Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިސްރާއީލް ހަނގުރާމަ

އިސްރާއީލުން ކުރާ ހަނގުރާމާގައި ލުބްނާނުން ގެދޮރު ގެއްލުނު މީހުންނަށްވެސް އިންތިހާއަށް ދަތި ދުވަސްތަކެއް!

ކަމާ ބެހޭ ޚާރިޖީ އިޒްރާތަކުން ދަނީ، ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ރޯދަ ވީއްލޭނެ ގޮތް ހަމަޖައްސައިދެމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 މާރިޗު 2024 | ބުރާސްފަތި 06:42
ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް

ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް

ރަމަޟާން މަހުން ޢާންމު ދުވަހެއްގައި އިރު އޮއްސުމާއެކު މުސްލިމު އެތައް ޢާއިލާތަކެއް ސުފުރާތައް މައްޗަށް އަރާ، ރޯދަ ވީއްލާ، ދުޢާކޮށް، އެންމެން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަ ކުރެއެވެ. ނަމަވެސް، އެ ނަސީބަކީ އެންމެންނަށް ލިބިފައި އޮތް ނަސީބެއް ނޫނެވެ.

ލުބްނާންގެ ދެކުނަށް ޢަމާޒުކޮށް، ޔަހޫދީ އިޒްރޭލުން ދެމުންދާ ސިލްސިލާ ޙަމަލާތަކުން ދިފާޢުވުމަށް އަމިއްލަ ގެދޮރު ދޫކޮށް ދިޔަ މީހުންނަށް، މި ރަމަޟާން މަހަކީ ހިތްދަތި ދުވަސްތަކެކެވެ. ޢާއިލީ އިފްތާރުތަކަށް ލޯބިކުރާ އެތައް ބަޔަކަށް މި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރަން މަޖުބޫރުވެފައި ވަނީ އެކި ހިސާބުތަކުގައެވެ. ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުން ސަލާމަތްވުމަށް، އެތައް ޢާއިލާއެއް ވަނީ އެކި ހިސާބުތަކަށް ވިއްސިވިހާލި ވެފައެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުއްލާ ޖަމާޢަތާއި ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއާ ދެމެދު މިދިޔަ އޮކްޓޯބަރ މަހު ކުރިމަތިލުންތައް ހިންގަން ފެށިފަހުން މިހާނަށް، 90000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ (ދެކުނުން) ގެއްލިފައެވެ. މި ކުރިމަތިލުންތަކަކީ ލުބްނާންގެ އަވަށްޓެރި ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުން ލުބްނާނަށް 'ބަންޑުންވި' ބައެއްގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ.

ޢުމުރުން 64 އަހަރުގެ ޢިމާދު ޢަބްދުﷲ ކިޔައިދިން ގޮތުގައި، މި ފަހުރު އޭނާއަށް ރޯދަވީއްލަން ޖެހިފައިވަނީ އެކަނިމައިއެކަނި އިނދެގެންނެވެ.

އިޒްރޭލުގެ އުތުރު ބޯޑާރާ ވީ ސަރަޙައްދުގައިވެސް، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެއެވެ. ބޯޑަރު ސަރަޙައްދުގެ އަވަށެއް ކަމަށްވާ ބިންތި ޖަބޭއިލްގައި ދިރިއުޅެމުން ދިޔަ ޢަބްދުﷲގެ ޢާއިލާއިން އެ ތަން ދޫކޮށް މައި ޣައްޒާއަށް ބަދަލުވާން ފެށީ، ޤަތުލުޢާންމުގެ ކުރީކޮޅުގަވައެވެ. އެންމެ ފުރަތަމަ ނުކުތީ ޢަބްދުﷲގެ އަނބިމީހާއާއި 3 އަންހެން ދަރިންނެވެ. އޭގެ ފަހުން 2 މަހާއި ބައިގެ މުއްދަތެއް ހޭދަކުރުމަށްފަހު ޢަބްދުﷲވެސް އެ އަވަށުން ނުކުތީއެވެ. މުޅި އަވަށް ހުސްވެ، ދިރިއުޅުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުނު ހިސާބުންނެވެ.  

ވެރިކަން ކުރާ ބެއިރޫތުގައި ކުލި ދައްކައިގެން ދިރިއުޅުވޭ ވަރުގެ ތަނަކަށް ބަދަލުވުމާ ދެމެދު، 3 ފަހަރަށް ގެދޮރު ގެއްލި، މަގުމަތިވިއެވެ. އުފަން ވަޒަނާ 15 މޭލު ދުރުގައި ޢަބްދްﷲ މިހާރު ދިރިއުޅެމުން ދަނީ އިތުރު 5 މީހުންނާ އެކީ، އެއް ކޮޓަރިއެއްގައެވެ.

ހިޒްބުއްލާއާއި އިޒްރޭލުގެ އަސްކަރިޔާއާއި ދެމެދު ބަދަލު ކުރަމުން ދާ ޙަމަލާތަކަކީ، 2006 ވަނަ އަހަރު އެ ދެބައި މީހުންގެ މެދުގައި ހިނގް ވަރުގަދަ "ޖުލައި ހަނގުރާމަ" އަށް ފަހު އެ ދެ ބައި މީހުންގެ މެދުގައި ބަދަލު ކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.

ކަމާ ބެހޭ ޚާރިޖީ އިޒްރާތަކުން ދަނީ، ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ރޯދަ ވީއްލޭނެ ގޮތް ހަމަޖައްސައިދެމުންނެވެ. ފޮއިލް ޓްރޭއަކަށް އަޅާފައި ހުރި ޖޫހާއި ލުބްނާންގެ ސެލަޑްއާއި ޖޫސް ފޮދެއް ބޯން އިނދެގެން ޢަބްﷲ ވަނީ އޭނާގެ އުފަން ފަސްގަނޑުގައި، ޢާއިލާއާއެކު ހޭދަކުރި ރޯދަމަހުގެ ހަނދާންތައްތައް އައު ކޮށްފައެވެ.

ރަމަޟާން މަހުގެ ފަރުޟު އަދާ  ކުރުމަށް ފަހު މިސްލިނުންނާ ބައްދަލު ކުރާ ފިޠްރު ޢީދު ހަދިޔާއަކަށް އެންމެ ރަނގަޅީ، ޢާއިލާއެކު، އުފަން ވަޒަނަށް ދެވުން ކަމަށާއި، ގެދޮރު ގެއްލުމުގެ ނުތަނަވަސްކަންވެސް ނިމުމަކަށް ގެނައުން ކަމަށް ޢަބްﷲ ބުންޏެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ވަޢުދުވަމުން، މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު، ޣައްޒާގައި ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމު، އެހެން ހިސާބުތަކަށް ފެތުރިދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ދަނީ ސިލްސިލާ ގޮތެއްގައި ދެމުންނެވެ.

ލެބަނަންދުނިޔެ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
12 ޖުލައި 2025

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
27 ޖޫން 2025

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު