Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ކްރޫސް އެނބުރި އައި މެޗުން ޖަރުމަނަށް މޮޅެއް!

މިއީރިޓަޔާ ކުރަން ނިންމުމަށްފަހު، އެނބުރި އައިސް ކްރޫސް ޖަރުމަނަށް ކުޅުނު ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2024 | ހޮނިހިރު 22:12
މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.

މިއީ މިއަހަރުގެ ޖޫން މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުން ވެސް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. ހޮނިހިރު ދުވަހުގެ ރޭ ގްރޫޕަމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަރުމަނަށް ލީޑު ނަގައިދިނީ ފްލޯރިއަން ވާޓްޒް އެވެ. ޖަރުމަނުގެ ދެ ވަނަ ލަނޑު، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖެހީ ކައި ހަވާޓްޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖަމާލް މުސިއާލާ އެވެ.

ފްރާންސް އަތުން ޖަރުމަނު މޮޅުވި މެޗު ޚާއްސަވީ ކްރޫސް އަށެވެ. އެއީ ޤައުމީ ޓީމުން ރިޓަޔާ ކުރަން ނިންމުމަށްފަހު، އަލުން ޤައުމީ ޓީމަށް ކްރޫސް އެނބުރި އައި ފަހުން ޖަރުމަނުން ކުޅުނު ފުރަތަމަ މެޗެވެ. 2021 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު ކްރޫސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފަ އެވެ. ނަމަވެސް، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަނާއެކު މަޝަވަރާ ކުރުމަށްފަހު، މިދިޔަ ފެބްރުވަރީ މަހު އޭނާ ވަނީ އަލުން ޤައުމީ ޓީމަށް ކުޅެން ފަށާކަން ހާމަކޮށްފަ އެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި މި މަހުގެ 27 ވަނަ ދުވަހު ދެން ޖަރުމަނު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ، ފްރާންސް ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ.

ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުޓޯނީ ކްރޫސް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
11 ސެޕްޓެމްބަރު 2025

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ
10 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު