Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ނާގަލްސްމަނާ ގުޅޭ ގޮތުން ބަޔާންގެ ސީއީއޯގެ ނުސީދާ ޖަވާބެއް!

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބަޔާންގެ ކޯޗުކަމުން އޭނާ ވަކި ކުރީ، އޭނާގެ އިރުޝާދުގެ ދަށުން ބަޔާނަށް ނަތީޖާ ނުނެރެވޭތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 00:28
ބަޔާންގެ ކުރީގެ ކޯޗު އަދި މިހާރު ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން

ބަޔާންގެ ކުރީގެ ކޯޗު އަދި މިހާރު ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް، ކުރިން ވެސް އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސަން ގެނެސްފާނެތޯ ކުރި ސުވާލަށް، ބަޔާންގެ ސީއީއޯ ޖެން-ކްރިސްޓިއަން ޑްރީސެން ނުސީދާ ޖަވާބެއް ދެއްވައިފި އެވެ.

ބަޔާންގެ ކޯޗުކަމުގައި މިވަގުތު ހުރީ ޖަރުމަނުގެ ތޯމަސް ޓުޗެލް އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ސީޒަނަަށްފަހު، ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކިވާނެ އެވެ. އެއީ ބަޔާންގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ދެ ފަރާތް އެއްބަސްވެފައިވާ ގޮތުގެ މަތީންނެވެ. ބަޔާންގެ ކޯޗުކަމުން ވަކިވާން ޓުޗެލް ނިންމީ، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ނަތީޖާތައް ދަށްވެ، ޕްރެޝަރު ވެސް ބޮޑުވެފައި ވަނިކޮށެވެ.

ބަޔާނުން މިހާރު އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަޔާނުން ބޭނުންވާ ކޯޗުންގެ ލިސްޓުގައި، ބަޔާ ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޒަބީ އަލޮންސޯގެ އިތުރުން، ދެން އޮތީ ބަޔާންގެ ކުރީގެ ކޯޗު އަދި މިވަގުތު ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން ހިމެނޭ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑްރީސެން ވިދާޅުވީ، ފުޓުބޯޅައިގައި އެއްވެސް ވާހަކައެއް ދޮގު ކޮށްގެން ނުވާނެ ކަމަށާއި، އެއްވެސް ކަމަކީ ނުވާނެ ކަމެއް ވެސް ނޫން ކަމަށެވެ. ޑްރީސެންގެ އެ ވާހަކަތަކާ ގުޅިގެން ނާގަލްސްމަން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ވެސް ދީފައި ވަނީ ނުސީދާ ޖަވާބެކެވެ. ނާގަލްސްމަން ބުނީ، ޑްރީސެންގެ ޖަވާބަކީ ވަރަށް ސާފު ޖަވާބެއް ކަމަށެވެ. އަދި ކަންކަން ކޮންމެ ގޮތަކަށް ވެސް ވެދާނެ ކަމަށާއި، ނުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި، އެއީ ފުޓުބޯޅައިގެ ބައެއް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ބަޔާންގެ ކޯޗުކަމަށް ނާގަލްސްމަން ހަމަޖެއްސީ 2021 ވަނަ އަހަރު އެވެ. ނަމަވެސް، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބަޔާންގެ ކޯޗުކަމުން އޭނާ ވަކި ކުރީ، އޭނާގެ އިރުޝާދުގެ ދަށުން ބަޔާނަށް ނަތީޖާ ނުނެރެވޭތީ އެވެ. ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ ޖަރުމަނު ލީގާއި، ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މިވަގުތު ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ނާގަލްސްމަން ދާދި ފަހުންް ބުނީ، ބައެއް ކުލަބުތަކުގެ ހުށަހެޅުން ވެސް އޭނާ އަށް ލިބެމުން އަންނަ ކަމަށެވެ.

ބަޔާން މިއުނިކްހޫލިއަން ނާގަލްސްމަންޖެން-ކްރިސްޓިއަން ޑްރީސެން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު