Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ގުޅުން ކޮންފަރެންސް

މި ސަރުކާރު ވެރިކަމަށް އައީ މަކަރުވެރިކަމާއި ދޮގުވެރި ހީލަތްތެރި ރޭވުންތަކުގެ ތެރެއިންކަން މިއަދު އެ ދަނީ ސާފުވަމުން - ރައީސް ޞާލިހު

ރައްޔިތުންނާ ކައިރިން ޚިދުމަތް ދިނުމަކީ ވެސް ޑިމޮކްރަސީއެއްގައި މުހިންމުކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2024 | ހޮނިހިރު 12:26
 އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން

މި ސަރުކާރު ވެރިކަމަށް އައީ މަކަރުވެރިކަމާއި ދޮގުވެރި ހީލަތްތެރި ރޭވުންތަކުގެ ތެރެއިންކަން މިއަދު އެ ދަނީ ސާފުވަމުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ރައީސް ސާލިހު ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންނާ ހިސާބަށް ގޮސް ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރުން ނޫންކަމަށެވެ. އަދި ޑިމޮކްރަސީ އެއް ހިންގުމަކީ ފަސޭހަކަމެއް ނޫންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޑިމޮކްރަސީ އެއްގައި ކަންކަން ނިންމާއިރު ރައްޔިތުންނާއި މަޝްވަރާކޮށް އަޑު އަހަން ޖެހޭ ކަމަށެވެ. ހަމައެހެންމެ ރައްޔިތުންނާއި ކައިރިން ޚިދުމަތް ދިނުމަކީ ވެސް ޑިމޮކްރަސީއެއްގައި މުހިންމުކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާކޮށްފި ނަމަ ވަރަށް ފަސޭހަ ވާނެ ކަމަށާއި އެ ހިސާބުން ބޭނުންކަމެއް ވެރިކަމުގައި ހުންނަ މީހަކަށް ކުރެވިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެއީ ރައްޔިތުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފަ އޮތީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައްޔިތުން މިއަދު ޚުދުމުހުތާރު ވެރިކަމަކާއި ދެކޮޅަށް ތެދުވާނެ ކަމަށާއި އެއާ އިދިކޮޅަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. މިއަދު ވެރިކަމުގައި ތިބި ބޭފުޅުން ސަރުކާރާއިގެން ކުރިއަށް ދަނީ ކިހިނެއްތޯ ބަލާލަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރު ވެރިކަމަށް އައީ ދޮގާއި އޮޅުވާލުމާއި، ފިތުނަ އާއި ފަސާދައިގެ ތެރެއިން ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވީ ވައުދުތަކަކީ ހަގީގަތެއް ނެތް އެއްވެސް ދިރާސާ އެއްގެ މައްޗަށް ބިނާކޮށްފައިވާ ވައުދުތަކެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ގުޅުން ކޮންފަރެންސްކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރާއެކު ކުރިއަށް އޮތީ ބިރުވެރި ދުވަސްތަކެއް، މިކަމާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ: ރައީސް ސާލިހު

މިސަރުކާރާއެކު ކުރިއަށް އޮތީ ބިރުވެރި ދުވަސްތަކެއް، މިކަމާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ކައުންސިލްތަކާއި މެދު މި ސަރުކާރުން އަމަލުކުރަނީ ކުރީ ސަރުކާރާއި މެދު އަމަލު ކުރި ފޮތުން، އުޅެނީ އިތުބާރު ގެއްލުވާލަން

ކައުންސިލްތަކާއި މެދު މި ސަރުކާރުން އަމަލުކުރަނީ ކުރީ ސަރުކާރާއި މެދު އަމަލު ކުރި ފޮތުން، އުޅެނީ އިތުބާރު ގެއްލުވާލަން

13 އޮކްޓޯބަރު 2024
މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކަކީ ވާކޮށްލާފައި އޮންނަ ތަނަކަށް ހެދުން - އަލީ ނިޔާޒް

މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކަކީ ވާކޮށްލާފައި އޮންނަ ތަނަކަށް ހެދުން - އަލީ ނިޔާޒް

13 އޮކްޓޯބަރު 2024
މި ވެރިކަން މިހާރު ދަނީ ޚުދުމުޙުތާރު ވެރިކަމަކާއި ދިމާލަށް - ރައީސް ޞާލިހު

މި ވެރިކަން މިހާރު ދަނީ ޚުދުމުޙުތާރު ވެރިކަމަކާއި ދިމާލަށް - ރައީސް ޞާލިހު

13 އޮކްޓޯބަރު 2024
"ވެެރިކަމަށް އަންނަން ސަރުކާރުން ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖެ އަށް ލިބެން އޮތް 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ"

"ވެެރިކަމަށް އަންނަން ސަރުކާރުން ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖެ އަށް ލިބެން އޮތް 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ"

12 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު