Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މުހިންްމު ކުޅުންތެރިން ދޫކޮށްލަން ބޭނުމެއް ނޫން: ލަޕޯޓާ

ނަމަވެސް، އެއްވެސް ކުޅުންތެރިޔަކު ބާސެލޯނާ ދޫކޮށްލަން ބޭނުންވެއްޖެ ނަމަ، ބާސެލޯނާާ އިން އެ ކުޅުންތެރިޔަކަށް ހުރަސް ނާޅާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2024 | އާދީއްތަ 00:30
ބާސެލޯނާގެ ރައީސް ލަޕޯޓާ

ބާސެލޯނާގެ ރައީސް ލަޕޯޓާ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ މުހިންމު ކުޅުންތެރިން ދޫކޮށްލަން ބޭނުންނުވާ ކަމަށް، އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބާސެލޯނާގެ މުހިންމު ބައެއް ކުޅުންތެރިންނަށް، އެހެން ކުލަބުތަކުގެ ފަރާތުން ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށް ބުނެ މީޑިއާ ތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ލަޕޯޓާ ވިދާޅުވީ، މުހިންމު އެއްވެސް ކުޅުންތެރިޔަކު ވިއްކާލަން ބާސެލޯނާ އިން ބޭނުންނުވާ ކަމަށާއި، އެފަދަ ކުޅުންތެރިޔަކު ނުވެސް ވިއްކާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ކުޅުންތެރިޔަކު ބާސެލޯނާ ދޫކޮށްލަން ބޭނުންވެއްޖެ ނަމަ، ބާސެލޯނާާ އިން އެ ކުޅުންތެރިޔަކަށް ހުރަސް ނާޅާނެ ކަމަށް ވެސް ލަޕޯޓާ ވިދާޅުވި އެވެ. އެކަމާ އެއްވެސް ވަރަކަަށް ހާސްވުމެއް ނެތް ކަމަށާއި، ބޭނުންވަނީ ރަނގަޅު ސްކޮޑެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާާލް އަށް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން 200 މިލިއަން ޔޫރޯއާ ގާތް ކުރާ އަދަދެއްގެ ހުށަހެޅުމެއް ވެސް ލިބިފައިވާ ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ބާސެލޯނާ އިން ޤަބޫލު ނުކުރާ ކަމުގައި އޭނާ ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވައި ލަޕޯޓާ ވިދާޅުވީ، ޔަމާލް އަށް ފުރިހަމަ އަށް އިތުބާރު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ބާސެލޯނާގެ ބައެއް އެހެން ކުޅުންތެރިންނަށް ވެސް ހުށަހެޅުންތައް ލިބެމުން އަންނަ ކަމުގައި އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި، ބާލްޑޭ، ފާމިން ލޮޕޭޒް، ޕެޑްރީ، ފްރެންކީ ޑި ޔޯން، ރޮނާލްޑް އަރައުހޯ އަދި ގަވީ ފަދަ ކުޅުންތެރިން ހިމެނޭ ކަމަށް ވެސް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ބާސެލޯނާޖޮއާން ލަޕޯޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު