Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެންޓަނީ ބްލިންކެން

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ހުރި ހުރަސްތައް އަންނަނީ ކުޑަވަމުން: ބްލިންކަން

21 މާރިޗު 2024 | ބުރާސްފަތި 12:39

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 32،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 މާރިޗު 2024 | ބުރާސްފަތި 12:39
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ހުރި ހުރަސްތައް ކުޑަވަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

ބްލިންކަން ބުރާސްފަތި ދުވަހު ވިދާޅުވީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި ޤަތަރުގައި މަޝްވަރާތައް ކުރިއަށް ދާއިރު ، އެކަމަށް ހުރި ތަފާތު ހުރަސްތައް ކުޑަވަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ފަރަގުތައް ކުޑަވަމުން އަންނަ ހެން، އަޅުގަނޑަށް ހީވަނީ އެއްބަސްވުމެއް ހެދޭނެ ކަމަށް،" ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ އަލް ހަދަތު ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކަން ވިދާޅުވި އެވެ.

ބްލިންކަން ވިދާޅުވި ގޮތުގައި މިފަދަ އެއްބަސްވުމެއްގެ ސަބަބުން ވަގުތުން ހަނގުރާމަ ހުއްޓާލެވި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ހިތާމަތަކަށް ލުޔެއް ލިބި، އިންސާނީ އެހީތެރިކަން އިތުރުވެ، އެއަށް ވުރެ ދެމެހެއްޓެނިވި ކަމެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަވަނަ ފަހަރަށް ބްލިންކަން މެދުއިރުމައްޗަށް ޒިޔާރަތް ކުރައްވާއިރު، އޭނާގެ ހުށަހެޅުއްވުމަކީ ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމާއި، އަދި އޭގެ ބަދަލުގައި ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލުގެ މީހުން މިނިވަންކުރުން ހިމެނޭ ގޮތަށް ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

ބްލިންކަން ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދާ ބައްދަލުކުރައްވައި، ޣައްޒާގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމާއި، ބައިނަލްއަގްވާމީ އިންޒާރުތަކާއެކުވެސް އިސްރާއީލުން ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން އަންނަ ރަފާ ސިޓީގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މިސްރުގެ ލީޑަޝިޕާ އެކު މަޝްވަރާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ފަހު ބްލިންކަން މިސްރަށް ވަޑައިގަންނަވާނެ ކަމަށާއި ހުކުރު ދުވަހު އިޒްރޭލަށްވެސް ވަޑައިގަންނަވާނެ ކަމަށެވެ.

މި ސަރަޙައްދަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ފަލަސްޠީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ގައިދީން ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށް އެހީތެރިވުމަށް މިސްރާއި ޤަތަރު އަދި އެމެރިކާއިން ރާވާފައިވާ އާ މަޝްވަރާތައް ފެށުމާ ގުޅިގެންނެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި އިސްރާއީލުގެ 1200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 32،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ގެއްލި، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްފަރުވާއަށް ޖެހިފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ތެލްއަވީވްގެ އަސްކަރިއްޔާއިން ގަތުލުއާންމުގެ އަމަލުތައް ނުކުރުމަށާއި ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް