Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

ބައެއް ރަށް ރަށުގައި ޒުވާނުންގެ މަރުކަޒު ނުވެސް ނެތްއިރު، ޒުވާނުންގެ މަރުކަޒު ހިންގަން ކަމަށް ބުނެ، އެ ވަޒީފާ އަށް މީހަކު ހަމަޖައްސައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މާރިޗު 2024 | ބުދަ 07:08
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

މި ސަރުކާރުން ކުރަމުން އަންނަ ދެކޮޅު ނުޖެހޭ ކަންތައްތަކުގެ ވާހަކަ ދައްކަން ފަށައިފި ނަމަ، އެއީ ހުސްވާނެ ލިސްޓެއް ނޫނެވެ. އެހާ ވެސް ދިގު ލިސްޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ހަތަރު މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރުން މުޅިން އަޅަނީ ޅަ އެއްޗިއްސެވެ. ކުރައްވަނީ "ގަޅި" ކަންތައްތަކެވެ. ރައްޔިތުންނަށް އެކަންކަން މާސާފުކޮށް ފެންނާން އެހުރީ އެވެ. ފޮތެއް އޮތަަސް އެދުރެއް ނުވާނެއޭ ބުނެ އުޅެނީ ވެސް ކަމެއްވީމަތާ އެވެ. ހަމަ ވެރިކަމެއް ލިބުނު ނަމަވެސް، އެކަން އެންމެ ރަނގަޅު ގޮތުގައި ކުރަން ނޭނގެނީ އެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި ވާހަކަފުޅުތަކާއި، ވެވަޑައިގެންނެވިހާ ވައުދުފުޅުތަކެއް މަތިން ރައީސް ހަނދުމަފުޅު ނެތިއްޖެ އެވެ. އެއްވެސް ކަމެއްގެ ކޮޅެއް މެދެއް ނޭނގޭއިރު، އަނެއްކާ ވެސް ވާހަކަ ދައްކަވަމުން އެ ގެންދަވަނީ ރައްޔިތުން ގުނބޯ ހައްދާ ރާގުންނެވެ. ދޮގަކަށްފަހު ދޮގެކެވެ. އޮޅުވާލުމަކަށްފަހު އޮޅުވާލުމެކެވެ.

ކޮންމެ ގޮތެއްވީ ނަމަވެސް، ސަރުކާރުގެ ޢަމަލުތައް ހުރީ މުޅިން ނުބައި މިސްރާބަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު މި ޤައުމު ގެންދަވަން ބޭނުންފުޅުވާ މިސްރާބު ސާފެއް ނުވެ އެވެ. އެއީ ދައްކަވާ ވާހަކަފުޅާއި، ކުރައްވާ އަމަލުފުޅާ ދިމާ ނުވާތީ އެވެ. ކަންތައްތައް ވަމުން މި ދަނީ މުޅިން ދިމާ އިދިކޮޅަށެވެ.

މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން އެ ދަނީ ކުރަމުންނެވެ. ވަޒީފާތައް އިންތިހާ އަށް ބަހާލަނީ އެވެ. ޤައުމު ބަނގުރޫޓުވާން ކައިރިވެފައި އޮތް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން، ޕާޓީ މެންބަރުންނަށް ވަޒީފާތައް ބައްސަވަމުން އެ ގެންދަވާ ގޮތެއް ނިކަން ދެކިބަލާށެވެ. ތިމަ ތިމާމެން ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުމަށްޓަކައި، އެތަކެއް ބަޔަކު ވަޒީފާއިން ވަކިކޮށްފި އެވެ. އެތަކެއް އަހަރު ވަންދެން މަަސައްކަތް ކުރަމުން އައި މުވައްޒަފުން މަގުމަތި ކޮށްލައިފި އެވެ.

ވަޒީފާތައް ބަހަމުން އެ ގެންދަނ ވުޖޫދުގައި ވެސް ނެތް ތަންތަނުންނެވެ. މިސާލަކަށް ބުނާ ނަމަ، ބައެއް ރަށްރަށުގައި ޒުވާނުންގެ މަރުކަޒު ނުވެސް ނެތްއިރު، ޒުވާނުންގެ މަރުކަޒު ހިންގަން ކަމަށް ބުނެ، އެ ވަޒީފާ އަށް މީހަކު ހަމަޖައްސައިފި އެވެ. ގިނަ ރަށް ރަށުގައި މި ބީދައިން ކަންކަން ހިނގަމުން އެބަދެ އެވެ. ރަށް ރަށުގައި ހުންނަ ފެނަކައިގެ އިންޖީނު ގެތަކުން އެ ދަނީ ބަރި ބަރި އަށް، ފަތި ފައްޗަށް ވަޒީފާތައް ބަހާލަމުންނެވެ. އެ ރަށެއްގައި ފެނަކައިގެ އިންޖީނުގެ އަށް މުޅިން އަލަށް، ގާތް ގަނޑަކަށް 30 މުވައްޒަފުން ނަގައިފި އެވެ.

މިއަދު، ސަރުކާރުން ވަޒީފާތަކަށް މީހުން ނަގަމުން ދަނީ އެއްވެސް ވަރަކަށް އިއުލާނެއް ވެސް ކުރުމެއް ނެތި އެވެ. ހަމަ އަތު ޖެހުނު ދިމާލަކަށް، އަތު ޖެހުނު މީހަކަށް ވަޒީފާ ދެނީ އެވެ. މިއީ ކޮން ތަނަކުން އުފަންކޮށްގެން އުޅޭ އުސޫލެއްބާ އެވެ؟ ވަޒީފާތަކަށް މީހުން ނެގުމުގައި ކޮންމެ ވެސް ކަހަލަ އުސޫލަކާއި، ހަމައެއް ވެސް އޮންނަން ވާނެ އެވެ. ޕާޓީ މެންބަރުންނަށް ވަޒީފާތައް ބަހާލި ނަމަވެސް، އޮންނަ އުސޫލަށް އިޙުތިރާމްކުރަން ވާނެ ނޫންތޯ އެވެ؟ ވެރިކަމެއްގެ ސިފަ ގެއްލި، ދައުލަތެއްގެ ސިފަ ގެއްލިގެން ދާއިރު ވެސް، ދިވެހި ރައްޔިތުން ބަލަން ތިބެންވީ ހެއްޔެވެ؟ ނޫން ނަަމަ، ސަރުކާރު ޖަވާބުދާރީ ކުރުންްވަންވީ ހެއްޔެވެ؟

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް އޮފީސްޕީޕީއެމް-ޕީއެންސީމަގޭ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު