Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ މަޝްރޫއު

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު މިވަގުތު ކުރިއަކަށް ނުދޭ، އެހެންވިޔަސް އެ މަޝްރޫއު ހުއްޓިފައެއް ނުވޭ: ސަރުކާރު

20 މާރިޗު 2024 | ބުދަ 08:00

އެ މަސައްކަތުގައި މައިގަނޑު 2 ކަމެއް ދިމާވެގެން އުޅޭކަމަށް މިނިސްޓަރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2024 | ބުދަ 08:00
ފުށިދިއްގަރު ފަޅުގެ މަޝްރޫއު

ފުށިދިއްގަރު ފަޅުގެ މަޝްރޫއު

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުދާ ކަމަށާއި، އެހެންވިޔަސް އެ މަޝްރޫއު ހުއްޓިފައި ނުވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލޭ މަޝްރޫއާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަކީ އެޗްޑީސީއާއި ކޮންޓްރެކްޓަރާމެދު ސޮއި ކުރެވިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ.

Advertisement - newsAdvertisement

ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، މިވަގުތު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުދާކަމަށާއި، އެހެންވިޔަސް އެ މަޝްރޫއު ހުއްޓިފައިނުވާ ކަމަށެވެ.

އެ މަސައްކަތުގައި މައިގަނޑު 2 ކަމެއް ދިމާވެގެން އުޅޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި އެއް ކަމަކީ އެ މަސައްކަތުގައި ސޮއިކުރި ކޮންޓްރެކްޓާއި ބޮސްކާލިސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ގުޅީފަޅު ހިއްކުމަށް ބޭނުންކުރާ ޑްރެޖަރު ގުޅީފަޅު ހިއްކާ ނިމުމުން، ރަސްމާލޭ މަޝްރޫއަށް ބޭނުންކުރަން ދޭގޮތަށް އޮތުމެވެ.

އޭގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، މިއީ ބަޖެޓުގައި ހިމެނޭ މަޝްރޫއަކަށް ނުވާތީ، އައު ޑްރެޖަރެއް ގެނައުމަކީ ޚަރަދު ބޮޑުވާނެ ކަމަކަށްވާތީއެވެ.

އެހެންކަމުން، ކޮންޓްރެކްޓަރުން ވިސްނަނީ ގުޅީފަޅުގައި ބޮސްކާލިސްއިން މިހާރު ބޭނުން ކުރަމުންދާ ޑްރެޖަރު ނިމުމުން، އެ ޑްރެޖަރު ބޭނުން ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 މިހާރު ރަސްމާލެ ސަރަޙައްދުގައި ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ނުދަނީ އެެހެންވެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގައި ދިމާވެގެން އުޅޭ ދެވަަނަ މައްސަލައަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ފެށިއިރު އެ ސަރަޙައްދުން ވެލި ނެގުމަށްޓަކައި އެ ސަރަޙައްދުގެ ދިރާސާއެއް ހެދިފައި ނެތް ކަމަށެވެ.

އޭރު ވީހާވެސް އަވަހަށް މަޝްރޫއު ފެށުމަށް މަސައްކަތް ކުރުމަށް ސޮއި ކުރެވިގެން ދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން "ސޭންޑް ސަރޗް ސްޓަޑީ" ހެދުމަށްފަހު، އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅުގެ އަމަލީ މަސައްކަތް 18 ޑިސެމްބަރު 2023 ގައި ފަށާފައި ވަނީ، އެ ބިޔަ މަޝްރޫއު ރޭވިފައިވާ ގޮތާއި ތަރައްގީކުރާ ގޮތާއި، މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިން ހިއްކަން ބަޔަކު ހޯދި ގޮތް ނޭނގި، އަދި އެ އިޖްރާއަތް ގެންދިޔަ ގޮތުގެ ހާމަކަމެއް ނެތިކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވެއެވެ.

އަދި ކުއްލިގޮތަކަށް މަޝްރޫއު ބަޔަކާ ހަވާލުކޮށް، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުން އޭރުވެސް ބޮޑެތި ސުވާލުތަކެއް އުފެދިފައިވެއެވެ.

އޭގެ އިތުރުން، ތިންމަސްވެގެން ދިޔައިރު، ފުށިދިއްގަރު ފަޅަށް އެޅި ވެލިކޮޅު ފިޔަވައި މި ސަރުކާރުން އަލަށްކުރި ކަމެއް ނެތް ކަމަށް އެމްޑީޕީގެ އެޑްވައިޒު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ވިދާޅުވެފައިވެއެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ޖުމްލަ 70 ހެކްޓަރު، ދިގު މުއްދަތަށް ދީގެންނެވެ. ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ސަރުކާރުން އޮޅުންފިލުވައިދީފައެއް ނުވެއެވެ.

ރަސްމާލެ ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް