Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމި ސަރުކާރުގެ ވެރިކަން

"ވެެރިކަމަށް އަންނަން ސަރުކާރުން ދެއްކި ވާހަކަތަކުގެ ސަބަބުން ރާއްޖެ އަށް ލިބެން އޮތް 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ"

އޭރު ސަރުކާރުން ދެއްކީ ވެރިކަމަށް އަންނަން ދެއްކި ދޮގުވާހަކަތައްކަން ހާމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އޮކްޓޯބަރު 2024 | ހޮނިހިރު 12:29
 އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން

ވެރިކަމަށް އަންނަން ސަރުކާރުން ދެއްކި ދޮގު ވާހަކަތަކުގެ ސަބަބުން ރާއްޖެ އަށް ލިބެން އޮތް އާމްދަނީން 3.2 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ރައީސް ސާލިހު ވިދާޅުވީ މިއަދު ރާއްޖެދާ މިސްރާބާއި މެދު ސަރުކާރުން ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރާ ގޮތާއި މެދު ދިވެހިން ވެސް ވިސްނާލުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ހަގީގަތެއް ނެތް ދޮގު ވާހަކަތަކުގެ ނަތީޖާއަކީ ރައްޔިތުންނަށް ގެއްލުން ލިބޭ އެތައް ކަމެއް ދިމާވުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސްވެރިން އޭރު މަސައްކަތްކުރީ ދޮގު ދޮލަނގެއް ބޮލަށް ލައިގެން ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. ރައީސް ޞާލިހު ވަނީ މި ސަރުކާރުން ދައްކާފައިވާ ދޮގު ވާހަކަތަކަށް ޒިންމާކުރުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގައި ފައިސާ ނެތް ވާހަކަ ސަރުކާރުން މިއަދު ދައްކާ އިރު މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން މި 8 މަސް ދުވަހުގެ ތެރޭގައި ވީ ގެއްލުންތައް ބަލަން ޖެހޭ ކަމަށެވެ. އަދި މިނިވަންކަމާއި ދީން ނެތިގެން ދާ ކަމަށް ބުނެ ދެއްކި ވާހަކަތައް މިއަދު ކޮބާތޯ ރައީސް ޞާލިހު ސުވާލު އުފެއްދެވިއެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމަކީ ބިރެއްކަމަށް ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވެރިން ވިދާޅުވި ނަމަވެސް އިހަށް ދުވަހު އެ އެއާޕޯޓާއި ސަރުކާރުން ހަވާލުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އޭރު ސަރުކާރުން ދެއްކީ ވެރިކަމަށް އަންނަން ދެއްކި ދޮގުވާހަކަތައްކަން ހާމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު