސާލިހު

މިސަރުކާރާއެކު ކުރިއަށް އޮތީ ބިރުވެރި ދުވަސްތަކެއް، މިކަމާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ: ރައީސް ސާލިހު

10 ޑިސެމްބަރު 2024
މި ވެރިކަން މިހާރު ދަނީ ޚުދުމުޙުތާރު ވެރިކަމަކާއި ދިމާލަށް - ރައީސް ޞާލިހު

މި ވެރިކަން މިހާރު ދަނީ ޚުދުމުޙުތާރު ވެރިކަމަކާއި ދިމާލަށް - ރައީސް ޞާލިހު

13 އޮކްޓޯބަރު 2024
"ވެެރިކަމަށް އަންނަން ސަރުކާރުން ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖެ އަށް ލިބެން އޮތް 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ"

"ވެެރިކަމަށް އަންނަން ސަރުކާރުން ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖެ އަށް ލިބެން އޮތް 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ"

12 އޮކްޓޯބަރު 2024
މި ސަރުކާރު ވެރިކަމަށް އައީ މަކަރުވެރިކަމާއި ދޮގުވެރި ހީލަތްތެރި ރޭވުންތަކުގެ ތެރެއިންކަން މިއަދު އެ ދަނީ ސާފުވަމުން - ރައީސް ޞާލިހު

މި ސަރުކާރު ވެރިކަމަށް އައީ މަކަރުވެރިކަމާއި ދޮގުވެރި ހީލަތްތެރި ރޭވުންތަކުގެ ތެރެއިންކަން މިއަދު އެ ދަނީ ސާފުވަމުން - ރައީސް ޞާލިހު

12 އޮކްޓޯބަރު 2024
މި ސަރުކާރުން ވަނީ ފުރަތަމަ ދުވަހުން ފެށިގެން ލާމަރުކަޒީ ނިޒާމް ފުނޑާލުމުގެ މަސައްކަތް ފަށާފައި - ރައީސް ޞާލިހު

މި ސަރުކާރުން ވަނީ ފުރަތަމަ ދުވަހުން ފެށިގެން ލާމަރުކަޒީ ނިޒާމް ފުނޑާލުމުގެ މަސައްކަތް ފަށާފައި - ރައީސް ޞާލިހު

12 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު