Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާންގެ ކޯޗަކަށް ގެންނާނެ މީހަކާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް!

އެބާލް ބުނީ މީޑިއާ ތަކުގައި ދައުރުވަމުން ދާ ލިސްޓުތަކުގައި ނަން ނެތް ބައެއް މީހުން ވެސް، ބަޔާނުން ގެންނަން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މާރިޗު 2024 | ބުދަ 00:31
ބަޔާންގެ ޑައިރެކްޓަރ އެބާލް

ބަޔާންގެ ޑައިރެކްޓަރ އެބާލް

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް ގެންނާނެ މީހަކާ ގުޅޭ ގޮތުން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކަށް އެ ކުލަބުގެ ޑައިރެކްޓަރު މެކްސް އެބާލް ރައްދު ދީފި އެވެ.

މި ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުގައި މިވަގުތު ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލްް ވަކިވާނެ އެވެ. ބަޔާންގެ ކޯޗުކަމުން ވަކިވާން ޓުޗެލް ނިންމީ، ބަޔާންގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކި ވާނީ ދެ ފަރާތް ވެސް އެއްބަސްވެފައިވާ ގޮތުގެ މަތީންނެވެ. ކޯޗުކަމުން ވަކިވާން ޓުޗެލް ނިންމީ، މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ޓުޗެލް ވަކިވުމުން އަންނަ ސީޒަނަށް ބަޔާނުން އައު ކޯޗެއް ހޯދާނެ އެވެ. ބަޔާނުން ގެންނަން ބޭނުންވާ ކޯޗުގެ ލިސްޓުގައި އެކި ފަރާތްތަކުގެ ނަން އޮތްއިރު، މީޑިއާ ތަކުގައި އަންނަނީ އެ ވާހަކަ ދެކެވެމުންނެވެ. އެގޮތުން ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޒަބީ އަލޮންސޯ ގެންނަން ބަޔާނުން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި ނޫން ވެސް އެހެން ފަރާތްތަކެއްގެ ނަންތައް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެބާލް ބުނީ، އެންމެ ފަހު ވަގުތު ބަޔާނަށް ނިންމޭނެ އެންމެ ރަނގަޅު ނިންމުމަކަށް ވާނީ، މީޑިއާ ތަކުގައި ދައުރުވަމުންދާ ލިސްޓުގައި ނެތް މީހަކު ކޯޗަކަށް ހަމަޖެއްސުން ކަމަށެވެ. އިތުރަށް އެބާލް ބުނީ މީޑިއާ ތަކުގައި ދައުރުވަމުން ދާ ލިސްޓުތަކުގައި ނަން ނެތް ބައެއް މީހުން ވެސް، ބަޔާނުން ގެންނަން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.

ބަޔާން މިއުނިކްމެކްސް އެބާލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު