Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ރަފަޙްއަށް އަރައިނުގަތުމަށް ވޮޝިންޓަނުން އިސްރާއީލަށް ގޮވާލައިފި

23 މާރިޗު 2024 | ހޮނިހިރު 12:17

އެމެރިކާއިން ބުނަނީ ފަލަސްތީނުގެ މިލިޔަނަކަށްވުރެ ގިނަ އާއްމުން ހިޔާވަހިކަން ހޯދަމުންދާ ރަފަޙްއަށް އަރައިގަތުމަށް ރުހެވޭނެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތްކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 23 މާރިޗު 2024 | ހޮނިހިރު 12:17
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން

ރަފަޙްއަށް އަރައިނުގަތުމަށް ވޮޝިންޓަނުން އިސްރާއީލަށް ގޮވާލައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވަނީ ޣައްޒާގެ ދެކުނުގެ ބޯޑަރު ސިޓީއަށް އެއްގަމު މަގުން އަރައިގަތުމުން އިސްރާއީލު އެކަހެރިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ރަފަހްއަށް އިސްރާއީލުން ދިން ބޮޑު ހަމަލާއަކީ ހަމާސް ބަލިކުރުމަށް ހެދުނު ގޯހެއް ކަމަށާއި ބޭކާރު ކަމެއް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުން އިސްރާއީލާއި އެ ޤައުމުގެ އެންމެ ބޮޑު ބައިވެރިޔާ، އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެފައިވާކަން ހާމަވެގެންދެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން، މިދިޔަ އޮކްޓޫބަރު މަހު އިސްރާއީލުގެ ހަމާސް ހަނގުރާމަ ފެށުނު ފަހުން މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ހަވަނަ ކުއްލި މިޝަންގައި ވާހަކަފުޅު ދެއްކެވީ، ހަނގުރާމަ ހުއްޓާލުމާއި ޣައްޒާގެ ހަނގުރާމައަށްފަހުގެ މުސްތަގުބަލާ ބެހޭގޮތުން އަރަބި ޑިޕްލޮމެޓުންނާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އޭނާ ވިދާޅުވީ ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުން ދޫކޮށްލުމާއެކު "ވަގުތުން، ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލަން" ޖެހޭ ކަމަށާއި، ނުސީދާ މަޝްވަރާތަކުގައި ހުރި ފަރަގުތައް ކުޑަވަމުން އަންނަ ކަމަށާއި އެމެރިކާ، މިސްރު އަދި ޤަތަރުން އެތައް ހަފުތާއެއް ވަންދެން މެދުވެރިއެއްގެ ރޯލް އަދާކުރުމުގައި ހޭދަކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތައް ހުކުރު ދުވަހު ވެސް ޤަތަރުގެ ސީނިއާ ލެވެލްގައި ކުރިއަށް ދިޔައެވެ.

ބްލިންކެން އިތުރަށް ވިދާޅުވީ އިޒްރޭލުގެ އޮފިޝަލުން ވޮޝިންޓަންގައި ބައްދަލުކޮށް ރަފަޙްއަށް އެއްގަމު މަގުން އަރައިގަތުމުގެ އެހެން ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވެފައިވަނީ ރަފަޙްއަށް އަރައިނުގަނެ، ހަމާސް ހަލާކުކޮށްލުމުގެ އަމާޒަށް އިޒްރޭލުން ވާސިލް ނުވެވޭނެ ކަމަށެވެ.

ރަފަޙްގެ އޮޕަރޭޝަނަކާ މެދު އެމެރިކާގެ ސްޓޭންޑް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެންމެ ފުރަތަމަ ވޮޝިންޓަނުން ބުނެފައި ވަނީ އެ ސިޓީއަށް ބޮޑު ހަމަލާއެއް ދިނުމަށް ތާއީދު ކުރެވޭނީ އާންމުން އެފަދަ ހަމަލާއަކުން ސަލާމަތްކުރެވޭނެ ސާފު އަދި އިތުބާރު ހިފޭ ޕްލޭނެއް އޮވެގެން ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން މިހާރު ބުނަނީ އެތަނުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުންދާތީ އެކަން ކުރެވޭނެ އިތުބާރު ހިފޭ ގޮތެއް ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.

ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހާއްސަކޮށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތައް ހިމެނޭ އެހެން ގޮތްތަކަކީ މަދަނީ ކާރިސާއަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތް ކަމަށް އެ މީހުން ބުނެއެވެ.

ނަމަވެސް ނަތަންޔާހޫ ވަނީ ބުދަ ދުވަހު އެމެރިކާގެ ސެނެޓަރުންނާ ގާތްގަނޑަކަށް 45 މިނެޓުގެ ކޯލެއްގައި ރަފަޙްގެ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންފަލަސްތީނުޣައްޒާއިޒްރޭލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް